ދުނިޔޭގެ ބާޒާރަށް މިއަދު ނެރުނު އެފްސީ 24 ރާއްޖެއަށް ޒުވާނުންނާއި ގުޅޭ އެންމެ ފަހުގެ ޕްރޮޑަކްޓްތައް އަބަދުވެސް ނެރެމުން އަންނަ ބެސްޓް ބައި މޯބައިލުން ވިއްކަން ފަށައިފިއެވެ.

ބެސްޓް ބައި މޯބައިލްއަކީ އަބަދުވެސް އެންމެ ފަހުގެ ޕްރޮޑަކްޓްތައް އެންމެ އަވަހަށް ގެނެސްދޭ ބައެކެވެ.

މިދިޔަ އަހަރު ފީފާ 2023ވެސް އެންމެ އަވަހަށް ރާއްޖޭގެ ބާޒާރަށް ނެރުނު ބަޔަކީ މިއީއެވެ. އެހެން ނަމަވެސް މިރޭ ބެސްޓް ބައި މޯބައިލްއިން ނެރުނު އެފްސީ 24 ވެގެން ދާނީ، ދުނިޔޭގެ ބާޒާރަށް މި ގޭމް ނެރުނުތަނާއެކު ރާއްޖެއަށް އެންމެ ފުރަތަމަ ނެރޭނެ ކުންފުންޏަށެވެ.

އެ ފިހާރައިން އެފްސް 24 މިރެއިން ފެށިގެން ލިބޭނެއެވެ. އަދި މީގެ ކުރިން ޕްރިއޯޑަރު ކުރި ފަރާތްތަކަށް މިއަދުން ފެށިގެން ދޫކުރަމުން ދާނެއެވެ.

ބެސްޓް ބައި މޯބައިލްއަކީ ޕީއެސް 4 އަދި 5 އާ ގުޅުން ހުރި އެންމެ ފަހުގެ އުފެއްދުންތައް ލިބެން ހުންނަ ފިހާރައެކެވެ. އެ ޕްރޮޑަކްޓްތަކާއި ގޭމްތަކާއެކު ބަންޑްލްގެ ގޮތުގައިވެސް މިހާރު އެ ފިހާރައިން ލިބޭނެއެވެ. އެ ބަންޑްލްތަކާއި ގުޅޭ މައުލޫމާތު އެ ފިހާރައިގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ.

އެ ކުންފުނީގެ ތިން ފިހާރައިންވެސް ޕީއެސް 5 އަދި 4އާއި އެއާއި ގުޅުން ހުރި ގޭމްތަކާއި އަދި ޖޮއިސްޓިކްގެ އިތުރުން ގޭމް ކުޅެން ބޭނުންވާ އިތުރު އެސެސަރީސްތައް ލިބެން ހުންނާނެ ކަމަށެވެ.

އަދި އެ ކުންފުނިން ޑެލިިވަރީ ހިދުމަތާއި ކާގޯ ހިދުމަތްދޭއިރު، މާލެ ސަރަހައްދުގެ ކޮންމެ ތަނަކަށާއި، ބޯޓު ފަހަރުތަކަށް ޑެލިވަރީ ހިދުމަތް ދެއެވެ.

ބެސްޓް ބައިގެ މައި ފިހާރަ ހުންނާނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތީގައެވެ. އަދި ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގު އޭޑީކޭ ފާމަސީ ކުރިމަތީގައެވެ. ތިން ވަނަ ފިހާރަ ހުންނާނީ މަޖީދީ މަގު ކުރީގެ އަގޯރާ ކުރިމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު