މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސްއާ ގުޅުން ހުރި އެތައް ޕްރޮޑަކްޓެއް ވިއްކަމުން އަންނަ ފޮއިސްގެ ޕަރފިއުމްސްއިން ހުޅުމާލެ ރުއްގަނޑު 2 ގައި ހާއްސަ އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

"އޭން އިވްނިންގ ވިތް ޕޮއިސް ޕާރފިއުމްސް" ގެ ނަމުގައި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް މި އިވެންޓް ކުރިއަށްދާއިރު، ފޯރިގަދަ އެތައް ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ.

ޕޮއިސް ޕަރފިއުމްސްއިން ބުނީ، މި ހާއްސަ އިވެންޓްގެ މަގްސަދަކީ ޕޮއިސްގެ ބްރޭންޑްތައް އެއްތަނަކުން ބަލާލުމުގެ ފުރުސަތު ޕޮއިސްގެ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް ހޯދައިދީ ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ.

މި ހަވީރުގައި ޕޮއިސްގެ މައިގަނޑު 14 ބްރޭންޑެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

"އަޅުގަނޑުމެން ހުންނާނެ އެތަނުގައި އެ ބްރޭންޑްތަކަށް ހާއްްސަކޮށް 14 ސްޓޯލް ތައްޔާރުކޮށްފައި. މިހެންވުމުން އެއްތަނަކުން މި ބްރޭންޑްތަކުގެ ސެންޓުތަކުގެ ވަސްބަލާލައި ތަޖުރިބާ ކުރުމުގެ ފުރުސަތު ހަމަ އެންމެންނަށް ލިބިގެން ދާނެ." ޕޮއިސް ޕަރފިއުމްސް ބުންޏެވެ.

މި އިވެންޓްގެ ތެރެއިން ކުޑަކުދިންގެ ހާއްސަ ބްރޭންޑެއް ކަމަށްވާ ކިޑްސް ފެންޓަސީ ބްރޭންޑްގެ ސެންޓާއި ކުޑަކުދިންނާއި ގުޅޭ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އަދި ކުޅިވަރުގައި ބައިވެރިވެ ހަދިޔާ ހޯދުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

މީގެ އިތުުރުން ބޮޑެތި އުމުރު ފުރާތަކަށް ހާއްސަ ސެންޓުވެސް މި ތަނުގެ ސްޓޯލްތަކުން ވަސް ބަލައިލުމުގެ ފުރުސަތު ލިބިގެންދާއިރު، އެ އުމުރު ފުރާތަކަށް ހާއްސަކޮށް ކުޅިވަރުގެ ހަރަކާތްތައް ރޭވިފައި ވާނެއެވެ.

މި ހަރަކާތައް ޒިޔާރަތްކޮށް، ހަރަކާތްތަކުގައި ބައިވެރިވެގެން ޑިސްކައުންޓް ވައުޗަރާޢި ހަދިޔާވެސް ލިބިގެން ދާނެއެވެ.

އަދި ހަރަކާތައް ހާޒިރުވާ 2،000 ފަރާތަކަށް ރަޖިސްޓްރީވެލައިގެން ޕޮއިސްގެ ޑިސްކައުންޓް ކާޑެއް ލިބިގެންދާނެއެވެ.

ޕޮއިސްއަކީ ދިވެހިންނަށް އާ ކުންފުންޏެއް ނޫނެވެ. މިއީ ދިވެހިންނާއި ގުޅޭ އެތައް ބްރޭންެޑެއްގެ ކޮސްމެޓިކްސް ގެނެސް ވިއްކަމުން އަންނަ ދިވެހިންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ.