ރާއްޖޭގެ ދެކުނުގެ އާބާދީ އިތުރު ކުރަން ޖެހޭ ކަމަށް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު މިގޮތަށް ވިދާޅުވީ އުފަންވާ ކުދިންނަށް އެސްޓީއޯ މެދުވެރިކޮށް ދެމުންގެންދާ ހަދިޔާ މިދިޔަ މަހު ދިން އަދަދު ހާމަކޮށް އެސްޓީއޯއިން ކުރި ޓްވީޓަކާ ގުޅުވާލައިގެން ކުރެއްވި ޓްވީޓެއްގައެވެ.

އަމްރު ވިދާޅުވީ ރާއްޖޭގެ އުތުރުގެ އާބާދީ އިތުރުވަމުންދާ ކަމަށާއި ނަމަވެސް ދެކުނު އާބަދީ އިތުރުވަމުން ދިއުން މަޑުޖެހިފައިވާ ކަމަށެވެ.

އަދި އާބާދީއާ ތަރައްގީއާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމަށެވެ.

"ތަރައްްގީ ވުމާ އާބާދީ އިތުރުވުމާ ވަރަށް ބޮޑަށް އޮންނަނީ ގުޅިފަ. ދެކުނުގަ އާބާދީ އިތުވާވަރު އިތުރު ކުރަން ވަނީ ޖެހިފަ" ރާއްޖޭގެ ދެކުނަށް ނިސްބަތްވާ އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން އަދި ހަދިޔާ ދެމުންދަނީ އައިޖީއެމްއެޗްއާއި ޓްރީޓޮޕްގެ އިތުރުން ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައި އުފަންވާ ކުދިންނަށެވެ. އެގޮތުން މިދިޔަ މަހު އުފަންވި 165 ކުދިންނަށް ހަދިޔާ ދީފައެވެ.

މާލެ ފިޔަވައި އެންމެ ގިނަ ކުދިން އުފެންވެފައި ވަނީ އުތުރުގެ އަތޮޅު ތަކަށެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި 39 އަދި އުނގޫފާރު ހޮސްޕިޓަލުގައި 18 ކުދިން އުފަންވެފައި ވެއެވެ. އެހެން ނަމަވެސް ދެކުނުގެ ރީޖަނަލް ހޮސްޕިޓަލްތަކުގައި އުފަންވީ އެންމެ 27 ކުދިން ނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކޮބައިތޯ ސޯލިބޭ ދޭންބުނި ހަދިޔާ ފޮށި ، ބަޑިބުރާސްފަތި ފަޒުނާ ނުވިހާތީ އެ ހަދިޔާ ފޮށި ދޭން ނުފެށިގެންތޯ ސޯލިބޭ އެއުޅެނީ

  2. ސަތޯ

    ކިހިނެއް އާބަދީ އިތުރުވަނީ ، އަންހެންވެރިންވެސް ބޭނުންމެއް ނުން ވިހަކަށް . ދެން އަމުރުމެން ވިއްސާމެޝިން އެސްޓީއޯ އަށް އެތަރަކުރަންވީނޫންތޯ. ގަދަކަމުން ކުކުޅު ބިސް އަޅުވާހެން ދެން މިކަން ކުރަންޖެހޭނީ.