އެޗްޑީސީ މިހާރު ކުރިއަށްގެންދާ ސްމާޓްކޮމް ފެއާގެ ދިރާގު ސްޓޯލަށް ކުރާ ފަރާތްތަކަށް ދިރާގުގެ ފައިބާ ކަނެކްޝަން ހަ މަސް ދުވަހަށް ހިލޭ ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީގެ ސްމާޓްކޮމް ފެއާ ކުރިއަށް ގެންދަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މިއަދު ހަވީރު 4:00 ގައި މި ފެއާ ފެށިއިރު، މިރޭ 8:00 އިން 10:00 އަށް ފެއާ ކުރިއަށް ދާނެއެވެ.

އެ ފެއާގައި ދިރާގުން ބައިވެރިވެފައިވާއިރު، އެ ކުންފުނީގެ ސީއެފްސީ، މިޝްކާ "ވަގުތަށް" ވިދާޅުވީ ސްމާޓްކޮށް ފެއާގައި ދިރާގުން ކިޔާދެނީ ކަސްޓަމަރުންނަށް އޮންލައިންކޮށް ދިރާގުން ދެމުންގެންދާ ހިދުމަތްތަކުގެ ވާހަކަ ކަމަށެވެ.

" ސެލްފް ރަޖިސްޓްރޭޝަން، ކޭވައިސީ ފޯޓަލް، ދެން ދިރާގު ޕޭ. ދިރާގު އެޕް ބޭނުންކޮށްގެން އެޕްލައިކޮށްލެވޭ ހިދުމަތްތަކުގެ މައުލޫމާތު ވެސް ސްމާޓް ކޮމް ފެއާގައި ފޯރުކޮށްދޭނެ." މިޝްކާ ވިދާޅުވި އެވެ.

ދިރާގުން ފެއާގައި ބައިވެރިވި މަގްސަދަކީ ވީހާވެސް ބޮޑަށް ދިރާގުގެ ޑިޖިޓަލް ސާވިސްތަކާއި ގުޅޭ މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ، މިއާއެކު ދިރާގު އޮފީހަށް ނައިސް އަމިއްލައަށް ގޭގައި ހިދުމަތްތައް ކަސްޓަމަރުންނަށް ހޯދޭނެ ކަމަށް ވިދާޅުވިއެވެ.

އެޗްޑީސީގެ ސްމާޓް ކޮމް ފެއާގެ ތެރެއިން
—- ފޮޓޯ: ވަގުތު

އޭގެ އިތުރުން މިޝްކާ ވިދާޅުވީ ސްމާޓްކޮމްގެ ފެއާއަށް ޒިޔާރަތްކޮށް ރަޖިސްޓްރީވާ ފަރާތްތަކަށް ދިރާގުގެ ހަ މަސް ދުވަހުގެ 50 އެމް ފައިބާ ކަނެެކްޝަން ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ހިދުމަތް ލިބޭނެ ނަސީބުވެރި ފަރާތް ހޮވާނީ ގުރުއަތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު