ސެންޓާއި ބޮޑި ސްޕްރޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ޕޮއިސް ޕާރފިއުމްސް އިން ދިވެހިންގެ ހިތްތަކާއި ކުޅެނީ، މަޝްހޫރު ބްރޭންޑްތައް ރާއްޖެ ގެނެސް ދިވެހިންނަށް ތަޖުރިބާ ކުރަން ފުރުސަތު ދީގެންނެވެ. އޭގެ ހެއްކަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އެކި ޕްރޮޑަކްޓްތަކުގެ އެންމެ ރަނގަޅު ރޭންޖްތައް އެ ފިހާރައިން ލިބެން ހުރުމެވެ. މީގެ ތެރެއިން މިފަހަރު ލަންޑަންގެ އުފެއްދުމެއްކަމަށްވާ ކޮންފެޓީ ސެންޓް އަދި ބޮޑީ ސްޕްރޭއަށް ބަލައިލަމާ ހިނގާށެވެ.

ކޮންފެޓީ އަކީ ޒުވާން އަންހެނުންގެ މެދުގައި ވަރުގަދަ ބްރޭންޑެކެވެ. ވަރަށް ތަފާތު މީރު ވަހެއް ހުންނަ މި ބްރޭންޑްގެ ބޮޑީ ސްޕްރޭ ޖަހައިލުމުން ގިނަ އިރަށް ވަސް ހުންނާނެއެވެ. އަދި މިއީ ހެދުމަށާއި، ގަޔަށްވެސް ޖަހާލެވޭނެ ވަރުގެ ބޮޑި ސްޕްރޭއަކަށް ވާއިރު، މިއީ ވަރަށް "ރީފްރެޝިންގ" ވަސްތަކެއް އެކުލެވިގެންވާ ބްރޭންޑެއްކަންވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން ކޮންމެ ވަހެއްގައި ވެސް ހިމެނެނީ ނިމުމެއް ނެތް އުފާވެރި ކަމެވެ. ސަބަބެއް ނެތިއެެއް ނޫނެވެ.

ކޮންފެޓީ އަންހެން ކަނބަލުންނަށް އެންމެ ކަމުދާ އެއް ސަބަބަކީ އަންހެން ވަންތަ ވަސްތަކެއް އެކުލެވިގެންވާ ބްރޭންޑަކަށް ވާތީއެވެ.

ގިނަ އަންހެނުން ބުނާގޮތުން ނަމަ އެ މީހުން ޝައުގުވެރިވާ ވަސްތަކުގެ ތެރޭގައި ލުނބޯ، ލައިމް، ގްރޭޕްފްރޫޓް، އޮރެންޖް، އަދި ޓެންޖަރީން ފަދަ މޭވާތަކުގެ ވަސްތައް ހިމެނެއެވެ.

މިއާއެކު ކޮންމެ އަންހެނެއްގެ ޚާއްޞަ ފަރުދީ ވަންތަކަމުން "އިންސްޕަޔަރ" ވެގެން ކޮންފެޓީއިން ހުށަހަޅަނީ ކޮންމެ ވަގުތެެއްގައިވެސް ތިބާ ހިތް ދަމައިގަންނަ ވަސްތަކެކެވެ.

އެގޮތުން ބްލެކް ކަރަންޓާއި މެންޑަރިންގެ ލިމިޓެޑް އެޑިޝަން ނޯޓްތައް އެއްކޮށްލައިގެން އިރުގެ އަލިން ބޮސްދިން މި ވަހަށް އެކްޒޮޓިކް ޓްވިސްޓެއް ކޮންފެޓީ ބްރޭންޑްގެ ބޮޑީ ސްޕްރޭގެ އެކި ވައްތަރުތަކުން ގެނެސް ދެއެވެ.

ކޮންފެޓީ ސެންޓް ތައްޔާރު ކޮށްފައި ވަނީ ތާޒާ ފިނިފެންމަލާއި ވައިލެޓުން ހަދާފައިވާ، އަދި އޭގެ ތެރޭގައި ހިތި ފެހިކަމެއް އެކުލެވިގެންވާ އެއްޗެއްގެ ގޮތުގައެވެ.

މީގެ އިތުރުން ޕޮއިސް ޕާރފިއުމްސް އިން ކޮންފެޓީ ބްރޭންޑްގެ ބޮޑީ މިސްޓާއި ރޯލޯންވެސް ލިބެން ހުންނާނެއެވެ.

ކޮންފެޓީގެ ސެންޓް އަދި ބޮޑީ ސްޕްރޭ ޕޮއިސް ޕާރފިއުމްސް އިން ލިބެން ހުންނައިރު، މިއީ ރާއްޖޭގެ އަންހެން ކަނބަލުން މެދުގައި މަޤްބޫލުކަމަށް ބަދަލެއް ނައިސް 4 އަހަރު ދުވަސް ވެފައިވާ މަޤްބޫލު ބްރޭންޑެއްކަންވެސް ފާހަގަކޮށްލެވެއެވެ.