ދިވެހިންނާއި، ދިވެހިންގެ މުޅި ދިރިއުޅުމާއި ގުޅިފައިވާ ދިވެހި ގައުމީ ބޭންކް، ބޭންކް އޯފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔަމެވެ. 1982 ވަނަ އަހަރު މުޅި ރާއްޖޭގައި ބޭންކިންގ ހިދުމަތް ދިނުމަތް މި ބޭންކުން ފެށިއެވެ. މިއަދު ބީއެމްއެލް ވެފައި ވަނީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެންމެ ބޮޑު މާލީ އިދާރާއަށެވެ.
ބީއެމްއެލްއަކީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކޮށް ރައްޔިތުންނަށް ފަސޭހަ އިން ހިދުމަތްތައް ހޯދޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން އުފެއްދި އަހަރުމެންގެ އެންމެންގެ ބޭންކް ކަމަށްވާއިރު، މިއަދު އެކަން ކާމިޔާބު ކަމާއެކު ކުރަމުންދާކަމީ މުޅި ގައުމު ފަހުރުވެރިވާ ކަމެކެވެ.
އަދި މި ބޭންކަކީ އެތައް ހާސް ފަރުދުންނަށާއި އާއިލާތަކާއި އަދި ވިޔަފާރިތަކަށް ކުރިއެރުން ގެނެސްދޭ ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ބައިވެރިކަމަށް ވަނީ ވެފައެވެ.
"ބޭންކުން އެންމެ އިސްކަމެއް ދެނީ މުޖުތަމައުގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރުމާ އެކު ސަރުކާރާއި އާންމު ހިއްސާދާރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައި ދިނުމަށް". ބޭންކުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.
ބީއެމްއެލްގެ ހިދުމަތްތައް ފުޅާވަމުން އައި ގޮތް ކުރުކޮށް!
ބީއެމްއެލްގެ ހިދުމަތްތައް މިހާރު މުޅި ރާއްޖެއަށް ވަނީ ފުޅާވެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ބޭންކުގެ ބްރާންޗުތައް ގާއިމްކޮށް، ރައްޔިތުންނާ އެންމެ ގާތުން ދަނީ ހިދުމަތް ދެމުންނެވެ. ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށެއްގައި އޭޓީއެމް ސެންޓަރުތަކާއި، އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިންގެ ހިދުމަތްތަކާއެކު އަދި ބޭންކުގެ އޭޖެންޓުން މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.
މިއީ ރާއްޖޭގެ ބޭންކިން ދާއިރާއަށާއި ތަރައްގީއަށް އަދި ހިދުމަތް ދިނުމަށްޓަކައި ބީއެމްއެލް އިން ކުރި މުހިންމު މަސައްކަތެކެވެ. އެގޮތުން ދިވެހި ކޮންމެ ފަރުދެއްގެ ދިރިއުޅުމަށް އަދި ޖުމްލަ ގޮތެއްގައި މުޅި ގައުމަށް ހެޔޮ ބަދަލު ތަކެއް ގެނުވައިދިނީ ބީއެމްއެލްއެވެ.
ބީއެމްއެލްގެ ފުރަތަމަ ބްރާންޗް ގާއިމް ކުރެވުނީ 1982 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު މާލޭގައެވެ. މި ހިދުމަތް ފެށިގެން އައިސްފައި ވަނީ ލޯންތަކާއި، ފައިނޭންސިންގ ހިދުމަތްތަކާ ވެސް އެކުގައެވެ. އަދި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ދޭން ފެށިއެވެ. މިގޮތަށް ހިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންގޮސް، އަތޮޅު ތެރޭގައި އެ ބޭންކްގެ ފުރަތަމަ ބްރާންޗް ހުޅުވިގެން ދިޔައީ 1983 ވަނަ އަހަރުއެވެ.
އޭގެ ފަހުން އެންމެ ބޮޑު އިސްކަމެއް ދީގެން ބޭންކުން ފެށީ ހިދުމަތްތައް އަތޮޅު ތެރެއަށް ފޯރުކޮށްދެވޭނެ މަގަކީ ކޮބައިތޯ ބެލުމަށެވެ. ރާއްޖެއަކީ ކަނޑު ހުރަސްކޮށް ދަތުރުކޮށްގެން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގައުމަކަށް ވުމުން، ފަސޭހައިން ބޭންކިންގެ ހިދުމަތްތައް ދިވެހިންނަށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ޕްލޭންތައް އެކުލަވާ، މަސައްކަތް ފެށިއެވެ. އެގޮތުން 1990 ވަނަ އަހަރު ބޭންކިންގ ސެލްތައް ގާއިމް ކުރުމުގެ މަސައްކަތްތައް ފެށިގެން ދިޔައިރު، ރަށްތަކަށް ބޭންކިންގ ހިދުމަތްތައް ދިނުމަށް ދޯނީގައި އެ ރަށަކަށް ގޮސް ފައިސާ ލިބޭނެ ގޮތް ހަމަޖައްސެމަށް 1992 ވަނަ އަހަރު މިކަން ފެށިއެވެ. މިކަން ކުރުމަށް ދުވަސްތަކެއް ކަނޑައަޅައި، ރަށުގެ އެންމެ އިސް ފަރާތް މެދުވެރިކޮށް ރައްޔިތުންނަށް އަންގައެވެ.
ރާއްޖޭގައި ފުރަތަމަ ކޯ ބޭންކިންގ ސިސްޓަމް މެދުވެރިކޮށް ހިދުމަތް ދޭން ފެށީ 1997 ވަނަ އަހަރުއެވެ. އަދި ސްވިފްޓް ސާވިސް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް 1999 ވަނަ އަހަރު ފެށިއެވެ. އަދި 2000 ވަނަ އަހަރު އީކުއޭޝަން ސިސްޓަމް ލޯންޗް ކުރިއިރު، އެ އަަހަރު ތެރޭގައި ފުރަތަމަ އޭޓީއެމް ސާވިސް (މެއިން ބްރާންޗް) ގައި ފެށިއެވެ. އަދި ކޭޝް ކާޑު ހިދުމަތާއި، އިންޓަނޭޝަނަލް ޑެބިޓް އަދި ކްރެޑިޓް ކާޑު ހިދުމަތްވެސް އެ އަހަރު ފެށިއެވެ.
ބީއެމްެއެލް އިން 2004 ވަނަ އަހަރު އެމެކްސް އާއި އެކްސްކްލޫސިިވް ޕާޓްނާޝިޕް ހެދިއެވެ. އޭގެ އެއް އަހަރު ފަހުން، 2005 ވަނަ އަހަރު ސަރުކާރުގެ އެހީއާއި ލޯނު ސްކީމްތައް ހިންގަން ފެށިއިރު 2007 ވަނަ އަހަރު އިންޓަނޭޓް ބޭންކިންގ ހިދުމަތް ފެށިއެވެ. އަދި 2012 ވަނަ އަހަރު ޑެޕޮސިޓް މެޝިން މެދުވެރިކޮށް ފައިސާ އަދި ޗެކް ޑިޕޮސިޓް ކުރެވޭނެ މަގު ތަނަވަސްކޮށްދީފައި ވެއެވެ.
އޭގެ ފަހުން 2014 ވަނަ އަހަރު ކޯރ ބޭންކިންގ ސިސްޓަމް ޓީ24 އަށް ބަދަލު ކުރިއެވެ. އަދި އެ އަހަރު ކޭޝް އެޖެންޓް ބޭންކިންގ ހިދުމަތް ތައާރަފް ކުރެވި 151 ރަށެއްގައި 200 އެޖެންޓުން ކަނޑައެޅިއެވެ. ހަމަ އެ އަހަރު އޭޓީއެމް މެޝިން މެދުވެރިކޮށް ފައިސާ އާއި ޗެކް ޑެޕޮސިޓް ކުރުމުގެ ހިދުމަތްތައް ފެށިއެވެ. އަދި އެ އަހަރު އޭޓީއެމް މެދެވެރިކޮށް ޑޮލަރު ނެގޭނެ ގޮތް ހެދުމާއި، ޑޮލަރު ޑެޕޮސިޓް ކުރެވޭނެ ގޮތް ހެދިއެވެ.
ބީއެމްއެލްގެ އެންމެ ބޮޑު ކާމިޔާބަކީއެއްގެ ގޮތުގައި ފާހަގަކުރާ ކަމަކީ 2014/2015 ވަނަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ ބޭންކްގެ ބްރާންޗްތައް ގާއިމްކޮށް، ހިދުމަތްތައް ފުޅާ ކުރެވިގެން ދިއުމެވެ.
ބީއެމްއެލް އިން ރާއްޖެއަށް އިސްލާމިކް ބޭންކިންގ ހިދުމަތް ފެށީ 2015 ވަނަ އަހަރުއެވެ. އަދި އެ އަހަރު މޯބައިލްގ ބޭންކިންގގެ ހިދުމަތް އެޕް މެދުވެރިކޮށް ތައާރަފް ކުރިއިރު، 2016 ވަނަ އަހަރު ކިއުއާރް ޕޭމެންޓްސް ހިދުމަތް ތައާރަފް ކުރެވިގެން ދިޔައެވެ.
ބީއެމްއެލް އިން ރާއްޖެއަށް ތައާރަފްކުރި މި ހިދުމަތްތަކަކީ ރާއްޖެއަށް މުޅިން އަލަށް ފެށިގެން ދިޔަ ކަންކަމެވެ. މިކަންކަން އެންމެ ފުޅާ ދާއިރާއެއްގައި ރައްޖޭގައި ކުރަމުން އަންނަނީވެސް ދިވެހިންގެ ބޭންކް އިންނެވެ.
ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖެއަށް ބޭންކިންގ ހިދުމަތްތައް ފުޅާ ކުރެވޭނެ ގޮތްތައް ހޯދުމަށެވެ. އެގޮތުން ތަޖުރިބާކާރުންގެ ލަފަ އާއި އެއްގޮތަށް ހިދުމަތްތައް ފުޅާ ކުރަމުން ގޮސް، ހުރިހާ ހިދުމަތްތަކާއެކު މިހާރު ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ބޭންކް އަކީ ހަމައެކަނި ބީއެމްއެލްއެވެ.
ބޭންކުން މުއްސަދިން މުއްސަދިކުރުމަށް 40 އަހަރުގެ ބުރަ މަސައްކަތް! ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ބޭންކް އަކީ ހަމައެކަނި ބީއެމްއެލްއެވެ ލަދުން ބޯހަލާކު 16ހާސްރުފިޔާ ލިބޭ މީހަކަށް މިލިބެނީ 80ހާސްރުފިޔާގެ ލޯނެއް މިޔާއެކު ބީއެމްއެލްއަކީ ތިންލައްކަ ރުފިޔާ ލޯނުގަޑެއް 5 އަހަރަށް ބަހާލާގެން ނުދެވޭ ބައެއް ކިހާ ފަހުރުވެރި 40 އަހަރު
ލޯނެއް ނެގިޔަސް އޭގެ ދެގުނަ ދައްކައިގެންނީނީ ފަރަކު ނުޖެހެއެވެ. ދެލައްކައެއްހާ ރުފިޔާގެ ލޯނެއްނަައިގެން ދެއަހަރު ދެއްކި އިރުވެސް އެންމެ ފުކެއްވެސް މަދެއްނުވެއެވެ. އަދިވެސް ނުެގި އަދަދަށްވުރެ ބޮޑު ޢަދަދެއް ދައްކަންޖެހޭކަމަށް ފެނެއެވެ. ވާގޮތަށް ނޭނގެއެވެ. ތިވަރު ފުކެއްބޮޑެވެ. ޑަބަލް ފައިދާ ނަގައެވެ. ހެޔޮނުވާނެއެވެ.
ހުސްޕާޓޭން ވައްދައިގެން ރައްޔިތުންގެ ލާރިކޮޅުން ވައްކަންކުރާތީ މިއަދު އިތުބާރެއް ނުކުރެވޭ. މިއަދު ގިނަމީހުންގެ ވިސްނުން އެހެން ދިމާލަކަށް އެނބުރެން ފަށައިފި.
40 އަހަރު ދިވެހިންގެ ލޭ ފެލައިގެން ބުއިމުގައި. ވާ ސަހަނރޯ. 18 ޕަސެންޓް އިންޓަރެސްޓް ޕްލަސް 30 ޕަސެންޓް ހިޑްން ޗާޖެސް. ދެން ލޯނު އޮފިސަރަށް ދޭންޖެހޭ ރިޝްވަތުން ސްޕްރިންކްލް ކޮއްލީމަ އެއޮތީ ފައްކާ ކޭކެއްގެ ފުރިހަމަ ފޮޓޯ އެއް. ރައްޔިތުންގެ ބޭންކް.ލޭބޯ.
ބީއެމްއެލް އިސްލާމިކުން ނެގި ލޯނެއްގެ %85 ދޫކުރި ހިސާބުން %100 އަށް ދައްކަން ޖެހޭ ވަރަށް ރިޕޭމެންޓް ކަނޑަން ފަށައިފިއެވެ. މިއީ އިސްލާމް ހެއްޔެވެ؟ ޙައްޤުނޫން އެއްޗެއް ނެގުމީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ބޭންކްގެ މެނެޖްމަންޓަށް މިވަރުވެސް ނޭނގެއެވެ.