އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައިވާ "ލިބޭ-02" ސުޕަމާޓުން ލުނބޯ ކިލޯއެއް 60ރ. އިން ވިއްކަން ފަށައިފިއެވެ.

މި އަހަރުގެ ރޯދަ މަސް ފެށުނު ތަނާ ރާއްޖޭގައި ލުނބޯގެ އަގު ވަނީ އުފުލިފައެވެ. މާލޭގައި ރީޓެއިލްކޮށް ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 100-80ރ. އާ ދެމެދުގެ އަގެއްގައެވެ.

މާލޭގެ ލޯކަލް މާރުކޭޓުގައި ލުނބޯގެ އަގުތައް ހުރި ގޮތަށް ބަލާއިރު، ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 100ރ. އިން މަތީގައެވެ. މާރުކޭޓުގައި ކުދި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 70ރ. އާއި 90ރ. އާ ދެމެދުގެ އަގެއްގައެވެ.

ލުނބޯ ލިމުގެ ދަތިކަން ކުރިމަތިވެފާއިރު "ލިބޭ-02" އިން ރާއްޖެއިން ބޭރުން ލުނބޯ ގެނެސްގެން ދަނީ ވިއްކަމުންނެވެ. އެ ފިހާރައިން ބުނި ގޮތުގައި ލުނބޯ ކިލޯއެއް 60ރ. އަށް ލިބޭނެއެވެ.

އޭގެ އިތުރުން ފިހާރާއިން ލެޓިއުސް، ބީޓްރޫޓް، ޓޮމާޓޯ، ޔެލޯ ލެމަން، ޗައިނީސް ކިއުކަމްބާ، ބެލް ޕެޕާ، ލީކްސް، ކާލިޕްލާވާ، އިޖިޕްޓް ގޯވާ، ލަންކާ ގޯވާ، ތައި ގޯވާ، މެންޓްރިން އޮރެންޖް، ޓީޖީސީ މެންގޯ، ކެންޔާ މެންގޯ، ޕެއާސް، ޕެޝަން ފުރުޓް، އެވަކާޑޯ، ރޯ ކަދުރު، ގްރޭޕްސް، އަލަނާސި، ސްޓޯބަރީ އަދި ކިވީ ކަސްޓަރަމުންނަށް ލިބޭނެއެވެ.

އައްޑޫގައި އެންމެ އަގުހެޔޮކޮށް މޭވާ އާއި ތަރުކާރީ ހޯލްސޭލްކޮށް "ލިބޭ-02" އިން ލިބެން ހުންނާނެ ކަމަށް ވެސް އެ ފިހާރައިން ބުނެއެވެ.

އައްޑޫ ލިބޭއިން ވަގުތުން އައިފޯނު ލިބޭ ޕްރޮމޯޝަނެއް

އައްޑޫގައި ހުންނަ "ލިބޭ" ފިހާރަ އިން ވަނީ ރަމަޟާން މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފައެވެ. މި ޕްރޮމޯޝަނަކީ "ރޯދަ އަމަލާރީ" ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަންގެ ދަށުން 500ރ. ގެ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް އަލަމާރި ހުޅުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނަށް، ތަޅުދަނޑިތަކެއްގެ ތެރެއިން ރަނގަޅު ތަޅުދަނޑި ދިމާކޮށްގެން، އެވަގުތެއްގައި އަލަމާރީގައި ހުންނަ ހުރިހާ ތަކެތި ހިލޭ ލިބިގެންދާނެއެވެ.

ލިބޭ ސުޕަމާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.

ލިބޭ ސުޕަމާޓަކީ އައްޑޫގައި މިވަގުތު ހުޅުވާފައި ތިބި ފިހާރަތަކުގެ ތެރެއިން ރައްޔިތުންނަށް އަށްފޯރާ ފަށެއްގައި ހުރިހާ ސާމާނު ވިއްކަމުން އަންނަ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފިހާރައެކެވެ.