އައްޑޫ ލިބޭ އިން ވިޔަފާރިކޮށްގެން ކުކުޅު ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ލިބޭގެ ފިހާރައިގެ އޮފިޝަލަކު މިއަދު ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ މާދަމާ ހަވީރު 4:00 އިން ފެށިގެން އީދު ދުވަހުގެ ރޭ 12:00 އާ ހަމައަށެވެ. މި ޕްރޮމޯޝަންގެ ދަށުން ލިބޭ ފިހާރަ އިން ވިއްކާ ބޯންލެސް ޗިކަން އާއި ޗިކަން ޑްރަމްސްޓިކްގެ އަގު ވަރަށް ބޮޑަށް ހެޔޮ ވާނެއެވެ.

ލިބޭ" އިން ވިއްކާ މޭވާގެ ބައެއް ތަފްސީލް "ލިބޭ" އައްޑޫ ފިހާރައިގެ ވައިބާ ގްރޫޕް ލިންކް އިން ފެނިގެންދާނެއެވެ. އައްޑޫ ލިބޭގައި އާންމުންގެ މެދުގައި އެންމެ މަގުބޫލު އެކައްޗަކީ އެ ތަނުން ވިއްކަމުން އަންނަ ތާޒީ މޭވާ އާއި ތަރުކާރީއެވެ.

މޭވާ އާއި ތަރުކާރީގެ އިތުރުން އެހެނިހެންވެސް ކާބޯތަކެތީގެ އެކި ބާވަތްތަކާއި، އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަފާތު އެކި ބާވަތްތަކުގެ ތަކެތި ވެސް އެފިހާރައިން އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށް ފިހާރައިން ވަނީ ބުނެފައެވެ.

"ލިބޭ" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެއެވެ.

އެ ސުޕަމާޓުން އަންނަނީ ލުއިފަސޭހަކަމާއެކު ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހިތަދޫގައި ޑެލިވަރީގެ ޚިދުމަތްވެސް ދެމުންނެވެ.