ރާއްޖޭގެ ހައްޖު އުމްރާ ގްރޫޕްތަކުގެ ތެރޭގައި އެންމެ ތަޖުރިބާ ކާރު އެއް ގްރޫޕް ކަމަށްވާ މަޝްޢަރު ހައްޖު އުމްރާ ގްރޫޕުން އަންނަ ޑިސެމްބަރު މަހު އޮންނަ އުމްރާ ދަތުރުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މި ގްރޫޕަކީ ގިނަ އަދަދެއްގެ ދިވެހިން މީގެ ކުރިންވެސް އުމްރާ ދަތުރުތަކުގައި ގެންގޮސްފައިވާ، މި ގްރޫޕާއެކު އުމްރާ ދަތުރުތައް ތަޖުރިބާކޮށްފައިވާ މީހުން، އެ ގްރޫޕް މެންބަރުންގެ ހިތްހެޔޮކަމާއި، ރަނގަޅު މެހްމާންދާރީގެ ވާހަކަދައްކާ މީހުންގެ މެދުގައި މަގުބޫލް ގްރޫޕެކެވެ.

އެހެންކަމުން މިފަހަރު ޑިސްމްބަރު މަހުގެ އުމްރާއަށް އެ ގްރޫޕާއެކު ދިއުމަށް ތައްޔާރުވާށެވެ.

މަޝްޢަރު ހައްޖު އުމްރާ ގްރޫޕާއެކު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން ރަޖިސްޓަރވާން ވީއެވެ. 7787792 އަށް ގުޅައިގެން މިހާރުން ފެށިގެން ރެޖިސްޓަރީ ވުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.

އެ ގްރޫޕްގެ ޑިސެމްބަރު މަހަށް ހާއްސަކޮށް ޢުމްރާ ޕެކޭޖްގެ އަގަކީ 28،500ރ. އެވެ. ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 10،000ރ. ދައްކަން ވާނެއެވެ. އަދި ބާކީ ދައްކަން ޖެހޭ ފައިސާ ނޮވެމްބަރު މަސް ފެށުމުގެ ކުރިން މަހުން މަހަށް ދައްކާ ނިންމަން ވާނެއެވެ.

މަޝްޢަރު ގްރޫޕުން އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެއްފަހަރާ ފައިސާ ދައްކައިގެން ހާއްސަ ޑިސްކައުންޓެއްވެސް ލިބިގެން ދާނެއެވެ. އަދި 10 ބޭފުޅުންގެ ގްރޫޕަކަށް ހާއްސަ ޑިސްކައުންޓެއް ހަމަޖައްސާފައިވާއިރު، 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޑިސްކައުންޓެއް ހަމަޖައްސާފައި ވެއެވެ.

އެ ގްރޫޕްގެ ޑިސެމްބަރު މަހުގެ ހާއްސަ މި ޕެކޭޖަކީ 14 ދުވަހުގެ ޕެކޭޖެކެވެ. އޭގެ ތެރޭގައި މައްކާގައި ހުރުމާއި (ހަރަންފުޅު ކައިރިން)، މަދީނާގައި ހުރުމާއި، ދެކޮޅު ޓިކެޓާއި، ޢުމްރާ ވިސާގެ އިތުރުން، ދަތުރު ފަތުރާއި ތިން އިރުގެ ކެއުން ހިމެނެއެވެ.