ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ޓިމް ސޯޔާ މަގާމުގައި އިތުރަށް ހުރުމަށް ގަސްތު ނުކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.

ޓިމް މިއަދުު ހެނދުނު މުވައްޒަފުންނަށް ފޮނުވި އީމެއިލްއެއްގައި ވިދާޅުވެފައި ވަނީ، އޭނާ މަގާމު އަދާކުރައްވަމުން ގެންދަވަނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށާއި، މިހާރު އެއްބަސްވުން ހެދިތާ ތިން އަހަރު ފުރެން ގާތްވެފައިވާކަމަަށެވެ. އަދި އިތުރަށް އެއްބަސްވުން އާކޮށްގެން މަގާމުގައި ހުރުމަށް ގަސްތުނުކުރައްވާކަމަށާއި، އެކަމާ ބޭންކް އޮފް މޯލްޑިވްސްގެ ބޯޑާވެސް މަޝްވަރާކޮށްފައި ވާނެ ކަމަށެވެ.

ޓިމް ވިދާޅުވީ ދެން އެމަގާމުގައި ދެމިހުންނާނީ މަހެއް ނުވަތަ ދެމަހެއްހާ ދުވަހު ކަމަށެވެ.

"މި ވޭތުވެދިޔަ އަހަރުތަކަކީ ބޭންކަށް ވަރަށް ދަތި އުނދަގޫ އަހަރުތަކެއް. ވަކިން ހާއްސަކޮށް ކޮވިޑްއާ އެކު ދިމާވި ބޮޑު ގޮންޖެހުންތަކެއް. އެހެންނަމަވެސް އެ ދަތިތަކުން އަރައިގަނެ މިއަދު ބޭންކު މިއޮތީ ކުރިމަގުގައި ވެސް ކާމިޔާބު ހޯދޭނެ ވަރަށް ވެސް ރަނގަޅު ހާލަތެއްގައި" ޓިމް މުވައްޒަފުންނަށް ފޮނުވި ލިއުމުގައި ވަނީ ވިދާޅުވެފައެެވެ.

ފާއިތުވި އަހަރުތަކުގައި ބޭންކުން އަދި ބޭންކުގައި މަސައްކަތް ކުރާ މުވައްޒަފުން ހޯދާފައިވާ ކާމީޔާބީތަކާމެދު އޭނާ ފަހުރުުވެރިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ބޭންކުން ވަނީ 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދައިފަ އެވެ. ބޭންކުން ވަނީ ޕްރޮފިޓް ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ސަރުކާރަށް ދީފަ އެވެ. އަދި ޑިވިޑެންޑްގެ ގޮތުގައި 131 މިލިއަން ރުފިޔާ ދިނެވެ.

ޓިމް މަގާމުން ވަކިވެވަޑައިގަންނަވާކަން އިއުލަާންކުރައްވާފައިވާއިރު، އޭނާ ވަނީ ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރު ކަމުގެ އަސަރު ރާއްޖެއަށްވެސް ކޮށްފާނެ ކަމުގެ އިންޒާރުު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަންޑިކުޑަ

    ކޮބާ! ޤައުމު އިނދަޖެހޭނެކަން ޔަޤީންވީމާ އިސްތިޢުފާދެނީ. 2026 ގެ ފަހުން ޤައުމުގައި ލައިގެން ކާނެ އެއްޗެއްވެސް ނޯންނާނެކަން ޔަޤީން. ލަންކާ އަށް ވީ ވަރު ވާނީ.

    31
    2
  2. ސލ

    ޓިމް ސޯޔާ ބީ އެމް އެލް އަށް ކޮށްދެއްވި ޚިދުމަތަށް
    ސުކުރުވެރިވަމެވެ ޓިމްގެ ލީޑަރޝިޕްގައި ބޭންކަށް ބޮޑެތި
    ކާމިޔާބީ ތަކެއް، ދަތި އުނދަގޫ ހާލަތާއެކުވެސް ވަނީ ގެނެސް ދެއްވާއެވެ ހިއްސާދާރުންނަށް ބޭންކުން މިހާތަނަށް
    ލިބުނު އެންމެބޮޑު ނަފާ ހޯދައިދީފައި ވަނީވެސް ޓިމްގެ
    ލީޑަރޝިޕްގެ ތެރެއިންނެވެ.

    10
    2
  3. ދޯ

    މަ އޭރު ވެސް ބުން މިހެން ވާނޭ....ޓިމް މަގާމުން ވަކިވެވަޑައިގަންނަވާކަން އިއުލަާންކުރައްވާފައިވާއިރު، އޭނާ ވަނީ ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރު ކަމުގެ އަސަރު ރާއްޖެއަށްވެސް ކޮށްފާނެ ކަމުގެ އިންޒާރުު ދެއްވާފައެވެ.

    23
  4. ނީސް

    ދެރަ ކަމެއް ރާއްޖެއަކުނެތް ތިފެންވަރުގެ މީހަކުވެސް ، ތިބެނީ ޓީވީ ތަކަށްއަރާ ފޮނިބައިސާ ކަޑަށް ތިބޭބަޔަކު ކޮންމެރެއަކުވެސް ޚަބަރަށްފަހު ދެންއޮންނާނީ ފޮނިކެނޑުން ޓީވީތަކުގަ

    30
  5. އަލީ

    މީނަޔަށްވެސް ރިސޯޓެއް ނުލިބުނީމަކަމަށްވެދާނެ.

    8
    10
  6. އަދުރޭ

    ރައްޔިތުން ނުފެލައި، ޙަލާލު މަސައްކަތުން ލާރިހޯދައިގެންތޯ 1.9 ބިލިޔަން މި ހަމަކުރަނީ؟

    18
    1
  7. އުގުރިޓ

    ޓިމް އައް ވިސްނޭ އެކަމަކު ސަރުކާރަށް ނުވިސްނޭ..

    25
    2
  8. ސްލޯ

    ރާއްޖެ ސްލީލަންކާ ކުރިކަހަލަ ތަޖުރިބާޔަކާދިމާލަށް ދާ ވާހަކަ ބުނިހިސާބުން އޭނަ ފޮނުވާލަން ރައީސްއޮފީހުން ނިއްމައިފި!

    42
    1
  9. Anonymous

    ޓިމް ދިން ލަފާގެ މަތިން މާލެ ދޫކޮށް ރަށަށް ބަދަލުވެ ރަށުގައި ދަނޑުގޮވާން ކޮށްގެން އުޅެން މަމިއުޅެނީ. ޓިމް އެބުނާ ދުވަސް ދެން އޮތީ މާކަ ދުރަކުނޫން

  10. ރާއްޖެތެރެ

    ވަރައް ސާފުކޮއް ބުނެފި ރައްޖެ ފުނޑާލަން މިސަރުކާރު އުޅޭ ވާހަކަ. ނުސީދާގޮތެއްގަ އިސްތިއުފާ ދެނީ. މީ ވަރައް ބުއްދިވެރި ނިމްމުމެއް. ބަސްނުވިކޭ ތަނެއްގަ ހުރުމުގެ ބޭނުމެއްނެއް

  11. ޝޮކްތެރަޕީ

    އެހަކައްދުވަހު އިންޑިޔާ ޖާސޫސުކުރާ މީހާ ވެއްދިހިސާބުން މުޅި ބެންކު ރޫޅެނީ.

  12. ޙަދިސައިބު

    ސީއީއޯއަށް އެންގޭ ވާގޮތް ވަމުންދާގޮތް އެހެންވެ އިސްތިއުފާދެނީ، ބޯރޑުގެ މީހުންވެސް އިސްތިއުފާދޭނެ! ގަވަރުނަރުވެސް އިސްތިއުފާ ދޭހިސާބުގައި ހުރީ މޫސުމަށް ބަލަބަލައި!

  13. ބުރިބެ

    ދިވެހިން ފެލާލާފަ ރައްކާވީ ދޯ

    2
    1