ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މޯބައިލް ފޯންގެ ވިޔަފާރި ކުރަމުން އަންނަ އެލް މޯބައިލް އިން "ނަތިން ފޯން"ގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ނަތިންއަކީ ދުނިޔޭގެ ބާޒާރަށް މުޅިން އަލަށް ނުކުތް ފޯން ބްރޭންޑެކެވެ. ފޯން (1) ގެ ނަމުގައި ނެރުނު މި ބްރޭންޑްގެ ފުރަތަމަ ފޯން ލޯންޗްކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަސް ތެރޭގައެވެ.

ރާއްޖޭގެ ބާޒާރަށް މި ބްރޭންޑްގެ ފޯން އެންމެ ފުރަތަމަ ނެރުނު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެލް މޯބައިލް އިން މިހާރު ވަނީ މި ފޯންގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ނަތިން ކަޅު ކުލައިގެ 12/256ޖީބީ ފޯންގެ އަގަކީ 9،990ރ އެވެ. ނަތިން ކަޅު ކުލައިގެ 8/256ޖީބީ ފޯންގެ އަގު 8،900ރ އަށް އުޅޭއިރު، ނަތިން ކަޅު ކުލައިގެ 8/128ޖީބީ ފޯންގެ އަގަކީ 8،200ރ އެވެ. އަދި ނަތިންގެ ހުދު ކުލައިގެ 12/256ޖީބީ ފޯންގެ އަގަކީ 9،400ރ އެވެ.

 

View this post on Instagram

 

A post shared by eLL Mobile shop Maldives (@ellmobile)

އައިފޯންއާ ދާދި އެއްގޮތަކަށް ހުންނަ ނަތިން ފޯންގެ އެންމެ ތަފާތު ކަމަކަަށް ފާހަގަވެފައި އިނީ ފޯނުގެ ފަހަތުގައިވާ ޓްރާންސްޕޭރެންޓް ބިއްލޫރިގަނޑެކެވެ. އޭގައި ހުދު އެލްއީޑީ ސްޓްރިޕްތަކެއް ހަރުކޮށްފައި ވެއެވެ. އެ ލައިޓްތަކުން ފޯނަށް ނޮޓިފިކޭޝަނެއް އައިކަން އެނގޭއިރު، ފޯން ކޯލެއް އަންނަ ނަމަ އެކަންވެސް އެ ލައިޓްތަކުން އެނގޭނެއެވެ. އަދި ޗާޖްވާކަންވެސް އެ ލައިޓްތަކުން އަނގައިދޭނެއެވެ.

ގޮރިއްލާ ގްލާސް ޑިޒައިނެއް ފަހަތުގައިވެސް އިންނަ މި ފޯންގައި ފިލްފް އިންޓާފޭސް އަކާއެކު ފޯންގައި ޑުއަލް 50 އެމްޕީ ކެމެރާއެއް ހުރެއެވެ. އަދި މި ފޯންގައި އިންނަނީ 120އެޗްއެޒް ޑިސްޕްލޭއެކެވެ. އަދި މިއީ ސްނެޕްޑްރެގަން ޓީއެމް 778ޖީ ޕްރޮސެއާއެއް އިންނަ ފޯނެކެވެ.

އޯއެލްއީޑީ ޑިސްޕްލޭއެއް އިންނަ މި ފޯނުން 4ކޭ ކޮލެޓީގައި ވީޑިއޯ ނެގޭނެއެވެ.

އެލް މޯބައިލް އިން ގަންނަ ވިއްކާ ފޯންތައް މާލެ އާއި ހުޅުމާލެ އަދި ބޯޓުތަަކަށްވެސް ޑެލިވަރީ ކޮށްދޭނެއެވެ. އަދި އެލް މޯބައިލްގެ ފިހާރަތަކުން ޕްރޮޑަކްޓްތައް ގަތުމަށް އިންސްޓަގްރާމް ޕޭޖް ނޫނީ ފޭސްބުޕް ޕޭޖަށް މެސެޖްކޮށްގެންވެސް އޯޑަރު ކުރެވޭނެއެވެ. އަދި 9360000 ,7995709 ,7774558 އަށް ގުޅައިގެންވެސް އޯޑަރު ކުރެވޭނެއެވެ.