އެސްޓީއޯ ޕީޕީލަސް ޗޮއިސް ފިހާރައިގައި އާންމުން ހިންގާ ވިޔަފާރިތަކުން ވެސް ކްރެޑިޓް ސްކީމަށް ތަކެތި ނެގޭ ގޮތް ހަދައިފިއެވެ.

ކްރެޑިޓް ސްކީމަށް ތަކެތި މިއަދުން ފެށިގެން ނެގޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގެ މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުން ހިންގާ ސްޓޯލްތަކުން ކްރެޑިޓް ސްކީމްގެ ދަށުން ތަކެތި ނެގޭ ގޮތް ހެދީ އެކަމަށް ގިނަ އަދަދެއްގެ އާންމުން އެދެމުންދާތީ ކަމަށެވެ.

އެ ސްޓޯލްތަކުގައި ފޯނާއި ލެޕްޓޮޕްތައް ވެސް ވިއްކައެވެ. އަދި ސްކީމްގެ ދަށުން ބޮޑަށް އާންމުން ބޭނުންވެގެން އުޅެނީވެސް އެފަަދަ ތަކެއްެޗެވެ.

އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގައި އާންމުންގެ އެކި ފަރާތްތަކުން ހަ ސްޓޯލެއް ދަނީ ހިންގަމުންނެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ޕްރައިވެޓް ވިޔަފާރިތަކުން ހިދުމަތް ދިނުމުގެ ފުރުސަތު ދިނީ މިދިޔަ މާޗު މަހު އެވެ. އެތަނުގައި އަމިއްލަ ވިޔަފާރީގެ ހިދުމަތްތައް ދޭ ތަންތަނުގެ ތެރޭގައި ސިޓީ ބޭކަރީ އާއި ނޯޓް ކޮސްމެޓިކްސް އާއި ޕީކަބޫ އާއި މެކްސްކޮމް ޓެކްނޮލޮޖީސް ފަދަ ތަންތަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު