އައްޑޫސިޓީ ހިތަދޫގައި ހުޅުވާފައިވާ "ލިބޭ-02" ސުޕަމާޓުން ވަގުތުން އައިފޯނާއި އަގު ހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ލިބޭގެ އޮފިޝަލަކު ބުނީ، ރަމަޟާން މަހާއި ގުޅުވައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ "ރޯދަ އަމަލާރީ" ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. ޕްރޮމޯޝަންގެ ދަށުން 500 ރުފިޔާގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް އަލަމާރި ހުޅުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނަށް، ތަޅުދަނޑިތަކެއްގެ ތެރެއިން ރަނގަޅު ތަޅުދަނޑި ދިމާކޮށްގެން، އެވަގުތެއްގައި އަލަމާރީގައި ހުންނަ ހުރިހާ ތަކެތި ހިލޭ ލިބިގެންދާނެ ކަމަށް އޮފިޝަލް ބުންޏެވެ.

"500 ރުފިޔާ ކުރާ ކޮންމެ ފަރާތަކަށް އަލަމާރި ހުޅުވުމުގެ ފުރުސަތު ލިބޭނެ. އަލަމާރި ހުޅުވައިގެން އެވަގުތު އަލަމާރީގައި ހުރި އިނާމެއް ލިބޭނެ. ޔަގީން ވަގުތުން ހަމަ ލިބޭނެ" އޮފިޝަލް ބުންޏެވެ.

އޮފިޝަލް ބުނީ، އީދު ދުވަހާއި ހަމައަށް ކުރިއަށް ގެންދާ ރޯދަ އަލަމާރީގައި އެކި ފަހަރު އެކި ތަކެތި ހުންނާނެ ކަމަށެވެ. އެގޮތުން އައިފޯން 14 ޕްރޯ މެކްސް، އެއާޕޯޑް، އެކި ވައްތަރު ސެންޓު އަދި ގޭގައި ބޭނުން ކުރާ އެކި ވައްތަރުގެ އިލެކްޓްރޯކި ސާމާނު ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން ކާބޯތަކެތީގެ އެކި ބާވަތްތައް ވެސް ރޯދަ އަލަމާރީގައި ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ލިބޭ ސުޕަމާޓަކީ އައްޑޫގައި މިވަގުތު ހުޅުވާފައި ތިބި ފިހާރަތަކުގެ ތެރެއިން ރައްޔިތުންނަށް އަށްފޯރާ ފަށެއްގައި ހުރިހާ ސާމާނު ވިއްކަމުން އަންނަ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފިހާރައެކެވެ.

ލިބޭ ސުޕަމާޓުން ވަނީ ރޯދައާއި ގުޅިގެން ބޭނުންވާ ހުރިހާ އެއްޗެއްގެ އިތުރުން ތާޒާ މޭވާ ވެސް އަގުހެޔޮކޮށްފައެވެ.

ލިބޭ ސުޕަމާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.