ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓްކޮށް ފެއާގައި ބައިވެރިވެގެން ސްމާޓްކޮމްގެ ފަރާތުން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްމާޓްކޮމް ފެއާ މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންގޮސްފައިވާއިރު، ރޭގަނޑު 20:00 އިން 22:00 އަށް ވެސް މި ފެއާ ކުރިއަށް ދާނެއެވެ. މި ފެއާ ކުރިއަށް ދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

އެޗްޑީސީގެ މުނިސަޕަލް އޮފިސާ، އައިޝަތު ނިޒިޔަން "ވަގުތަށް" ވިދާޅުވީ އެ ކޯޕަރޭޝަނުން ފެއާގައި ބައިވެރިވީ މައި ހުޅުމާލެ ފޯޓަލްތަކުން ދޭ ހިދުމަތްތަކުގެ މައުލޫމާތު ދިނުމަށް ކަމަަށެވެ. އެގޮތުން ކަސްޓަމަރުންނަށް ހުޅުމާލޭގެ ކޮންމެ ސަރަހައްދެއްގައި ދިމާވާ މައްސަލަތައް މައި ހުޅުމާލެ ޕޯޓަލަށް ވަދެގެން އިތުރަށް އެޗްޑީސީއަށް ނުގުޅައި، މިހާރު ކުރެވޭނެ ގޮތް ކިޔައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވީހާވެސް ބޮޑަށް ކަސްޓަމާ ސާވިސަސް އޮންލައިންކޮށްފައި މި އިންނަނީ ކޮންޕްލެއިންސްތައް ވެސް އޮންލައިންކޮށް ހުށަހަޅާ ލެވޭނެ އެޗްޑީސީގެ ޕޭޖަށް ވަދެ. ދެން މިސާލަކަށް މައުލޫމާތު ބޭނުންވިއްޔާ ޗެކްޕޮޓް ވެސް އިންނާނެ ހަމަ ވަގުތުން އެއަށް އާންސާވެސް ކުރާނެ. އެހެންވީމަ އެކަހަލަ ހިދުމަތްތަކެއް ހުރިކަން އަޅުގަނޑުމެން އާންމުނަށް އަންގަން ބޭނުންވާތީ." ނިޒިޔަން ވިދާޅުވިއެވެ.

އެޗްޑީސީގެ ސްމާޓް ކޮމް ފެއާގެ ތެރެއިން
—- ފޮޓޯ: ވަގުތު

އޭނާ ވިދާޅުވީ، އެޗްޑީސީގެ މުނިސަޕަލް ހިދުމަތްތައް ވެސް އޮންލައިންކޮށް އެދެވޭ ގޮތަށް ހުންނާނެ ކަމަށާއި އަދި އިވެންޓްތަކަށް ބޭއްވޭނެ ތަންތަނުގެ މައުލޫމާތު ވެސް އޮންލައިންކޮށް ލިބެން ހުންނާނެ ކަމަށެވެ. އަދި އީމެއިލްގެ ޒަރީއާއިން އިވެންޓްތަކަށް އެދެވޭނެ ކަމަށް ވެސް ނިޒިޔަން ވިދާޅުވި އެވެ.

އެޗްޑީސީން ވަނީ ސްމާޓްކޮމްއަށް އަށް ވަކިން ސްޓޯލެއް ހަދާފައެވެ. އެ ސްޓޯލަށް ޒިޔާރަތްކޮށްގެން ސަމާޓް ކޮމްގެ އެކި ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ފެއާއަށް ޒިޔާރަތްކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ސްމާޓް ވޮޗެއް، 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބާ ރައުޓަރެއް ވެސް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު