މި އަހަރަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައްޔާރު ކުރި އާ ކަލަންޑަރު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީއަށް ޚާއްސަ އިސްކަމެއް ދޭ ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ މި ޕްރޮމޯޝަންގެ އެއް އަމާޒަކީ މުޖުތަމައު ތެރޭގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހިކުރުމެވެ. މިފަހަރުގެ ޕްރޮމޯޝަންގައި ހަވާލުކުރެވިފައިވާ މަސައްކަތަކީ ރައްޓެހިން ޓެގްކޮށް އާ އަހަރުގެ ތަހުނިޔާ ފޮނުވުމެވެ.

މި ޕްރޮމޯޝަންގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި 10 ފަރާތެއް ހޮވައި، އެމީހުންނަށް ބީއެމްއެލްގެ ކަލަންޑަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަން ޖެނުއަރީ ތިނެއްގެ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

މިފަހަރުގެ ކަލަންޑަރުގައި ހިމަނާލާފައިވަނީ ފެންކުލައިން ކުރަހާފައިވާ 12 ކުރެހުމެވެ. މި ކުރެހުންތައް ކުރަހާފައިވަނީ ހުނަރުވެރި ދިވެހި ފަންނާނެއް ކަމަށްވާ ޝިމްހާ ޝަކީބެވެ.

ކޮންމެ އަހަރަކުވެސް ކަލަންޑަރުތައް ބާޒާރަށް ނެރެމުންދާ ބީއެމްއެލް އިން މިފަހަރުގެ ކަލަންޑަރުންވެސް ތަފާތު އާ ހިޔާލެއް ތައާރަފްކޮށްފައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު