ކާޑުގެ މުއާމަލާތްތައް ހިންގާފައިވަނީ ބޭރުގެ މަރޗަންޓްގެ ޑޭޓާ ވަގަށް ނަގައިގެން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ބުނެފިއެެވެ.

ބީއެމްއެލް އިން މިގޮތަށް ބުނެފައި ވަނީ، މީސް މީޑިއާގައި ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ހާމަވެފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައި ނުވާ ކަމަށެވެ.

"އެހެން ނަމަވެސް ބައެއްފަހަރު ސްކޭމް ހިންގާ ފަރާތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރޗަންޓުންނާއި އީކޮމަރސް މަރޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާ މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރޭ". ބީއެމްއެލް އިން ނެރުނު ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ކަސްޓަމަރުން ރައްކާތެރިކުރުމަކީ ބޭންކުން އެންމެ އިސްކަންދޭ ކަންތައް ކަަމަށެވެ. އެހެންކަމުން ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ އަބަދުވެސް އެ ބޭންކް އިން މޮނިޓަރ ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނެފައިވާގޮތުގައި، ކާޑުތަކުގެ މައުލޫމާތު ހާމަވެ، ބައެއް ކަސްޓަމަރުންގެ ކާޑުތަކުން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށެވެ. އަދި ބޭންކުން މި ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ކާޑު ހެއްދުމަށް އެއްވެސް ފީއަކާ ނުލާ، އައު ކާޑު ހެދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

"މިދެންނެވި ގޮތަށް މަރޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ. އަދި ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ".

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސަނީ

    މަގޭ ނަސޭހަތަކީ އެންމެންވެސް ވަގުތު ފާއިތު ނުވަނީސް ތި ބޭންކު ދޫކޮށްލުން. ޢޭރަކަށް ލާރި ގެއްލިގެން ބޯ ގޮއްވާކަށް ނުޖެހޭނެ ނުން. މަވެސް މިހާރި ދޫކޮއްލައިފިން

    67
    1
    • ނުރަބޯ

      ރާއްޖޭގަ ދެންހުރި ބޭންކުތަކަށް ބަރޯސާވެވެނީ ހަމައެކަނި މާލޭގަ އުޅޭ މީހުންނަށް އެކަނި. އެހެން ރަށެއްގެ މީހަކު އަހަރެމެން އެހެން ބޭންކެއްގަ އެކައުންޓު ހުޅުވައިގެން ފައިސާ ނަގަންވީމަ ވަންނާނީ ކޮންތާކަށް. ދެން މިސާލަކަށް އިސްލާމިކް ބޭންކުން ބީއެމްއެލްއަށް ޓްރާންސެކްޝަނެއް ހެދިޔަސް 48 ގަޑިއިރު އެބަނަގާ ޕްރޮސެސްވާން. ރާއްޖޭގެ %99 ފިހާރަތަކުގަވެސް ގެންގުޅެނީ ބީއެމްއެލް.

  2. އިސްމާއިލްބެ

    ތިޔަ ބުނާ ޑިސްޕިއުޓް މަރުހަލާ ނިމޭނީ ކޮންއިރަކުންތަ؟؟

    38
    • ޗޯރު

      ކަމެއް ގޯސްކޮން ދާއިރަށް އެހެން ބަޔެއްގެ ބޮލަށް ތިކަނޑާލަނީ. ކަޑަދޯ ތިގޮތް

  3. އިއްބެ

    ރާއްޖޭގައި މި މައްސަލަ ދިމާވަނީ ހަމައެކަނި ބީއެމްއެލް އަށް؟؟

    12
    1
  4. މަާޗެންޓް

    ކޮބާ ތި މާޗެންޓަކީ؟

    14
    • ހުސޭނުބޭ

      މާޗެންޓް އިންނަނީ ބީއެމްއެލް ތެރޭގައި. އެތާ އިނދެގެން މީހުން ނުވެސް ދެނެ ތިއްބާ މާލޭ ފިހާރަތަކުން ވިޔަފާރިކުރިކަމަށް ހަދައި ފައިސާކޮޅު ކައި ހުސްކޮށްލާ

      17
  5. ސިމީ

    ޙަބީބް ބޭންކު އޯކޭވާނެ ، އަނެއްހެން ކާޑެއް ނުވެސް ދޭނެ

    14
    1
  6. ބަކުރުބޭ

    ސޭ ނޯ ޓު ބީއެމްއެލް

    21
  7. އަހުމަދު

    ބީއެމްއެލް ވަރަށް ޒިންމާދާރުކަން ކުޑަ. ބޭންކުގެ އިތުބާރު ގެއްލިއްޖެ. ރާއްޖޭގައި އެހެން ބައިވަރު ބޭންކުތައް ހުންނައިރު ފައިސާގެ މިކަންކަން ލައިގަނެގެން އުޅެނީ ހަމައެކަނި ބީއެމްއެލްއަށް. މިއީ ބޭންކުން ޖަވާބުދާރީވާން ޖެހޭކަމެއް. ސޭ ނޯޓު ބީއެމްއެލް.

    21
    1
  8. ޒާ

    ހަމައެކަނި ބީއެމްއެލްގެ ކަސްޓަމަރުންނަށް އަބަދުވެސް މިކަހަލަ ގެއްލުން ލިބޭކަމީ ތި ބޭންކާމެދު އޮތް އިތުބާރު ގެއްލޭނެ ކަމެއް. ތި ބޭންކުގެ މައްސަލައެއް އެބައުޅޭ.

    20
    1
  9. ހުސޭނު

    ތި ޑިސްޕިއުޓް މަރުހަލާ ދުވަހަކުވެސް ނުނިމޭނެ ؟؟

  10. ޢަލީ

    ޑިސްޕިއުޓް ހުށަހެޅުމުން، އެތައް ދުވަހެއްކޮށްފަ ޖަމާކޮށްދިިނީ މަދުން. ކީއްވެގެންތޯ ސުވާލުކުރުމުން ބޭންކުން ބުނީ އެއީ ޓްރާންސެކްޝަން އަށް ކަނޑާފައޭ!އެއީ އަޅުގަނޑު ކުރިކަމެއްނޫންނެއްނޫންތޯ ބުނީމަވެސް އެކެނޑިބައި ނުދިންތާނގަ ކާދުވެސް ހަދާނުދޭތާ ދެއަހަރުދުވަހަށް ވުރެވެސް ގިނަދުވަސްވީ!