މާލެ ސަރައްދުގައި އެންމެ ގިނަބަޔަކަށް ކަމުދާ ބްރޭންޑްތަކުގެ ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސްގެ ގިނަ ސާމާނުތައް ވިއްކަމުން އަންނަ ޕޮއިސް ޕާރފިއުމްސް އިން ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފިއެވެ.

މިއީ ޕޮއިސް އިން ހުޅުމާލޭގައި ހުޅުވި ފުރަތަމަ ފިހާރައެވެ. މާލޭގެ މަޖީދީ މަގުގެ ރައްދެބައި މަގު ކައިރީގައި ޕޮއިސް ޕާރފިއުމްސްގެ ފުރަތަމަ ހިންގަމުންދާއިރު، ހުޅުމާލޭގައި އެ ކުންފުނީގެ ފިހާރައެއް ހުޅުވުމަށް، ހުޅުމާލޭގައި ދިރިއުޅެމުންދާ "ޕޮއިސް"ގެ ކަސްޓަމަރުންނަށް އިތުރު ފަސޭހައަކަށް ވެގެން ދާނެއެވެ.

ޕޮއިސް ޕާރފިއުމްސް އިން ހުޅުމާލޭގައި ހުުޅުވި ފިހާރަ - ފޮޓޯ: ޕޮއިސް

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސްގެ ގިނަ ޕްރޮޑަކްޓްތަކެއް ވިއްކަމުން އަންނަ ޕޮއިސް ޕާރފިއުމްސްއަކީ ބޮޑު ކަސްޓަމަރ ބޭސްއެއް އޮންނަ ކުންފުންޏެކެވެ. ހާއްސަ ގޮތެއްގައި ހޯލް ސޭލްކޮށް، އެތައް ޕްރޮޑަކްޓެއް ވިއްކާތީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ޕޮއިސް މިއީ އާ ނަމެއް ނޫނެވެ.

ޕޮއިސް ޕާރފިއުމްސް އިން ހުޅުމާލޭގައި ހުުޅުވި ފިހާރަ - ފޮޓޯ: ޕޮއިސް

މިގޮތުން ހުޅުމާލޭގައި އެ ކުންފުނިން ހުޅުވި ޝޯވރޫމް އިން ސެންޓާއި ބޮޑީ ސްޕްރޭ ލިބިގެންދާއިރު، ކޮސްޓްމެޓިކްސްގެ ރޭންޖްތައްވެސް ވަރަށް އަވަހަށް މިތަނުން ލިބިގެން ދާނެއެވެ.

ޕޮއިސް ޕާރފިއުމްސް އިން ހުޅުމާލޭގައި ހުުޅުވި ފިހާރަ - ފޮޓޯ: ޕޮއިސް

"އަޅުގަނޑުމެންގެ މައިގަނޑު ޕްރޮޑަކްޓްތައް މިހާރު މިތަނުން ލިބިގެންދާނެ، ކުރިއަށް އޮތްތަނުގައި ކޮސްމެޓިކްސް ރޭންޖް އަދި ސެންޓާއި ބޮޑީ ސްޕްރޭގެ އެކި ޕްރޮޑަކްޓްތައްވެސް އިތުރުވެގެން ދާނެ". ޕޮއިސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ޝޯވ ރޫމް ހުންނާނީ ހުޅުމާލެ ނިރޮޅު މަގު ރުއްގަނޑު 1 ކައިރީ (އައިކެއާ)އާ ޖެހިގެންނެވެ. މި ފިހާރައިން ހޯލް ސޭލް އަދި ރީޓެއިލްކޮސް ޕްރޮޑަކްޓަތައް ލިބެން ހުންނާނެކަން ފާހަގަކޮށްލެވެއެވެ.