ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޓިކެޓް އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

ރޭ ދަންވަރު 12:00 އިން ފެށިގެން ޓިކެޓްގެ އަގުތަކަށް ބަދަލުތަކެއް އައިސްފައިވާކަން ވަނީ ފާހަގަވެފައެވެ.

މީގެ ކުރިން، މީގެ ހަ މަސް ކުރިންވެސް މޯލްޑިވިއަން އިން ވަނީ ޓިކެޓްގެ އަގަށް ބަދަލު ގެނެސްފައެވެ.

މޯލްޑިވިއަން އިން ބުނާގޮތުގައި، މިއަދުން ފެށިގެން ވަނީ ޓިކެޓްގެ އަގަށް ބަދަލު އައިސްފައެވެ.

މޯލްޑިވިއަންގެ މީޑިޔާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ, ޓިކެޓް އަގު ބޮޑުވެފައި ވަނީ އެއާޕޯޓް ހޭންޑްލިންގ ޗާޖެސްތައް ބޮޑު ކުރުމާއި ގުޅިގެން ކަމަށެވެ.

"ކާޑެއްދޫގެ އެއާޕޯޓް ހޭންޑްލިންގ ޗާޖެސް އޭތި ވަރަށް ބޮޑަށް ބޮޑުވެގެން ދިޔަ ޖެނުއަރީން ފަށައިގެން ބޮޑުވެފައި، ދެން 1 މާރިޗްއިން ފެށިގެން ރީޖަނަލް އެއާޕޯޓްސްއިންވެސް ބޮޑު ކުރީ އެއާޕޯޓް ހޭންޑްލިންގ ޗާޖް".

މިއާއެކު މޯލްޑިވިއަން އިން ހުރިހާ އެއާޕޯޓަކަށް ކުރާ ދަތުރު ތަކުގެ ޓިކެޓްގެ އަގަށް ވަނީ ބަދަލުތައް އައިސްފައި ވެއެވެ.

"ބޮޑު ވަރަކަށް ބޮޑުކޮށްފައި މި ވަނީ ކޭޑީއެމް، އެއީ ކާޑެއްދޫ، އެއީ ވިލާ އިން އޮޕަރޭޓް ކުރާ ތަން". އޮފިޝަލް ވިދާޅުވިއެވެ.

މީގެ ކުރިން މޯލްޑިވިއަން އިން ޓިކެޓްގެ އަގު ބޮޑުކޮށްފައި ވަނީ ތެލުގެ އަގަށް އައި ބަދަލާއެކު ފިއުލްސަރޗާޖް ބޮޑު ކުރުމުންނެވެ.

ޓިކެޓަށް އައި ބަދަލަށް ބަލާއިރު 1،582ރ. އަށް މާލެއިން އައްޑޫއަށް ކުރަމުން އައި ދަތުރު ދެން ކުރެވޭނީ 1،687ރ. އަށެވެ. މިގޮތަށް ހުރިހާ މަންޒިލެއްގެވެސް ޓިކެޓްގެ އަގު ވަނީ ބޮޑުވެފައެވެ.

އޭގެ ތެރެއިން ކާޑެއްދޫ އެއާޕޯޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުގެ އަގު ކުރިން 1،471ރ ގައި އުޅުނުއިރު، މިހާރު ވަނީ 1،693ރ. އަށް އަރާފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެވަޑައިގަންނަވާފައިވާ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ޖެނުއަރީ 2019ގައި ޑޮމެސްޓިކް ޓިކެޓުގެ އަގުތަކުން ގައުމީ އެއާލައިން، މޯލްޑިވިއަން އިން %30-25 ހެޔޮކުރި އެވެ. އެގޮތުން އެވްރެޖުކޮށް ދެކޮޅު ޓިކެޓަކުން 835ރ. އަގު ހެޔޮވި އެވެ.

ނަމަވެސް ފަހުން ވަނީ އަގުތައް ކުރިއަށް ވުރެ ވެސް ބޮޑުކޮށްފައެވެ. ސާވިސް ޗާޖަށް ބަދަލު ގެނައުމުގެ ކުރިން ވެސް ފަހަކަށް އައިސް މޯލްޑިވިއަން އިން ޓިކެޓް ގަންނަން ލިބޭވަރު 2018 ވަނަ އަހަރު ޓިކެޓް ގަންނަން ލިބުނު ވަރަށް ވުރެވެސް ބޮޑެވެ.

އަދި މިހާރު ގެނައި ބަދަލުގެ ސަބަބުން އަނެއްކާވެސް އިތުރަށް ޓިކެޓްގެ އަގު މި ވަނީ އެތައް ގުނަޔަކުން ބޮޑުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ކޮމާކޯޅި

    އަގުބޮޑުވެގެން އަނގަޔާ އަތާ ދިމާނުވިޔަސް އޯކޭ އެންނު. ކޯލިޝަން ހޮވެނިކޮށް. ކޯލިޝަން އޮވެގެން ރައްޔިތުންނަށް ލިބުނުކަމެއް ހަރާން

    106
    4
  2. ހުވަދޫ އަލިބެއްޔާ

    ވޯޓު ލިބޭނެ.. ހެހެހެހެ

    65
    7
  3. ސޯލި

    ރޯދަޔަށް ބޮޑުކޮއްލީދޯ.. މި ތަންތަނާ ހަވާލުކޮއްފަ ތިބެނީ ބޮލުރޮދިންހެން ހީވަނީ.

    40
    3
  4. ަިަިަިއިބްރާހިމް

    ރައްޔިތުން ފެލަނީ އިންޑިޔާ ކުންފުނިތައް ޓެކްސް ފްރީ އަހަރެމެން އަމިއްލަ ޤައުމުގައި ޓެކުހުން ސަލާމަތް ނުވެ އަގަޔާއި އަތާ ދިމާނުވެ މިއޮތް ފުޑެނީ މިއޮތީ ޖެހިފައި އޮތް މުސީބާތެއް ދެން

    57
    2
  5. ފާޒް

    ސޯލިހު މިފަހަރު ރިޔާސީ އިންތިޚާބުގަ ވާދަ ނުކުރަން ނިންމީތޯ.؟

    41
  6. ހިޔަޅު

    ބަލަ ކޯލިޝަން ނެހެދިގެންނާއި ކޯލިޝަންހަދާނެ މީހުން ނުވެގެނެއްނުން ތި ހުރިހާ ޕާރޓީއަކުންވެސް ތި ތެޅިނަގަނީ އެކަމަކު ރައްޔިތުން އޮޅުވަންވެގެން ކޮއްމެ މީހަކުވެސް މިކިއަނީ ތިމަންނަމެން ކޯލިޝަން ނަހަދާނަމޭ ކޯލިޝަންއާއި ދެކޮޅޭ، ކޯލިޝަންހެދީމާ ސަރުކާރުގެ ޚަރަދުތައްބޮޑުވަނީއޭ، ހަމަ އެއްމެންވެސް މިކިއަނީ ގުދޯ ގުދޯ އޭ

    27
  7. ޑެސްޕޯ

    މަގޭ ވޯޓުވެސް އަގު ބަދަލު ވެއްޖެ.

    35
    2
  8. އަވަ

    މޯލްޑިވިއަންގެ ސްޓާފު ނައިޓުގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އިޢުލާންކޮށްފައި، އެޖަސްޓުމެންޓު ހަދަން ރައްޔިތުން ފެލާލަނީ.
    މިނޫނީ ރައްޔިތުން ފެލައިގެން ހިންގާ ސަރުކާރެއް ނުދެކެން.
    އިހައްދުވަހު ޖީއެސްޓީ ބޮޑުކުރީ. ޓިކެޓުގެ އަގުވެސް ދެވަނަ ފަހަރަށް ހަމަދުވަސްތެރޭ.

    37
  9. ޑައެލޯގް

    އިބޫވައުދުވީ އެތެރޭގެ އުދުހުންތައް ކުޑަކުރާށެވެ. އެކަމަކު އިބޫގެ އެއްވައުދެއްވެސް އަދާނުވިއެވެ. ސްޓިކާނުޖެހުން، ގެއްލުނުމަރާއި ގޮތްނޭގޭމަރު، ލޯނުނުނެގުން، ސިޔާސީމަގާމު އިތުރުނުކުރުން، ކޯޓްތައްމިނިވަންކުރުން، ސިޔާސީދައުވާނުކުރުން، ޖޫރިމަނާނުކުރުން، އެމްއެމްޕީއާރުސީ ފައިސާހޯދުން، ކޮރަޕްޝަން ޒީރޯޓޮލެރަންސް އެކަމަކު %100 ޓޮލަރެންސްގައި

    30
    • އަޖަލު

      ކުދިންނޭ ދެންވެސް އެކަކު އަނެކަކަށް ބަސްނުބުނެ އަވަހަށް އޮޑިއަކަށް އަރައިގެން ދާން ހިނގާބެލެއު… މާ މަޖާވާނެ ގިނަ ރަށްރަށުގަ ޖަެްސަމުން އުފާކިރަމުން ދާނީ … ބޭބެ މައްސަލައަކީ ހޮޑުލެވޭތީ …
      ޝަކުވާ ކުރާކަށް ޖާގައެއް ނެތެވެ. ވެރިކަމުގެ އެދުމުގައި ވެރިމީހާ ބޮލުގެ ރޮދި ކޮށާލާވަގުތު ކޮންމެ ދެމަފިރިއަކުވެސް އެދެނީ އަހުން ރަށުގަ އެއަރޕޯޓެއް އެޅުމަށެވެ. ވެތިމީހާ އަވަހަށް ވަޢުދު ވަނީއެވެ. ދެ ފައިދާއަކަށް ޓަކައެވެ. ފުރަތަމަ އޮތީ ވޯޓް ޔަގީންވުމުގެ ފައިދާއެވެ. ދެވަނައީ ކުންފުނިން އެއަރޕޯޓް ދެރަދެރަކޮށް ހަދާލާފަ ކެމްޕެއިން ޚަރަދަށް ފައިސާއޮހޭ ހަހޮޅިއަޅާދޭކަމެވެ
      ބަލަގަ ކިލޯމީޓަރަކުން ކިލޯމީޓަރަކުން ރަންވޭ އަޅާ އިރު މަތިންދާބޯޓެއް މިހާ ކާރިކާރިއަށް ވައްޓާލާފަ އަރާ ކޮންމެފަރަކު ފިިއުލް އަންދާލާނެވަރު ވެރިމީހާ އަކަށެއް ނޭނގެއެވެ.
      ޢިއްޒަތްތެރި ވެތިޔާއެވެ. ޖީއެސްޓީ މިބޮޑުކުރީ އަހައްދުވަހު ނޫންތޯއެވެ. ވީމާ ގައުމީ އެއަރލައިނުން ޓިކެޓް އަގުބޮޑު ކޮށްގެން ނިކަމެތިން ފެލާލުމުގެ ބަދަލުގައި ފައިދާއެއް ނުވާނެކަން އެނގިތިބެ ރައްޔިތުންގެ ފަސޭހައަށާއި މަނިކުފާނުގެ ޝަރަފަށް އަޅަމުން ގެންދާ މި އެއަރޕޯޓްތަކަށް ސަރުކާުގެ ބަޖެޓުން ޚަރަދު ކުރައްވާ ގޮތަށް ހަމަޖައްސަވާށެވެ. ރައްޔިތިން އަބަދު ނޭފަތު ފެނުގައި ނުބައިތިއްބާށެވެ. ތިޔަ ޓިކެޓް ބޮޑުތަނުން އަގު ހެޔޮ ކުރައްވާށެވެ. މި ގައުމަކީ ރައްޔިތުން ހިލޭވެސް އުފުލާދެވޭފަދަ މުއްސަނދި ގައުމެކެވެ. މި މުއްސަނދިކަމުގެ ނަފާވެސް ތިޔަލިބުނީ މަނިކުފާނަށް ވީޔާއެވެ.ވީމާ ޓިކެޓް ބޮޑުތަނުން ކުޑިކޮށް އަދި ބޮޑުކުރެއްވި ޖީއެސްޓީ ވެސް ކުޑަކޮށްދެއްވާށެވެ. ރައްޔިތައް ދެއްވާ މިފަދަ ޚިދްމަތަކީ އަސާސީއެއްޗެއް ކަމިގައި ހައްދަވާށެވެ.

  10. ވފދގތ ރ

    ކޮބާ މާޝާﷲ ކިޔާކަހަލަ؟

    11
    1
  11. ސދ

    ކޮބާ ނަހުލާ އަދިވެސް ކުރީ ސަރުކާރުގެ ހަޑި ފިލުވަނީތޯ؟ މިސަރުކާރުން ވައިގެ އުދުހުންތަކުގެ އަގު ޔެޔޮކުރުމަށް ވީ ވައުދު ކޮބާ!

    26
  12. Anonymous

    ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޓިކެޓް އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.
    ރައްޔިތުންގެ ކުންފުނި ރައްޔިތުންގެ ލާބައާއި ފަސޭހައަށް އުފައްދާފައިވާ ކުންފުނި ދުވަހެއް ދުަހަކަށް މިދަނީ ހުއްޓުމެއްނެތި ކުރިއަށް މައްޗަށް. ހަމައެކަނި ޓިކެޓްެ އަގު.
    މިއީ މިފަހަރު ރައްޔިތުންނަށްދިން ރޯދަ ހަދިޔާ.

    26
  13. ރޮދިބެސް

    މި ސަރުކާރު އައުމުގެ ކުރިން ކޫއްޑޫއަށް ދެވޭ 1000 ރުފިޔާއަށް

    24
    • އަވަ

      މި ސަރުކާރު އައުމުގެ ކުރިން ފުވައްމުލަކަށް އައްޑުއަށް ވެސް މާލެއިން ދެވޭ 888 ރުފިޔާއަށް

      10
  14. އހ

    ސޯލިހު ރައްޔިތުންނަށް ދޭ ހަދިޔާތީ ހެޔޮފުޅު ކަމުން

    25
  15. މަބޭ

    ސަރުކާރުން އިންޑިއާ ކުންފުނިތަކަައް ޓެކްސްމާފްކޮއްފަ ރައްޔިތުންނޮޅާކަނީ

    17
  16. ކޮކޮނަޓް

    އާ ވައުދުގައި ބޮޑުވިތަންކޮޅު ކަޑައިދޭނެމޭ ބުނާނެ،،،، އެކަމަށް ހެދި ޖާގައެއްވެސް އެބަ ހީވޭ

  17. އަހްމަދު

    ސޯލިހް ތިކަހަލަކަންތަކާމާބޮޑުއަޅާލުމެއްނުގެންގުޅޭ އެނގޭވިއްޔާ ވޯޓުދުވަސްވަރު ލާރިކޮޅެއްބަހާލީމާ ވޯޓު އޯކޭ ވާނެކަން ދެންކީއްކުރަން އެވަރުންތެޅެންވީ ސޯލިހް ދިވެހިންދަސްކޮށްފި

  18. Anonymous

    މިއޮތީ ޓީކަޓް އަގުހެޔޮވެފަ. ދެންވެސް ކޮނޑުހުޅުން ނެއްޓޭވަރަށް ބާރަށް އަތްޖަހާ މިވެރިން ވެރިކަމަށް އަންނަން ދެއްކި ހުރިހާވާހަކައެް މިދަނީ އެކޮޅުކޮޅުން. ޔާ ﷲ މި ނުބައިނުލަފާ ވެރިންގެ ކިބައިން ސަލާމަތްކުރައްވާށި.

    17
    1
  19. ވަރަށް ދެން

    އަގު ބޮޑުކުރަންޏާ ދޭ ހިދުމަތް ވެސް ރަނގަޅު ކުރޭ. ފާޑެއްގެ އަނބު ޖޫހަކާ އޮރެންޖު ޖޫހެއް ބަހާނެ އޭގަ. މިއޮށް އަވައްޓެރި ބަނގްލަދޭޝް ގައ ވެސް ޑޮމެސްޓިކު ފުލައިޓް ތަކުގަ މާ މީރު ކާއެއްޗެހި ލިބޭ. މޯލްޑިލޭ ހަމަ ސުމެއް ތިއީ. އިސްތިއުފާ ތިތަން ހިންގާ މީހުން. ޗުއްޓީއެއް ގަ ރަށަށް ގޮއްސިޔާ މިތިބެން ޖެހެނީ އަނގަޔާ އަތާ ދިމާ ނުވެފަ

    6
    1
  20. އެއްކަލަ ސޮރު

    އޭ ކޮބާތަ އެއްކަލަ އަގުހެޔޮ ޓިކެޓްގެ ފެއާ، ކޮވިޑާއި އެކު އެގެއްލުނު ގޮތަށް އެއެއް ނުފެނޭ، މަގޮލާ އޭގެ އިންތިޒާރުގަ ރަށު ބަންދުގަ މިހުރީ އެޖެންޑާ 19ގަ ޖެހުނު ގޮތަށް.

  21. ދަރަނި ދަންތުރަ

    ކޮބާ ސޯލިބޭ އަށް ވޯޓުދިން ބޭފުޅުން ކޮނޑުހުޅުން އަތް ވަކިވަންދެން ބާރަށް އަތްޖަހާ ، ތިއޮތީ ބޮޑު ތަނުން ޓިކެޓު އަގު ހެޔޮކޮށް ކޯލިޝަންގެ ވައުދުތަށް ބުޑު ދަށުން ބުރިކޮށްލާފައި ޗޯރު ސޯލިބޭ އިސްތިއުފާ

  22. ދޮންސޮރު

    ކިހާބޮޑު ނުހޮރޮއްޕާނެއް މިޖެހެނީ، ތިނުން ބަޔަކު ނެތީތަ ތިކަން ކޮށްދޭން.. ދެއިރު ދެދަޅައަށް އަގުބޮޑުކުރުން ނޫން ކަމެއްނެތް. ރަގަޅުޚިދުމަތެއް ނުދެވޭތާ ގަޑިޔަކަށް ފުރެނީއެއްނޫން .އިބޫ އިސްތިއުފާ

  23. ދަތްދޮޅި އާދަނު

    ދުނިޔޭގަވެސް އެތެރޭގެ އުދުހުންތަކުގެ އަގު އެންމެބޮޑީ ރާއްޖޭގައި، މިތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް ދައްކަނީ އެވާހަކަ، ޔޫރަޕުން ރާއްޖެއަންނަން ނަގާ ޓިކެޓްގެ އަގާ ސީޕްލޭނުން ރިސޯޓައްދާން ނަގާޓިކެޓާ އެއްވަރު، ލޯކަލް ޓޫރިޒަމް ފުޅާކުރަންވެސްއޮތް އެންމެބޮޑު ގޮންޖެހުމަކީ އެތެރޭގެ އުދުހުންތަކުގެ އަގުބޮޑުވުން، މީ ގަސްތުގައި ސަރުކާރާ ދެތިން މަހުޖަނުން ކުރާކަމެއް

  24. ާދަލޭކް

    /888 ، /999 ،މި އަގު ތަކަށް ޓިކެޓް ލިބެން އޮތް މި ޕްރޮފެސަރުން ވައުދުވީ ތިމެންނަމެންގެ ވެރިކަމެއް ގައި އެތެރޭގެ އުދުހުން ތަކުގެ އަގު ހެޔޮވާނެއޭ . ވިޕުރޮފިސަރުން ނަށް ކުރެވުނު އެއްކްމެއްވެސް ނެއި ދެން އާދެބަލަ ވޯޓް ހޯދަން ނިކަން ރަނގަޅަށް ވޯޓް ލިބޭނެ.

  25. ދަތުރުވެރިޔާ

    ޢެޔޯ އެވަރަކަމެއްދޯ... ކިތަމަ އަގަބޮޑަކެރިޔަސް ދަތުރުކެރާމު..

  26. ބުއްޅަބެ

    އިންޑިޔާ އަށް ދިއުމެކޭ ބެންކޮކް އަށް ދިއުމެކޭ އެއްވަރު މީ ތަންފުކެއް ބޮޑުވަރު ސޯލިބޭ ރަނގަޅުކޮއްލާ

  27. ޙަކީ

    ގާސިމް ރައީސް މީހާ އާ ބައްދަލުކުރި ކަންތައްމީތަ

  28. ރަނާ

    ވޯޓެއްގެ އަގު އޮތީ ރައްޔިތުމީހާ އަތުގަ ،
    ރަނގަޅަށް ވިސްނާ
    މިނޫންގޮތެއް ރައްޔިތުންނަކަށް ނެތް،

  29. ރާގުންޑާ

    މޯލްޑިވިއަން އަށް ނޫނެކޭ ބުނަން ހިތްވަރު ހުރި މީހުން ނުކުންނަން ފެނޭ

  30. ޢަޙްމަދު

    4 އަހަރު ތެރޭ 60 ބިލިއަން ދަރަނިކޮށްފި ޓޯޓަލް 120 ބިލިއަން ދަރަނި، މީ ޤައުމު ހިންގޭވަރު ބައެއްނޫން މިހާރުން މިހާރަށް ބޭރުކުރަންޖެހޭ ބައިންގަނޑެއް، ކޯޓް ތެރެއަށް ވެސް އަތްބާނަނީ މީހުންގެ ހައްޤު ވެސް ފޭރޭ ވަގު ސަރުކާރު.