މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ކުރީ ދެ އަހަރާ ބަލާއިރު، ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 178،159 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ މަހު ދުވާލެއްގެ މައްޗަށް 5،566 މީހުން އައިއިރު، މި މަހުގެ ފުރަތަމަ ދުވަހު ވެސް 5،623 ފަތުރުވެރިން ރާއްޖެ އައިއެވެ.

މިއީ ކުރީ އަހަރާ ބަލާ އިރު، %40 ގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި 136،146 ފަތުރުވެރިން ރާއްޖެ އައި އިރު، 2021 ވަނަ އަހަރު މި މުއްދަތުގައި ރާއްޖެ އައީ 94،261 ފަތުރުވެރިންނެވެ. ރާއްޖެ އަށް މިހާރު އަންނަ ފަތުރުވެރިން އާންމުކޮށް އަށް ދުވަހުގެ ޗުއްޓީއެއް ހޭދަ ކުރެއެވެ.

މި އަހަރު އެންމެ ގިނަ އިން ރާއްޖެ އަށް ފަތުރުވެރިން އައީ ރަޝިއާ އިންނެވެ. ދެވަނައިގައި އިންޑިއާ އޮތް އިރު، ތިން ވަނަ އަދި ހަތަރު ވަނައިގައި އޮތީ އިޓަލީ އާއި އިނގިރޭސި ވިލާތެވެ. ފަސް ވަނައިގައި އުޅެނީ ޖަރުމަނެވެ. އޭގެ ފަހަތުގައި އޮތީ އެމެރިކާ އާއި ފްރާންސާއި ޗައިނާ އާއި ސްވިޒަލެންޑާއި ޕޮލެންޑެވެ.

  • މި އަހަރު އެންމެ ކުރީގައި އުޅޭ މާކެޓުތައް:

    ރަޝިއާ - 24،154 ފަތުރުވެރިން (%13.6)
    އިންޑިއާ - 19،390 ފަތުރުވެރިން (%10.9)

އިޓަލީ - 17،159 ފަތުރުވެރިން (%9.6)
އިނގިރޭސި ވިލާތް - 15،367 ފަތުރުވެރިން (%8.6)
ޖަރުމަނު - 10،897 ފަތުރުވެރިން (%8.6)

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިންޑިއާ އިންނެވެ. އިންޑިއާ އިން 241،369 ފަތުރުވެރިން ރާއްޖެ އައިއިރު، ދެވަނަ އަށް އެންމެ ގިނަ އިން ރާއްޖެ އައީ ރަޝިއާގެ ފަތުރުވެރިންނެވެ. އެއީ 201،957 ފަތުރުވެރިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން އައީ އިނގިރޭސި ވިލާތުންނެވެ. އެއީ 179،312 ފަތުރުވެރިންނެވެ.

ރާއްޖޭގައި 172 ރިސޯޓު ހިންގާއިރު، 880 ގެސްޓްހައުސް ހުރެއެވެ. އަދި 13 ހޮޓަލް ހިންގައެވެ. އަދި ރާއްޖޭގައި 157 އުޅަނދު ދުއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަޖައިބުވޭ

    އެއެއްޗަކަށް މުޅިގައުމު ބިނާވެފަ އޮތް ދާއިރާއަަށް ކުރިއެރުން އަންނަ އިރު ރައްޔިތުންނަށް ވެސް ކުރިއެރުން ނޫންއެއްޗެއް އަންނާތީ ހައިރާނެއްނުވޭތޯ.

  2. މއކ

    އެމްއޭސީއެލް ބޯނަސް ކުރީފަހަރައް ވުރެ ބޮޑުވަންވާނެ

  3. އސލ

    ރައްޔިތު މީހާ ޖެހޭނީ ގުލާނުކުރަން
    އެއީ ވަކި ބައެއްގެ މިލްކިޔާތެއް

  4. ކެންދޫ

    ޓެކްސް ނުދައްކާ ރިސޯޓްތައް ކޮބާ؟؟؟

  5. ވާނުވާ.

    ޢެހެންވެ ދޯ އަދިވެސް ޑޮލަރު ހުރީ 17.30 ގަ؟؟!!

  6. ކަޅު ހުއްތު

    ރިކޯޑް މިންވަރައް ފަތުރުވެރިކަން އިތުރުވަނީ، އަންނަ ފަތުރުވެރިންގިނަވަނީ، އެކަމު ދައުލަތުގެ ތިޖޫރީގަ ފައިސާއެއްނެތް، ހަރަދުކުރާނެ ފައިސާނެތިގެން ކޮންމެ ދުވެހަކު ދެދަޅަޔައް ލޯނުމައްޗައް ލޯނުނަގަނީ، އެކުމު އިންތިހާބުތެރޭ ލާރި ބަހަންވީމަ ގޯނިގޯނީގަ ނުގުލު ފައިސާ ބަހާނަގަ.!!!!