މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ބޮޑީ ސްޕްރޭ އަދި ކޮސްމެޓިކްސްއާ ގުޅުން ހުރި އެތައް ޕްރޮޑަކްޓެއް ވިއްކަމުން އަންނަ ފޮއިސްގެ ޕަރފިއުމްސްއިން ހުޅުމާލެ ރުއްގަނޑު 2 ގައި ފެށި އިވެންޓަށް ބޮޑު ތަރުހީބެއް ލިބެއްޖެއެވެ.

"އޭން އިވްނިންގ ވިތް ޕޮއިސް ޕާރފިއުމްސް" ގެ ނަމުގައި އިއްޔެ ހަވީރު ފެށި މި އިވެންޓް މިއަދުވެސް އޮންނާނެެއެވެ. އެގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް މި އިވެންޓް އޮންނާނެެއެވެ. އަދި ފޯރިގަދަ އެތައް ހަރަކާތްތަކެއް މިއަަދުވެސް އޮންނާނެއެވެ.

‎އޭން އިވްނިންގ ވިތް ޕޮއިސް ޕާރފިއުމްސް އިވެންޓް ތެރެއިން - ފޮޓޯ: ޕޮއިސް

ޕޮއިސްގެ ބްރޭންޑްތައް އެއްތަނަކުން ބަލާލުމުގެ ފުރުސަތު ޕޮއިސްގެ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށް ހޯދައިދީ ތަޖްރިބާ ކޮށްލުމުގެ ފުރުސަތު ހޯދައި ދިނުމަށް ފެށި މި އިވެންޓްގައި މަޖާ ގޭމްތައްވެސް ކުރިއަށް ދިޔައިރު، މިއަދުވެސް މި ހަރަކާތްތައް އޮންނާނެއެވެ.

"އިއްޔެގެ އިވެންޓަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ، ކުޑަކުދިންނާއި ބޮޑެތި މީހުންވެސް މިތަނަށް އައިސް ހަރަކާތްތަކުގައި ބައިވެރިވިކަން ފާހަގަކޮށްލަން، އަދި ގޭމްތަކުގައިވެސް ބައިވެރިވެފައިވޭ".

‎އޭން އިވްނިންގ ވިތް ޕޮއިސް ޕާރފިއުމްސް އިވެންޓް ތެރެއިން - ފޮޓޯ: ޕޮއިސް

އެގޮތުން ޓާގެޓް އެންޑް ވިން، ހޫޕް، ބޯލް ޓާގެޓިންގ ޓު ހޯލްސް، ގެސިންގ ޕާފިއުމް ނޭމްސް (ބޮޑެތި މީހުންނަށް) މިފަދަ އެތައް ގޭމެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

‎އޭން އިވްނިންގ ވިތް ޕޮއިސް ޕާރފިއުމްސް އިވެންޓް ތެރެއިން - ފޮޓޯ: ޕޮއިސް

އަދި ޕޮއިސްގެ މައިގަނޑު 14 ބްރޭންޑެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ލިބިގެން ދާނެއެވެ. އެގޮތުން މި ބްރޭންޑްތަކަށް ހާއްސަކޮށް ސްޓޯލްތައް ބަހައްޓާފައިވާއިރު، މި ބްރޭންޑްތަކުގެ ސެންޓުތަކުގެ ވަސްބަލާލައި ތަޖުރިބާ ކުރުމުގެ ފުރުސަތު ހަމަ އެންމެންނަށް ލިބިގެން ދާނެއެވެ.

‎އޭން އިވްނިންގ ވިތް ޕޮއިސް ޕާރފިއުމްސް އިވެންޓް ތެރެއިން - ފޮޓޯ: ޕޮއިސް

މި ހަރަކާތައް ޒިޔާރަތްކޮށް، ހަރަކާތްތަކުގައި ބައިވެރިވެގެން ޑިސްކައުންޓް ވައުޗަރާޢި ހަދިޔާވެސް ލިބިގެން ދާނެއެވެ.

އަދި ހަރަކާތައް ހާޒިރުވާ 2،000 ފަރާތަކަށް ރަޖިސްޓްރީވެލައިގެން ޕޮއިސްގެ ޑިސްކައުންޓް ކާޑެއް ލިބިގެންދާނެއެވެ.

‎އޭން އިވްނިންގ ވިތް ޕޮއިސް ޕާރފިއުމްސް އިވެންޓް ތެރެއިން - ފޮޓޯ: ޕޮއިސް

ޕޮއިސްއަކީ ދިވެހިންނަށް އާ ކުންފުންޏެއް ނޫނެވެ. މިއީ ދިވެހިންނާއި ގުޅޭ އެތައް ބްރޭންެޑެއްގެ ކޮސްމެޓިކްސް ގެނެސް ވިއްކަމުން އަންނަ ދިވެހިންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏެކެވެ.