އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ޓޫރިޒަމަށް ހާއްސަކޮށްގެން ހިއްކާ ރަށްތަކަށް ކިޔާނެ ނަންތަކެއް ހޯދަން އާންމުކޮށް ހުޅުވައިލަން ކައުންސިލުން ނިންމައިފިއެވެ.
ކަައުންސިލުން އާންމުކުރި ވީޑިއޯއެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ޓޫރިޒަމަށް ހާއްސަކޮށްގެން ހިއްކާ ރަށްތަކުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް އެއްކޮށް ނިމުމަކާއި ހަމައަށް އައިސްފައިވާ ކަމަށެވެ.
އެހެންވެ މި ހަފުތާގެ ތެރޭގައި އެ ރަށްތަކަށް ކިޔާނެ ނަންތަކެއް ހޯދަން އާންމުންގެ ހިޔާލަށް ހުޅުވައިލާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"މިރަށްރަށަށް އަޅުގަނޑުމެން ކުރިއަށްގެންދާ ވަރަށް މުހިންމު އިދާރީ މަސައްކަތެއް އެބައިން. އެއީ މިރަށްރަށް ވީހާ އަވަހަށް ޓީރިޒަމްގެ މަސައްކަތަށް އިއުލާންކުރުން. އެގޮތުން ރަށްރަށަށް ނަން ދިނުމަށްޓަކައި އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ މިހަފްތާތެރޭގައި ރައްޔިތުންނަށް ހުޅުވާލާނަން.". އަލީ ނިޒާރު ވިދާޅުވިއެވެ.
އެގޮތުން މިހާޜު ތިން ރަށް ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، އައްޑޫ ކައުންސިލުން ނިންމާފައިވަނީ ޓޫރިޒަމަށް ހާއްސަކޮށް ހިއްކާ މި ރަށްތަކަށް ނަން ކިޔާނީ އައްޑޫ ރަމްޒުކޮށްދޭ، އައްޑުއާ ވަރަށް ގުޅޭ ގޮތަށެވެ.
" ކުރިއަށް އޮތް ދެހަފްތާތެރޭގައި މިތަނުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ. އެއާއެކު ދެވަނަ ރަށަށް އަދި ތިންވަނަ ރަށްވެސް ނިންމަން މަސައްކަތްކުރާނެ. ތިންވަނަ ރަށުގެވެސް ވަރަށް ބޮޑުބައި ނިމިފައި އަދި ދެވަނަ ރަށުގެވެސް ވަރަށް ބޮޑުބައި ނިމިފަހުރިކަން އަޅުގަނޑު ފާހަގަކުރަން.". އަލީ ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ކައުންސިލުން ވަނީ އެ ރަށްތައް ޓޫރިޒަމަށް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލަން ނިންމާފައެވެ.
އެގޮތުން މިކަމާ ގުޅުން ހުރި މަސައްކަތްތައް ޕްލޭނިން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ރައީސް އޮފީސް ގުޅިގެން މަސައްކަަތް ކުރަމުންދާ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ކޮންމެ ރަށެއްގެ ފަހަތަށް "ދީޕް" ލީމަ ނަންތައް ފާސްކުރަން ފަސޭހަވާނެ.
ގިރާވަރުފަޅާއި، ގުޅީފަޅު އެއީ މީހުން އާބާދުކުރަން ހިއްކާ ދެރަށްކަމަށްވެފައި އެތަނުގެ ގޯތިތަކުގެ ރަޖިސްޓްރީ ހަދާއިރު އާބާދުވާ މާލޭގެ އަވަށަކަށް ކިޔާނެފަދަ ނަމެއް އެތަންތަނަށް ނުކިޔާ ރަޖިސްޓްރީފަދަ ލިޔެކިޔުން ހަދާކަމީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް.
ކޮންމެވެސް ގިރިއެކޭ ކިޔާބަލަ
ފަހަތަށް ގިރި އަންނަގޮތަށް
ޗޯރު ގިރި
އެހެން އަތޮޅުތަކާ އަޅާކިޔާ ބަލާއިރު އައްޑޫގަ ޓޫރިޒަމް ނުހިގާނެ !!! ސަބަބަކީ އެހެން އަތޮޅުތަކާ އަޅާބަލާއިރު ފީނާނެ ފަރުތަކާ ކަނޑު އޮޅިތަކާ ރާޅާއަޅާނެ ތަން މާބޮޑައްމަދީ!!!!! ކޮއްމެ އިންތިޚާބަކައް ތިހެންކިތައިގެން މީހުންނައް ހުވަފެންދައްކަން ކައުންސިލުން އުޅޭނެ!!! ދޮޅުއަހަރު އުޅެފަ ފައިދާނުވެގެން ފަހަތައް ދަމުންގޮސް ތިންއަހަރުވާއިރު އިންވެސްޓަރ އައިރަށައް ގޮސް ތަނުގަ މަކުނުވާބުރާނީ.
1. ޗޯރުދޫ
2. ވަގުއިބުރޭ
3. އިންޑިއައުޓް
އައްޑޫއަށް ރައޔިތުންނަށް ތިޔަރަށް ދީ ގެދޮރު ބިނާކޮށްލާ އައްޑޫއަކަށް ޓޫރިސްޓުންގެ ސައުގުވެރިކަމެއްނެތް.
މިއުޅެނީ ކިޔާނެ ނަމެއް ނޭންގިގެންތަ؟؟؟ ގައުމު އިންޑިޔާ އަށް ވިއްކާލައިގެނޭ މިއުޅެނީ