މީގެ ހައެއްކަ އަހަރު ކުރީގައިނަމަ، ޔޯގަޓަކީ އާއްމުކޮށް ތުއްތު ކުދިންނަށް ކާންދީ އުޅުނު ކާނާގެ ބާވަތެކެވެ. އަދި އޭރު ރާއްޖޭގެ ބާޒާރުން ފެންނަނީ ވެސް ޔޯގަޓްގެ ދެތިން ވައްތަރެކެވެ. ޒަމާން ބަދަލުވަމުން އައިވަރަކަށް، ސިއްހަތަށް ވިސްނާ މީހުން ގިނަވެއްޖެއެވެ. އެންމެން ވެސް ބޭނުންވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށެވެ. މިގޮތުން ޔޯގަޓްގެ ފައިދާތައް އެނގެން ފެށުމުން އެއަށް އޮތް ޑިމާންޑް ވެސް އިސާހިތަކު ބޮޑުވިއެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންގެ މެދުގައެވެ. ނަތީޖާއަކަށްވީ ކުރިން ނުފެންނަ އެތައް ބްރޭންޑެއްގެ ޔޯގަޓްތައް ރާއްޖޭގެ ބާޒާރުން ފެންނަން ފެށުމެވެ. އަދި މިހާރު ޒުވާނުންނާއި ކުޑަކުދިންގެ ތެރޭގައި އެންމެ މަޝްހޫރުވެފައިވަނީ ޔޯގަޓް ޑްރިންކްތަކެވެ.

ޔޯގަޓް ޑްރިންކްތަކަށް ބަލާލާއިރު 'ކިން' ބްރޭންޑަށް ވަނީ އެންމެންގެ ލޯބި ލިބިފައެވެ. މި ބްރޭންޑްގެ އެކި ފްލޭވަރތައް ހިމެނޭއިރު އެކި މީހުނަށް ކަމުދަނީ އެކި ފްލޭވަރއެވެ. އަނެއްކާވެސް 'ކިން' ބްރޭންޑްގެ އައު ވައްތަރެއް މާކެޓަށް ތަޢާރަފް ވީއެވެ. މި ޔޯގަޓް ޑްރިންކްގެ ނަމަކީ 'ސްލިމް ބެރީސް' އެވެ. 'ކިން' ބްރޭންޑްގެ ޔޯގަޓް ކަމުދާ ފަރާތްތަކަށް މި ވައްތަރު ވެސް ކަމުދާނެކަން ޔަގީނެވެ. އައު ރަހައަކާއެކު މިވައްތަރަކީ 'ލޮވް-ފެޓް' ބުއިމެކެވެ. އެހެންކަމުން، ހާއްސަ ޑައިޓްތަކުގައި އުޅޭ މީހުންނަށް މިއީ އެންމެ އެކަށޭނަ އެއް ޔޯގަޓް ޑްރިންކެވެ.

މިއީ ރަނގަޅު ބެކްޓީރިއާއެއް ކަމުގައިވާ 'ލަކްޓޮބަސިލަސް ބުލްގޭރިކަސް' MB-11 އާއި ފައިބަރގެ މާއްދާތައް ހިމެނޭ ބުއިމެކެވެ. އަދި ތާޒާ މީރު ބެރީސްގެ ރަހަ ހިމެނޭ މިބުއިމަކީ ހިތްހަމަޖެހިލައިގެން ބޮވޭނެ ހަށިގަނޑަށް ފައިދާހުރި ބުއިމެކެވެ. މިބުއިން ކުޑަކުދިންނަށާއި ބޮޑެތިމީހުނަށް ވެސް ކަމުދާނެއެވެ. އަދި ރޭގަނޑު މާ ބަނޑުހައި ވެއްޖެނަމަ، ބަރު ކާނާތަކުގެ ބަދަލުގައި މިފަދަ ޔޯގަޓް ޑްރިންކެއް ބޯލުމުން މީހާގެ ބަނޑުހައިހޫނުކަން ފިލާ ހަށިގަނޑުގައި ހަކަތަ ޖައްސާދޭނެއެވެ. ބައެއް މީހުން ދުވާލު ގަޑީގައި ކުޅި ކާތަކެތި، ނުވަތަ ހަވާދުގެ ބާވަތްތައް ބޭނުންކުރުމުން މޭއަންދާ، ގޭހުގެ އުނދަގޫ ފޯރައެވެ. އަދި ހާއްސަކޮށް ނިދާ ގަޑީގައި މި އުނދަގޫތައް ދިމާވެއެވެ. މިބުއިމަކީ މިފަދަ ކަންތައްތަކުން ވެސް މީހާ ލުއިފަސޭހަކޮށްދޭ މެޔަށް ފިނިކަމެއް ލިބިގެންދާނެ ބުއިމެކެވެ. އަދި ރޯދަ ހިފާ މީހުނަށް ވެސް ހާރުގައި ބޭނުންކޮށްލުމަށް މިބުއިން ވަރަށް ކަމުދާނެއެވެ.

ކިން 'ސްލިމް ބެރީސް' ޔޯގަޓް ޑްރިންކަކީ އިންޑޮނޭޝިއާގެ އުފެއްދުމެކެވެ. ރާއްޖޭގައި މި ބުއިމުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ އެމް.ޔޫ ސްޓޯރެވެ. އަދި އެމް.ޔޫ ސްޓޯރުގެ ފިހާރަތަކުންނާއި އެހެނިހެން މާޓުތަކުން ވެސް މިހާރު މި ބުއިން ލިބިލައްވާނެއެވެ.