ބޭންކްތަކުގައި ރައްކާ ކުރާ ބޭރު ފައިސާގެ އަދަދު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މަދުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކްތަކަށް ރައްކާ ކުރެވޭ ބޭރު ފައިސާގެ އަދަދު 10 އިންސައްތައަށް ވަނީ ދަށްވެފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބޭންކްތަކަށް ރައްކާކުރަންލާ ފައިސާގެ ތެރެއިން 76 އިންސައްތަ މަދުވެފައިވަނީ ބޭރު ފައިސާއިންނެވެ.

ބޭންކްތަކަށް ޖަމާކުރާ ފައިސާ އެހާ ބޮޑަށް މަދުވެފައި ވަނީ އިމްޕޯޓު ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން އެމްއެމްއޭ އިން ބުނެފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ބޭންކްތަކުން ދޫކުރި ޖުމްލަ ލޯނުގެ 32.5 ބިލިއަން ރުފިޔާ އަށް އަރައެވެ. ޕްރައިވެޓް ސެކްޓަރަށް ދޫކުރާ ލޯނާއި ކްރެޑިޓްގެ އަދަދު 28.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ތިންވަނަ ކުއާޓަރުގައި ޕްރައިވެޓް ސެކްޓަރަށް ދޫކުރި ލޯނުގެ އަދަދު ވަނީ އިތުރުވެފައެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ ގިނައިން ލޯނު ދޫކޮށްފައި ވަނީ ޓޫރިޒަމާއި ކޮންސްޓްރަކްޝަންގެ މަސައްކަތަށް ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. ޓޫރިޒަމަށް ދޫކުރި ލޯނުގެ އަދަދު 38 އިންސައްތަ އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަގީގަތް

    އަސްލު އިތުބާރު ގެއްލުނީމާ މަދުވީ

  2. އާދަންބެ

    ކޮންތާކު. ބޭންކްއިން ލާރިގަނޑު ކާލާތީ. ނުލަނީ. ދެން ނުވެސް ލާނަން.