އެސްޓީއޯއިން ދެ ޓަނުގެ ލުނބޯ ރާއްޖެ ގެނެސް ވިއްކަން ފަށައިފިއެވެ.

އެކަން ހާމަކޮށް އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކޮންމެ ރަމަޟާން މަހަކުވެސް ބާޒާރުގައި އާންމު ކާބޯތަކެތީގެ އަގުތައް އަތްފޯރާ ފަށުގައި ހިފެހެއްޓުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.

އެގޮތުން ބާޒާރުގައި ލުނބޮލުގެ އަގު ހިފެހެއްޓުމަށްޓަކައި އެސްޓިއޯއިން، އިންޑިއާއިން ލުނބޯ އެތެރެކޮށް ބާޒާރުގައި ވިއްކަން ތައްޔާރު ވަމުންދާ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަން ނިންމާފައި ވަނީ 60 ރުފިޔާ އަށެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، އެސްޓީއޯއިން މިހާ ގިނަ އަދަދަކަށް ލުނބޯ ރާއްޖެއަށް ގެނެސްފައި ވަނީ، ބާޒާރުގައި ކިލޯއެއްގެ އަގު 100 ކިލޯ އަށް އަރައިގެން ދިއުމުން ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.

އޮފިޝަލް ފާހަގަކުރުގޮތުގައި، އެސްޓީއޯއިން ދެ ޓަންގެ ލުނބޯ ގެނެސްފައިވާއިރު، އެ ކުންފުނީގެ މާލޭގެ އައުޓްލެޓްތަކުން ލުނބޯ ކިލޯއެއް 60ރ އަށް ވިއްކަމުން ދާނެއެވެ.

އެހެންކަމުން ބާޒާރުގައި ލުނބޯގެ އަގު ކޮންޓްރޯލް ވެގެން ދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެެވެ.

އެސްޓިއޯއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި، ހުސް ނުވެ ރާއްޖެއިން ހެޔޮ އަގެއްގައި ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ. ހާއްސަކޮށް ރޯދަ މަހާއި ދިމާކޮށް، އެންމެ މުހިންމު ތަކެތި ރާއްޖެ އަށް ގެނެސް، އަތްފޯރާ ފަށުގައި ވިއްކަމަށް އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކާށިވެސް އިންޑިޔާއިން ގެނެސް ދީބަލަ