މުޅިން އައު ދިރާގު 5ޖީ ޓަރބޯ ވައިފައިއާއެކު ހަލުވި ސްޕީޑްގައި އިންޓަނެޓް މިހާރު ތަޖުރިބާކޮށްލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން އަލަށް ތައާރަފްކުރި މި ޕްލަގް-އެންޑް-ޕްލޭ 5ޖީ ޓަރބޯ ވައިފައިއާއެކު ކަސްޓަމަރުންނަށް މިހާރު 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

5ޖީ ޓަރބޯ ވައިފައި ޑިވައިސްއާއެކު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޑޭޓާ ބޭނުންތައް ފުއްދުމަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތަކުގެ އެކި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކޭޖުތައް ހިޔާރުކުރެވޭނެއެވެ. އަދި ޚާއްސަ 5ޖީ ބޫސްޓަރތަށްވެސް ކަސްޓަމަރުންނަށް ނެގޭނެއެވެ. މީގެ އިތުރުން ޓަރބޯ ޕޯސްޓްޕެއިޑް ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރއާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށްކުރިއަށް ގެންދެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އއއއއއއ

    ދެން ރުފިޔާވެސް ހަމަ އެ ސްޕީޑްގައި ދޯ އަރައިގެން ދާނީ