ދިރާގުން ކަސްޓަމަރުންނަށް އިތުރު ޑޭޓާ ތަކެއް ލިބޭގޮތެއް ހަދައިފިއެވެ.

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަށް އަޕްގްރޭޑްކޮށްލައިގެން ކަސްޓަމަރުންނަށް މިހާރު އިތުރު ޑޭޓާ ލިބޭނެއެވެ.

މި އަޕްގްރޭޑާއެކު ދިރާގު ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ އެންމެހާ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަށް:

• ޕޯސްޓްޕެއިޑް 550:

20ޖީބީ ޑޭޓާ، ހިލޭ އެސް.އެމް.އެސް، ދިރާގުގެ ހުރިހާ ނަމްބަރަކަށް ހިލޭ ކޯލް އަދި އެހެނިހެން ލޯކަލް ނަންބަރުތަކަށް 1200 ހިލޭ ވޮއިސް މިނިޓް ލިބޭނެއެވެ.

• ޕޯސްޓްޕެއިޑް 750:

30ޖީބީ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގާއި އެހެނިހެން ލޯކަލް ނަމްބަރުތަކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.

ކުރިން ޕޯސްޓްޕެއިޑް 550، އަށް ލިބިގެންދިޔައީ، 10ޖީބީ ޓޯޓަލް ޑޭޓާ އަދި 300 ހިލޭ ވޮއިސް މިނެޓެވެ. އަދި ޕޯސްޓްޕެއިޑް 750 އަށް ލިބިގެންދިޔައީ، ޖުމްލަ 15ޖީބީ ޑޭޓާއެވެ. ދިރާގުން އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް ވަރަށް ގިނަ މަސައްކަތް ތައް އަންނަނީ ކޮށްދެމުންނެވެ.

ދިރާގުން ދާދި ފަހުން ވަނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް 1000 އަދި ޕޯސްޓްޕެއިޑް 1700 ޕްލޭންތައްވެސް އަޕްގްރޭޑްކޮށްފައެވެ.

މި ގެނެވުނު ބަދަލާއެކު މި ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، އެސްއެމްއެސް އަދި ދިރާގާއި އެހެނިހެން ލޯކަލް ނަމްބަރުތަކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.

އަޕްގްރޭޑްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑް ކޮށްލެވޭނެއެވެ.

ދިރާގުން މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރުސީ

    ތިޔައީ ރައްޔިތުން ފެލާ ކުންފުންޏެއް
    އަދިވެސް ރާއްޖޭގެ ބައެއްރަށް ރަށަށް 4ޖީ 5ޖީ ނެޓްވޯކު ނުލިބެ ބައެއް ފޯނުތަކަށް ރޭންޖު ނުލިބެ

    6
    2