ރާއްޖޭގައި އެޕަލްގެ އޮތޯރައިޒްޑް ރީސެލާ އެލް މޯބައިލްއިން، އެޕަލްގެ އެންމެ ފަހުގެ ފޯން، އައިފޯން 15 ސީރީޒްގެ ފޯންތައް ރާއްޖެއަށް އޮފިޝަލްކޮށް ލޯންޗްކޮށްފިއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އައިފޯން 15 ލޯންޗް ކުރުމަށް ވަރަށް ތަފާތު އިވެންޓެއް އެލް މޯބައިލް އިން ވަނީ ބާއްވަފައެވެ. ރޭ ހުޅުމާލޭގައި 8:00ގައި މި އިވެންޓް ފެށީ ރުއްގަނޑު ސަރަހައްދުންނެވެ. މިގޮތުން މި އިވެންޓް ފަށާފައި ވަނީ ސަގާފީ ބޮޑުބެރާއެކު ހިނގާލުމަކާއިވެސް އެކުގައެވެ. މިގޮތުން މި ސަގާފީ މި ހިނގާލުމާއެކު އައިފޯންތައް ލޯންޗް ކުރުން ކުރިއަށް ގެންގޮސްފައި ވަނީ ސެންޓްރަލް ޕާކުގައެވެ.

އެލް މޯބައިލްއިން ރާއްޖެއަށް އައިފޯން 15 ލޯންޗް ކުރީ ތަފާތު ގޮތަކަށް - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

އެތައް ބަޔަކު ބައިވެރިވި މި އިވެންޓަކީ ރާއްޖޭގައި އެންމެ ތަފާތު ގޮތަކަށް އައިފޯން ލޯންޗް ކުރި ފަހަރުކަން ފާހަގަކޮށްލެއެވެ. އެ ފޯނު ލޯންޗްކޮށްފައި ވަނީ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ ޑައިރެކްޓަރުންނެވެ.

އެލް މޯބައިލްއިން ރާއްޖެއަށް އައިފޯން 15 ލޯންޗް ކުރީ ތަފާތު ގޮތަކަށް - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

އެ ހަރަކާތުގައި އެންމެ ފޯރިގަދައައީ ބިދަބިން ބޮޑުބެރުގެ ހަރަކާތްތަކާއި ކުއަޑްރޯ ފިއުޝަންގެ އިތުރުން ވަން ޝޮޓްގެ ނެށުމުގެ ހަރަކާތްތަކުންނެވެ.

މިއީ އެލް މޯބައިލް އާއި ވަން ޝޮޓް އެންޓަޓައިމެންޓް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

އެ ހަރަކާތް ކުރިއަށްދިޔައިރު، އެލް މޯބައިލްއިން އައިފޯން 15 އަށް ޕްރި އޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ދޫކުރުން ވަނީ ކުރިއަށް ގެންގޮސްފައެެވެ.

އެލް މޯބައިލްއިން ރާއްޖެއަށް އައިފޯން 15 ލޯންޗް ކުރީ ތަފާތު ގޮތަކަށް - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

އަދި ރެއިން ފެށިގެން އެލް މޯބައިލްގެ ހުރިހާ އައުޓްލެޓަކުން އައިފޯން 15 ސީރިސް ލިބެން ހުންނާނެއެވެ.

އަދި މިފަަހަރު ނެރުނު ފޯނު ކުލަތަކުގެ ތެރޭގައި ޕިންކް، ރީނދޫ، ފެހި، ނޫ އަދި ކަޅު ކުލަ ހިމެނެއެވެ.

މިފަހަރުގެ އައިފޯންގައި ވަނީ ކުރިން ވެސް ލަފާކުރި ގޮތަށް ޗާޖިން ޕޯޓް ލައިޓްނިން އިން ޔޫއެސްބީ ސީ އަށް ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅޮލް

    ކްރިނޖް

    15
    0
    • ނުކި

      މިސްޓަރ ކްރިންޖޭ!

    • Anonymous

      ފރ

  2. ދެން

    ލޮލް