ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކޮންމެ ހަފްތާއެއްގައި އޮންލައިންކޮށް ޝާއިޢުކުރާ 'މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް' ގައި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރު ހަބަރުތައް ހިމެނުމުގެ މަޤުސަދުގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސްޢޫލުވާ އެންމެހާ ފަރާތްތަކަށް ޙަބަރުތަކާއި ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަމާއި ބެހޭގޮތުން ހިންގޭ ހަރަކާތްތަކުގެ މަޢުލޫމާތު މިނިސްޓްރީއާއި ހިއްސާކުރެއްވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިގޮތުން މައުލޫމާތު ހިއްސާކުރުމުގައި ސަމާލުކަމެއް ދެއްވުމަށް މިނިސްޓްރީއިން އެދިލައްވާފައިވާ މައުލޫމާތުގެ ތެރޭގައި މުވައްޒަފުންނާއި ގުޅުންހުރި މައުލޫމާތާއި ކުންފުނިތަކުން މުޖުތަމައުގެ ކުރިއެރުމަށްޓަކައި ހިންގޭ ހަރަކާތްތަކުގެ މަޢުލޫމާތާއި، ތަން ތަރައްގީކުރުމަށް ގެނެވޭ އިތުރު / އައު ބަދަލުތަކުގެ މައުލޫމާތާއި، ތަނުގައި ކުރިއަށް ގެންދެވޭ ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ތަރައްގީގެ ޕްރޮގްރާމްތަކުގެ މައުލޫމާތު ހިމެނެއެވެ.

މުވައްޒިފުންނާއި ގުޅުންހުރި މައުލޫމާތުގެ ތެރޭގައި މުއައްޒިފުންގެ ކުރިއެރުމަށް ހިންގޭ ތަމްރީން ޕްރޮގްރާމް ތަކުގެ މައުލޫމާތާއި، މަސައްކަތާއި ގުޅިގެން ލިބޭ އެވޯޑް ތަކުގެ މައުލޫމާތުގެ އިތުރުން ތަނުގެ އިސްމަގާމުތަކަށް ދިވެހި މުއައްޒަފުން އައްޔަންކުރުމާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ވަނީ ދެންނެވިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިއްސާ

    ހިއްސާކުރަން އޮތް މައުލޫމާތު މި ވަގުތު ނޫހުން މިހާރު އެއޮތީ ހިއްސާކޮށްދީފައި. ރިޒޯޓްތަކުން ޓެކްސް ދައްކަން ހަދާ މަކަރުގެ ވާހަކަ އެއޮތީ ގެނެސްދީފައި. އެކަމަށް ފުރަތަމަ ހައްލު ހޯދާ. އޭގެ ފަހުން އެހެންކަމަކާ އުޅޭ. ތިއުޅެނީ އެކަން ހަނދާން ނައްތުވާލަން އާވާހަކައެއް އުފައްދަންވެގެން.