ބޭންކް އޮފް މޯލްޑިވްސް އިން ރަހުނަކާއި ނުލާ ދުކުރާ ލޯނާއި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސްފިއެވެ. މިގޮތުން މިހާރު ރަހުނަކާއި ނުލާ 1.2 މިލިއަނާ ހަމަޔަށް ލޯނު ނެގޭނެއެވެ.
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިންގ ދޫކުރާނެއެވެ. މި ބަދަލާއެކު، ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕަރސަނަލް ފައިނޭންސިންގ ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީއަށްވެސް ބަލާނެއެވެ. މި ލޯން ފައިނޭންސްކުރުމުގައި ބީއެމްއެލްއިން އެއްވެސް ސެކިއުރިޓީ، ގެރެންޓީ އަދި ކުއޮޓޭޝަނެއް ބޭނުމެއް ނުވާނެއެވެ.
ފައިސާ އަނބުރާ 5 އަހަރު ދުވަހުން ދެއްކޭގޮތަށް ހަމަޖެހިފައިވާއިރު، މި ލޯނަށް އިންޓްރަސްޓްގެ ގޮތުގައި އަހަރެއްގެ މައްޗަށް %15 ޗާރޖް ކުރާނެއެވެ. 18 އަހަރާއި 60 އަހަރާއި ދެމެދުގެ ކޮންމެ ދިވެއްސެއްވެސް މި ލޯން ނެގުމަށް ޝަރުތު ފުރިހަމަ ވާނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ފަހިވެފައި ކަމަށެވެ. "އަޅުގަނޑުމެންގެ ޕޯޓްފޯލިއޯ އަށް މިގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ފަހިވެފައި. ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން." ކާރލް ސްޓުމްކަ ވިދާޅުވިއެވެ.
އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ލުއި ލޯނު އަދި ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. އަދި 5 ދުވަސް ތެރޭ ޕްރޮސެސް ކުރެވޭނެއެވެ.
ލޯން ދޫކުރާ އަދަދު ބޮޑުކޮށްދިނުމެއްނޫން މުހިންމީ. ނަގާ އިންޓްރެސްޓް ކުޑަކުރުން މުހިންމީ. ފަންސާސް ހާސް ނެގީމަ އިތުރައް ތޭވީސް ހާސް ދައްކަންޖެހޭ. 50 ހާސް އަނބުރާދައްކާ ނިމޭއިރު 73 ހާސް .ބެންކަށް ބިލިއަނުން ފައިދާ ވާއިރު ވެސް އިންޓްރެސްޓް ޕަސެންޓް އަށް ބަދަލެއްނާދޭ. ވިއްޔާވަނީ ބޮޑު . މީތިކަޑައޭ
ތިމާ ބޮލުގަ ދަރަންޔެއް އިންކަނ ދަނެގެން އެ ދައްކާ ހަލާސް ކުރަން އުޅޭނަމަ އިންޓްރެސްޓެއް ނާރާނެ!
ބޮލެއް ނެތް ސޮރާ...އިންޓަރެސްޓް ނާރާނީ ނެގި ބާރުމިނުގަ އަނބުރާ ދެއްކީމަ. ނެގިބާރުމިނުގަ އަނބުރާ ދެއްކެންޏާ ކީއްކުރާ ލޯނެއް؟
ވަޒިފާގަ ނެތިއްޔާ މިލޯންވެސް ނުލިބޭ. އަޅުގަނޑަކީ ކޮންމެ މަހަކު ބީއެމް އެލް އެކައުންޓަށް ލައްކަޔަަކަށްވުރެ ގިނަ ފައިސާ އަޅުގަނޑުގެ އަމިއްލަ މަސައްކަތުން ހޯދާ ޖަމާކުރާމީހެއް. އެކަމަކު 25000 ރ މައިކްރޯލޯން އެއް ނުލިބުނު ސަރުކާރުގެ ވަޒީފާގަ ނެތީމަ