ގިނަ ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ އަދި ދިވެހީންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް މިހާރު ލިބިފައިވާ "ސްޕާކަލް" ބްރޭންޑުގެ ޓްރިޕަލް ވައިޓް ބޭސްފުޅީގެ އަގު ވަރަށް ބޮޑަށް ހެޔޮވެއްޖެއެވެ.

"ސްކާޕަކަލް" ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓައަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އެވެ.

އެފަރާތުން މިހާރު ދަނީ މި ބްރޭންޑުގެ ގިނަ ޕްރޮޑަކްޓުތަކެއް ވިއްކަމުންނެވެ.

އޭގެތެރޭގައި ދަތް ހުދުކުރުމަށް ޚާއްސަ ދަތް އުނގުޅާ ބޭހާއި، ދަތާއި އަނގައިގެ ދުޅަހެޔޮކަމާއި ގުޅޭ އެނޫން ވެސް އެކި ބާވަތްތަކުގެ ދަތް އުނގުޅާ ބޭހުގެ އިތުރުން ދަތް ހުދުކުރުމަށް ޚާއްސަ ދަތް އުނގުޅާ ބުރުސް ވެސް ހިމެނެއެވެ.

"ލިބޭ"ގެ އޮފިޝަލަކު ވިދާޅުވީ، ސްޕާކަލް ޓްރިޕަލް ވައިޓްގެ އަގު މިހާރު ހެޔޮވެފައިވާ ކަމަށެވެ. އެގޮތުން ކުރިން 150ރ އަށް ދިން ބޭސްފުޅިއެއްގެެ އަގު މިހާރު 125ރ. އަށް ހެޔޮކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ލިބޭ" އިން ރާއްޖެއަށް ތައާރަފް ކޮށްފައިވާ "ސްޕާކަލް" ބްރޭންޑް ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

"ލިބޭ" އިން ސްޕާކަލް ބްރޭންޑުގެ ތަކެއްޗަށް އޯޑަރު ކުރުމަށް 9759452 ނަމްބަރު ފޯނަށް ގުޅުމަށް، ނުވަތަ "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމަށް އެފަރާތުން އެދެއެވެ.