ބައެއް މީޑީޔާތަކުން ދޮގު މައުލޫމާތު ފޯރުކޮށްދެމުން ދާތީ އޭސް އޭވިއޭޝަން ސާރވިސަސް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޭސް އޭވިއޭޝަން ސާރވިސަސް މޯލްޑިވްސް އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރޭ ރާއްޖެ އައުމަށް ތާވަލުކޮށްފައި އޮތް ސްރީ ލަންކަން އެއަރލައިންސްގެ ޔޫއެލް 109 ގެ ފްލައިޓާ ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ދޮގު މައުލޫމާތުތަކެއްކަމުގައެވެ.
އެފަރާތުން ނެރުއްވާފައިވާ ބަޔާނެއްގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރޭ، ރަންވޭގެ މަސައްކަތްތަކާ ގުޅިގެން ކެންސަލްވި ފްލައިޓުވަނީ މިއަދު ހެނދުނު ބާއްވާފައެވެ. އެގޮތުން، މިއަދު 09:40 ގައި އެފްލައިޓު ވެލާނާ އެއަރޕޯޓުގެ ރަންވޭގައި ޖައްސާފައިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ، މޯލްޑިވްސް އެއަރޕޯޓްސް ކޯޕަރޭޝަން (އެމްއޭސީއެލް) އިން ރަންވޭ ބަންދުކުރާކަން، ކުރިން އަންގާފައިވާ ކަމަށާއި އެކަމުން ނޯމެޓް (އެއަރލައިންތަކަށް ފޮނުވާ ނޮޓިފިކޭޝަން) ވެސް ފޮނުވާފައިކަމަށް އޭސް އޭވިއޭޝަނުން ވިދާޅުވެފައިވެއެވެ. މިފަދަ ކަންކަމުގައި އެމްއޭސީއެލް އަކީ ވަރަށް އެހީތެރިވެދޭ ފަރާތެއްކަންވެސް އެފަރާތުން ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުންވެސް، އޭސް އޭވިއޭޝަނުން ވިދާޅުވެފައިވަނީ މި ދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާ ދުވަސްވަރުކަމުން، ގިނަ އެއަރލައިންތަކެއް ޖެނެރަލް ސޭލްސް އެޖެންޓުގެ ހައިސިއްޔަތުން، އެއަރލައިންތަކާ ބެހޭ ނުރަނގަޅު މައުލޫމާތު ނުފެތުރުމަށް އެދޭކަމަށެވެ.
ބަޣާވާތް އަތަށް ގޮވާ ދޮގުތަކާ ޙަރާމް ރިޝްވަތުތައް ފަޅާއަރަންހެދީމަ ރައްޔިތުންގެ ވިސްނުން އެހެންދިމާލަކަށް ދީލާލެވޭތޯ ފަތުރާ ދޮގު ޚަބަރުތަކުން މިމީހުން އިތުރަށް ބޭޒާރުވާނީ !
އޭސް އޭވިއޭޝަން އެއް ނޫން. އޭ.އައި.އެސް (އެއިރޮނޯޓިކަލް އިންފޮމޭޝަން ސާރވިސަސް) އަދި އެއީ އެމް.އޭ.ސީ.އެލް ގެ އެއަރ ޓްރެފިކް ސެކްޝަންގެ ބައެއް. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޯޕަރޭޝަން އެއް ނޫން. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް. ނޯމެޓް އެއް ނޫން ނޯޓެމް.