މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ފޯނުގެ ވިޔަފާރި ކުރަމުން އަންނަ އެލް މޯބައިލްއިން ގޫގުލް ކުންފުނީގެ އާ ފޯން ގޫގުލް ޕިކްސެލް 8 ވިއްކަން ފަށައިފިއެވެ. މިއީ ވަރުގަދަ ކެމެރާއަކީ ގިނައިރު ޗާޖިންގ ހިފަހައްޓާލަދޭ ވަރަށް ވަރުގަދަ ބެޓެރީއެއް އިންނަ ފޯނެކެވެ.

ގޫގުލް ޕިކްސެލް 8 އަދި ޕިކްސެލް 8 ޕްރޯ އިއުލާނުކޮށްފައިވަނީ އޮކްޓޯބަރު ހަތަރު ވަނަ ދުވަހުގައި ނިއުޔޯކް ސިޓީގައި ބޭއްވި މޭޑް ބައި ގޫގުލް އިވެންޓުގައެވެ. މި ފޯނުތައް ވިއްކަން ފަށާފައިވަނީ 12 އޮކްޓޯބަރުގައެވެ.

5ޖީ ލިބޭ ގޫގުލް ޕިކްސެލް 8 ފޯނަކީ 6.5 އިންޗީގެ ޑިސްޕްލޭއެއް އިންނަ އެންޑްރޮއިޑް 14 އޮޕަރޭޓް ކުރާ ފޯނެކެވެ. މިއީ 50 މެގަޕިކްސަލް ވަރުގަދަ ބެކް ކެމެރާއެއް އިންނަ، 10.5 މެގަޕިކްސަޕް ފްރޮންޓް ކެމެރާއެއް އިންނަ ފޯނެކެވެ.

4575 އެމްއޭއެޗްގެ ބެޓަރީއެއް އިންނަ މި ފޯނަކީ 30 މިނެޓް ތެރޭގައި %50 ޗާޖްކޮށްދޭ ފޯނެކެވެ.

ގޫގުލް ޕިކްސަލްގެ 8ގެ ތިން ކުލައެއް ނެރެފައި ވެއެވެ. އެއީ އޮބްސިޑިއަން، ހެޒެލް އަދި ރޯސްއެވެ.

ގޫގުލް ޕިކްސެލް 8 ޕްރޯގައި އިންނަނީ 6.7 އިންޗީގެ ޑިސްޕްލޭއެކެވެ. އަދި ގޫގުކް ޕިކްސެލް 8 އާ އެއްފަދައިން ހުރިހާ ފީޗާތަކެއް ހިމެނޭއިރު، ކެމެރާ އަދި މާ ވަރުގަދަ ވާނެއެވެ. އަދި މި ފޯނުގައި 5050 އެމްއޭއެޗްގެ ބެޓަރީއެއް އިދެއެވެ.

ގޫގުލް ޕިކްސަލްގެ 8 ޕްރޯގެވެސް ތިން ކުލައެއް ނެރެފައި ވެއެވެ. އެއީ އޮބްސިޑިއަން، ޕޯސްލައިން އަދި ބޭއެވެ.

އެލް މޯބައިލްގެ ފިހާރަތަކުން ގޫގުލް ޕިކްސަލް 8 އަދި 8 ޕްރޯ ވަރަށް ރަނގަަޅު އަގެއްގައި ލިބޭނެއެވެ. އަދި މިހާރު ކުރިއަށްދާ ހާއްސަ އޮފަރއެއްގެ ދަށުން ގޫގުލް ޕިކްސަލް 7 އަދި 7 ޕްރޯ އަގުހެޔޮކޮށް ލިބިގެން ދާނެއެވެ.

އެލް މޯބައިލްއިން ގޫގުލް ޕިކްސަލް 8 ފޯނު ގަންނަން ބޭނުންވާ ފަރާތްތަކުން އިންސްޓަގްރާމް ޕޭޖް ނޫނީ ފޭސްބުޕް ޕޭޖަށް މެސެޖްކޮށްގެން ވެސް އޯޑަރު ކުރެވޭނެއެވެ. އަދި 7774558,7995709,9360000 އަށް ގުޅައިގެންވެސް އޯޑަރު ކުރެވޭނެއެވެ.

އެލް މޯބައިލްއިން މާލެ ސަރަހައްދުގައި ހަ ފިހާރައެއް ހިންގަމުން ދެއެވެ. އެގޮތުން ހުޅުމާލޭގެ ނިރޮޅު މަގުގައި ދެ ފިހާރައެއް ހިންގަމުންދެއެވެ. އެއީ ސިނަމާލެ ބްރިޖާއި ހަލިމަގު (ހައިވޭ) އަށް ދާއިރު އެއް ފިހާރަ އާއި ފޭސްދޭއްގެ ކުޑަ ބްރިޖާއި ދިމާލަށް ދާއިރު ހުންނަ ފިހާރައެވެ. މާލޭގައި ފަސް ފިހާރައެއް މަޖީދީ މަގުގައި ހިންގަމުން ދެއެވެ. އެއީ އެލް މޯބައިލް މާވެޔޮމަގު ކުރިމަތީގައި ހުންނަ ފިހާރަ (ސާވިސް ސެންޓަރާއެކު) އާއި ހީނާމާގެ ޕާކިންގ ކައިރީގައި ހުންނަ އެލް މޯބައިލް6 އާއި ގަލޮޅު ދަނޑު ކައިރީގައިހުންނަ އެލް މޯބައިލް 2ގެ އިތުރުން މާލެ ގްރޭންޑްކައިރީގައި ހުންނަ އެލް މޯބައިލް 5 އެވެ.

ކިޔުންތެރިންގެ ހިޔާލު