ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ކާޑެއްދޫއަށް ކުރާ ދަތުރުތަކުގެ ކޮންމެ ޓިކެޓަކުން 222ރ. ބޮޑުކޮށްފިއެވެ.
ކާޑެެއްދޫއަށް ހަމައެކަނި އޮޕަރޭޓް ކުރަނީވެސް މޯލްޑިވިއަން އިންނެވެ. އެ އެއާޕޯޓަކީ ވިލާ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އެއާޕޯޓެކެވެ.
ކާޑެއްދޫ އެއާޕޯޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުގެ އަގު ކުރިން 1،471ރ ގައި އުޅުނުއިރު، މިހާރު ވަނީ 1،693ރ. އަށް އަރާފައެވެ.
އެހެންކަމުން ކުރިން އަގާއި އަޅާ ކިޔާއިރު، ކާޑެއްދޫއަށް ކުރާ ދަތުރުތަކުގެ ޓިކެޓަކަށް 222ރ ވަނީ ބޮޑު ވެފައެވެ.
ރޭ ދަންވަރު 12:00 އިން ފެށިގެން ޓިކެޓްގެ އަގުތަކަށް ބަދަލުތަކެއް އައިސްފައިވާއިރު، ޓިކެޓްގެ އަގު އެންމެ ބޮޑަށް ބޮޑުވެފައި ވަނީވެސް ކާޑެއްދޫއަށެވެ.
އެގޮތުން މޯލްޑިވިއަން އިން މާލެ އިން ރާއްޖޭގެ އެންމެ ދެކުނުގެ ރަށް ކަމަށްވާ އައްޑޫ ސިޓީއަށް ކުރާ ދަތުރަކަށްވުރެ، ކާޑެއްދޫއަށް ކުރާ ދަތުރުގެ އަގު ބޮޑެވެ. އެގޮތުން މާލެއިން އައްޑޫއަށް ކުރާ ދަތުރުގެ އަގަކީ 1،687ރ. އެވެ. އެކަމަކު ކާޑެއްދޫއަށް ކުރާ ދަތުރުގެ އަގަކީ 1،693ރ. ރުފިޔާއެވެ.
"ވަގުތު" އަށް މައުލޫމާތުދެމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޓިކެޓް އަގު ބޮޑުވެފައި ވަނީ އެއާޕޯޓް ހޭންޑްލިންގ ޗާޖެސްތައް ބޮޑު ކުރުމާއި ގުޅިގެން ކަމަށެވެ.
މީގެ ތެރެއިން ކާޑެއްްދޫ އެއާޕޯޓް ހޭންޑްލިންގ ޗާޖް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.
"ކާޑެއްދޫގެ އެއާޕޯޓް ހޭންޑްލިންގ ޗާޖެސް އޭތި ވަރަށް ބޮޑަށް ބޮޑުވެގެން ދިޔަ ޖެނުއަރީން ފަށައިގެން ބޮޑުވެފައި، ދެން 1 މާރިޗްއިން ފެށިގެން ރީޖަނަލް އެއާޕޯޓްސްއިންވެސް ބޮޑު ކުރީ އެއާޕޯޓް ހޭންޑްލިންގ ޗާޖް".
މިއާއެކު މޯލްޑިވިއަން އިން ހުރިހާ އެއާޕޯޓަކަށް ކުރާ ދަތުރު ތަކުގެ ޓިކެޓްގެ އަގަށް ވަނީ ބަދަލުތައް އައިސްފައި ވެއެވެ.
"ބޮޑު ވަރަކަށް ބޮޑުކޮށްފައި މި ވަނީ ކޭޑީއެމް، އެއީ ކާޑެއްދޫ، އެއީ ވިލާ އިން އޮޕަރޭޓް ކުރާ ތަން". އޮފިޝަލް ވިދާޅުވިއެވެ.
ކާޑެއްދޫ އެއާޕޯޓަކީ މިހާރު ތަރައްގީގެ ގޮތުން އެންމެ ފެންވަރު ދަށް އެއް އެއާޕޯޓެވެ. އެކަމަކު ފަތުރުވެރިންވެސް ގިނަ އަދަދަކުން ހިދުމަތް ހޯދާ މި އެއާޕޯޓްގެ ފެންވަރު ދަށްވެ، އެތައް ފަހަރަކު ވާހަކަދެކެވިގެން ގޮސްފައި ވެއެވެ.
އަދި އޭގެ އިތުުރުން، މި އެއާޕޯޓަށް ތިނަދޫން ކާޑެއްދޫއަށް ދިއުމަށް ކުރާ ލޯންޗް ދަތުރުގެ އަގުތައް ބޮޑުވެގެން އެތައް ބަޔަކު ޝަކުވާ ކޮށްފައި ވެއެވެ.
އެކަމަކު މިކަމަށްވެސް އަދިވެސް އެދެވޭ ހައްލެއް އައިސްފަައެެއް ނުވެއެވެ.
ވިސްނޭ ގޮތުގައި ތިކަމަކީ ސަރުކާރުން ރައްޔިތުންނާއި ޤާސިމް އާއި ޖައްސާލުމަށް ކުރަމުންދާ މަސައްކަތް، ކުރިންވެސް ނިމުނު އަހަރުގައި ޓިކެޓް އަގުބޮޑުކުރި އެފަހަރު ޤާސިމް ގެ ވާހަކަ ނުދައްކާ، ދެން ވަރަން ސަލާން
އެހެނެއް ނޫން. އެއާ ޤަސަމާއި ކާސިމް ޖެއްސުން
ސާބަސް ވޯޓް ލިބޭނެ!
ހުރިހާކަމެއް އަތްފޯރާފަށަށް އަވަހަށް އެއްމެންއަތްޖަހާ
ގައިމު ވެރިކަމަށް އައިތަނާ ގޮވި އެތެރޭގެ އުދުހުންތަށް ހަރާންވެ އަންތަރީސް ވާވަރަށް އަގު ހެޔޮ ކުރާނަމޭ!
ކިބޫ އިސްތިއުފާ
ބުރުމާ އަށް ކާޑެއްދޫ ދިނީ ސަރުކާރުން. އަގުބޮޑުކުރުމުން އަތުލަން ވީނުން ކާޑެއްދޫ...
އެމްޑީޕީ ކުދިންނަށް އޮތީ އަތްޖެހުން...
ކިތަންމެ ބޮޑުވިޔަސް ޚިދުމަތް ބޭނުމީ. ބޮޑުކުރަނީ ދާ ޚަރަދު ހޯދަން.
ކުރާނެ ކަމެށްނެތް ސަރުކާރުގެ މުވައްޒިފުންގެ މުސާރައެއް ކީއްކުރަން އިނާޔަތެއްވެސް ބޮޑުވަނީކީނޫން ހަމަ ހުރިގޮތަކަށްހުރީ! ހަމައެނި ބޮޑުވަނީ މުދަލާ ހިދުމަތުގެއަގު ރައްޔިތުންގެ ދިފާއުގަ ވަކާލަތު ކުރާ ބަޔަކުވެސް ނަމެއްގަ ބޮޑުމުސާރައާއި އިނާޔަތް ނަގާގެން އެބައުޅޭ! ވައްތަރު ވައްތަރުގެ ޓެކްސްތައް ރައްޔިތުންގެ އަތުންނަގާ މިގައުމުގެ ރައްޔިތުން ބިކަވެމަގުމަތިވާހިސާބުގަ! ފެންނަލޮލެއް އިވޭކަންފަތެއްނެތް! ދުނިޔޭގެ ބާޒާރުގަ ތެލުގެ އަގުވެސް 10 ފަހަރު ކުޑަވެއްޖެ އެކަމް މިގައުމުގަ ވަނީހައްތަހާބޮޑު! 1 ފަހަރު ދުނިޔޭގެ ބާޒާރުގަ ތެލުގެ އަގުބޮޑުވިޔަސް ފޫނުބެދޭނެ ވަރުގެ ގެއްލުންތަކާ ކުރިމަތިވަނީއޭކިޔާ އަގަށްބަދަލުގެނޭ. ޑޮލަރުވެސް 17 އަކީ މިހާރު އާންމުރޭޓްކަމަށް ނިންމާލާފި.. މަވެސް މިވަރުން ﷲ އަށް ހަމްދުކޮށް މިނިންމާލީ... ވެރިންގެވެރިކަން ބަލާވެރިކަމަށް ނުވާނެފަދަ ދުވަހެއްދައްކަވާށި
އެހެންތާ ވާނީ އެންމެ ޚިދުމަތް ރަނގަޅު އެއރޕޯޓް ވިއްޔާ.އެތަނުގަ ހިންގާ ކާޑެއްދޫ ކެންޓީނަކީވެސް ވީއައިޕީ ފެންވަރުގެ ތަނެއް.އެތަނަކީ ގުދުރަތު ހޮޓަލަކޭ ތަފާތެއްނެތް.24 ގަޑިއިރު މުވައްޒަފުން މަސައްކަތް ކުރާ ވަކިން އޮންނަ ރަށެއް.ދަންވަރު ގަޑިގަ ހުންނަނީ ކެންޓީނު ބަންދުކޮށްފަ.ފެންފުޅިއެއްވެސް ނުލިބޭ.ކެންޓީނުގެ އެތެރޭގަ އެހުންނަ ވަހަކީ ދުނިޔޭގެ ސެންޓް އުފައްދާ ކުންފުނި ތަކަށްވެސް އަޖުމަ ނުބެލިފަ އޮތް ވަހެއް.ޓާމިނަލްގެ ބެލްޓް ފާސްޓް ކަމުން ބޭރުން އަންނަ ގެސްޓުންވެސް ތިބެނީ އާސޯޚް ވެފަ.ޓާމިނަލް އިމާރާތް ފަރުމާ ކޮށްފަވާ ގޮތުން ދުނިޔޭ ގެ އެންމެ މޮޅެތި ފަރުމާ ކުރުންތެރިންވެސް ތިބެނީ ސޮނި ވެއްޓިފަ.ދުނިޔޭ އެންމެ ލަގުޒަރީ އެއަރޕޯޓްތަކަށްވެސް ގޮން ޖަހާލަ ތަނެއް ކާޑެއްދޫ އެއަރޕޯޓަކީ.އެހެންވީމަ 222 ރުފިޔާ އަކީ ކުޑަ އަދަދެއް ޚިދުމަތަށް ބަލާފަ.
ލޯންޗަށް -/500 ދައްކަން ޖެހޭ މީހަކަށް މިކަން ބަލާނެ ބަޔަކު ވެސް ނެތް
ޅ. މަޑިވަރަށް ފުރަތަމަ ދަތުރުފެށީ 1065 ރުފިޔާއަށް! 4 މަސްފަހުން 1350 ށް! މިހާރު 1700 އަށް! ސާބަސް