ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލިހުގެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު، މި ދެ ނަން ހުށަހެޅުއްވީ މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ގިނަ އަދަދެއްގެ މެމްބަރުންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނާޒިމަކީ 17 ވަނަ މަޖިލިހުގައި މަޖިލިހުގެ ނައިބު ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އެ މަޖިލިހުގައި އޭނާ ވަނީ ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރައްވައިފައެވެ. އަބްދުއްރަހީމް ވަނީ 18 ވަނަ މަޖިލިހުގައި ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރައީސް ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހް އައްޔަން ކުރެއްވުމަށެވެ. އަދި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއުގެ ނަން ހުށަހެޅުއްވިއެވެ.

މީގެއިތުރުން ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ރައީސް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިސްމާއިލާއި މަހިބަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ތޯރިގާއި ހުޅުދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ޝާހިދެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުގައްރިރުގެ ގޮތުގައި ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. މިއަދުގެ ބައްދަލުވުމުގައި މި ހުރިހާ ނަންތަކެއް ވެސް ވަނީ ފާސްވެފައެވެ.

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ސަރުކާރަށް ތާއީދު ކުރާ މާފަންނު އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނާޒިމާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ވެލިދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އައްބާސްގެ ގޮނޑިއާ އެކުގައި ޕީއެންސީން ސުޕާ މެޖޯރިޓީ ވަނީ ހޯދައިފައެވެ.

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ބޭފުޅުން އިންތިހާބު ކާމިޔާބު ކުރެއްވިއިރު، އޭގެ ތެރެއިން އަށް މެމްބަރުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެއާއެކު، ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ އަދަދު 74 އަށް އަރައެވެ. އަދި ނާޒިމާއި ސިޔާމާއި ގާސިމާއި އައްބާސްގެ ގޮނޑިއާ އެކުގައި ޕީއެންސީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ އަދަދު 78 އަށް އަރާނެއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް މި އިންތިހާބުގައި ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑިއެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުން އޮންނާނީ އަންނަ އަންގާރަ ދުވަހު އާ މަޖިލިސް ހުވާކުރުމަށް ބާއްވާ ޖަލްސާގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. މޯދި

    ކަޑަ !

    34
    9
  2. ކޮމެންޓްކުރާމީހާ

    އެކަމު ފިތުނަވެރިން ތިޔަގޮތަކަށް ނޫން ތިޔަ މަޤާމުތައް ކިޔަނީކީއެއް..

    13
  3. ދުންމާރި

    ފެންބޮވައިގެންފައިވާ ކަންކަނ ރޯނު އެދުރަށް ފުރިހަމަވީތާ

    38
    8
  4. ކޮއްކޮ

    ދުނިޔެ ޤިޔާމަތްވާން ގާތްވީމައި މިކަހަލަ ކަންތައްތައް ފެންނާނެ.

    46
    7
  5. ޙުސައިން

    މުއީޒު ހިއްކަން އެޅީތިޔަ ޓިނުއަދުރޭ

    33
    9
  6. ދަތްނެތްކުއްޖާ

    ﷲއަކްބަރ! ކުދިންނޭވެ! ދައްކަވަން ހުރި ތަނެއް ދައްކަވާފައި ނޫނީ ނެގެންދަވާނެކަން ވަނީ އަންގަވާފައެވެ. ޤައުމުގެ ފޭރާމުގައި ހުރި ކޮލިޓީ ކަން މިހިރީ ރައްޔިތުންގެ ލޯމަތީގައި ފެންނަންށެވެ! އެކުވެރި ރައްޓެހިން ބުނާ އަޑު އަހަނމެވެ. ޤައުމު މިހާރު މި އޮތީ ވަކި މީހަކު ހިސޯރު ކޮއްފައެވެ.

    47
    11
  7. ހަންޑިކުޑަ

    މި ޤައުމުގައި ވެރިކަން ކުރަނީ ދެ ފައިންނޯ ވެސް ބުނާ އަޑު ތައް އިވޭ!

    26
    8
  8. އަހްމަދު

    ރަނގަޅު ޓިކެޓުހޯދަދިންމީހާ ބާކީވެގެންނުވާނެ އެކަމު ސުޖާއު ބާކީވީކީއްވެބާ

    17
    6
  9. ސާބަސް

    އަދުރޭ މަޖިލިސް ރައސަކަށް ހޮވިއްޖެނަމަ އެއޮތީ އަނެއްކަމާލާގަނެފަ، ލަދުން އަނެއްކާ ބޯފަޅައިގެންދާނެ، ބޭރުގައުމުތަކުން އަންނަ ވަފްދުތަކާއި ބޮޑެތި ބޭފުޅުންނާއި އޭނާވާހަކަދައްކާނީ ޅެންބަހުރުވައިންތޯ

    42
    7
  10. ސަރަފަކައްދަ

    މި ޤައުމުގެ ކޮންމެ ވެރިއަކަށް އިނގިރޭސި ކޯޗެއްގެ އެހީ މިއޮތީ ބޭނުން ޖެހިފައި. ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފު ކުރާނެ އާ އިޖާދެއް މިވަނީ ކުރަން ފެށިފައި!

    26
    4
    • ސަންފަ

      ޢެކަމަކުވާ އަދުރޭ ޕާރޓީކުދިން މުއިއްޒުގެ ތިޔަބަސް ގަބޫލު ނުކުރާނެ ކަމަށް އުއްމީދު ކުރަން .އަދުރޭ މުއިއްޒުއަށް ޓިކެޓް ދިނީމަ ސްޕެޝަލް އެޑްވައިޒަރ ކަންދީފަ ކުފޫ ހަމަނުވި ޔަސް ދަރިއަށް މިނިސްޓަރ ކަން ދީފަ އެހުރީ މަޖްލިސް ރައީސް ކަން ދީގެން ނުވާނެ. މިހާރުވެސް ކުފޫ ހަމަނުވާ މީހުން މަގާމްތަކަށް ލައިގެން ދެދުވަހުން އެއްދުވަހު މަގާމުން ސަސް ޕެންޑް ކޮށް ވަކި ކުރަން ޖެހެނީ. މުއިއްޒު އެދޭގޮތް އެބުނީ. އެކަމަކު މުއިއްޒު އެދޭހާ ގޮތެއް ހަދާކަށް ނުޖެހޭނެ މަހަތުން ތިޔަ ޕާރޓީގެ މެމްބަރުންގެ ތެޜޭގަ ރައީސްކަމަށް އެންމެ ތަސައްރަފް ނުފުދޭ މީހަކީ އަދުރޭ .ދެން ގޮތް ނުންމާނީ
      މެމްބަރުން. މުއިއްޒު ބުނާހާ ގޮތެއް ހަދާކަށް ނުޖެހޭނެ. ޢަހަރެމެން މުއިއްޒު ވެރިކަމަށް ހޮވީ އަދުރޭ ކަހަލަ މީހުނަށް މަަޖްލިސްގެ ރަައީސްކަން ދޭކަށް ނޫން.

      19
      1
  11. ނަތަންޔާހޫ

    މި ޤައުމުގެ ކޮންމެ ވެރިއަކަށް އިނގިރޭސި ކޯޗެއްގެ އެހީ މިއޮތީ ބޭނުން ޖެހިފައި. ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފު ކުރާނެ އާ އިޖާދެއް މިވަނީ ކުރަން ފެށިފައި!

    18
    2
  12. ކަންޏެލި

    ރައީސް މީހާ މިހިރީ ދެ ކޯޗެއްގެ ދޭތެރޭ ތާށިވެފައިބާ!

    21
    2
  13. ބޯހަލާކު

    ޑޮކްޓަރު މީހާގެ އަތުގައި އޮތް ޕީ.އެެޗް.ޑީ އާއި މެދު މިހާރު ރައްޔިތުން ޝައްކުގެ ނަޒަރަކުން ބަލަން ފަށިއިފިޔޯ އެއީ ހަމަ ރަގަލު ޝައްޙަ ޕީ.އެޗް.ޑީ އެއް ތޯވެސް މި ރަށު ތެރޭގައި ކިޔާ އަޑު ތައް އިވޭ!

    22
    12
  14. ކުޑަވާއިނގިލި

    ކުދިންނޭވެ! ކޮންމެހެން ތަޢުލީމު ހާސިލް ކުރުމުގެ ބޭނުމެއް ނެތްކަން މިހިރަ މިހިރަގެން ފެންނަނީއެވެ.

    34
    6
  15. ޙެހެހ

    މާކުރިންވެސް އެނގޭ ޤައުމިއްޔަތޭ ކިޔާގެން އަބްދުއްރަޚީމްވެސް އުޅުއްވީ އަންބޮނޑި ބޮޑުކުރަންކަން ،

    30
    5
  16. ބައިޑަން

    ޤައުމުގެ އިސްކޮއް ތިބޭ މީހުންގެ ފެންވަރަކީ މިހިރީ! ދެން ޤައުމުގެ މުސްތަޤުބަލުގެ ހާލަކީ ކޮބާބާއޭ ހިތައް އަރާ!

    34
    3
  17. Anonymous

    މި ގައުމުގަ ނިމިދިޔަ ފަސްއަހަރު ވެރިކަންކުރީ އަގައިން ބަހެއް ބުނަންވެސް ނުދަންނަ ބޭފުޅެއް ކޮންމެހެން އިނގިރޭސި ބަހަކީ އެއްވެސް ހާލެއްގަ މުހިއްމު ބަހެއްނޫން ދުނިޔޭގެ ކުރިއަރާފަ ހުރި ބޮޑެތި ގައުމުތަކުގެ ވެރިން އިނގިރޭސި ބަހުން ވާހަކަވެސް ނުދައްކާ ދިވެހިންނަށް މާމުހިންމު ވެގެންއުޅޭ ބަހެއް އިނގިރޭސި ބަހަކީ ރާއްޖެއަށް ފަހި ދުވަސްތަކަކަށް އުންމީދު ކުރަން

    17
    17
  18. ޙިޔާލޮ

    ނަމުގެ ކުރިއައް ޓިނު އަދުރޭ އައީ ވައްކަން ކޮއްގެން

    15
    4
  19. ލޮލް

    ގައުމު ހަލާކުކުރަނީ

    15
    1
  20. ބަނޑޭރި

    ރައްޔިތުންގެ ޓެކްސް ފައިސާ ތިޔަ ހަފުސްވީ! ކޮންމެ އިނގިއްޔަކަށް މީހަކު ބޭނުންވާނެ!

    13
    2