އާ އަހަރާ ދިމާކޮށް ބޮޑެތި ޑިސްކައުންޓާއެކު އެސްޓީއޯ އިން އަހަރު ނިންމާ ސޭލް ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހާއްސަ ޕްރޮމޯޝަނެއް ރަސްމީކޮށް ވަނީ ފަށައިފައެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭގެ ހުރިހާ އައުޓްލެޓެއްގައި މިސޭލް ކުރިއަށް ގެންދިޔުމަށް އެސްޓީއޯ އިން ވަނީ ނިންމައިފައެވެ.

އެސްޓީއޯ އަހަރު ނިންމާ ސޭލް -- ވަގުތު އިމޭޖެސް: އަހަމަދު މަމްދޫހް

އެސްޓީއޯ އިން ބުނީ، މި ސޭލްގެ މުއްދަތުގައި ބައެއް މުދަލުން 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށެވެ. އަދި ބަންޑަލް އޮފާތައްވެސް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ އެއްޗަކަށް އިތުރު އެހެން އެއްޗެއް ލިބޭ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން އައިސްއަލަމާރި ގަނެގެން އަވަނެއް ލިބިގެންދާއިރު އެ އަލަމާރިންވެސް ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

އެސްޓީއޯ އަހަރު ނިންމާ ސޭލް -- ވަގުތު އިމޭޖެސް: އަހަމަދު މަމްދޫހް

އެސްޓީއިން ބުނާ ގޮތުގައި މިއީ މި އަހަރު ބޭއްވޭ އެންމެ ބޮޑު ސޭލެވެ. މި ޕްރޮމޯޝަން އިއްޔެ ފެށި ނަމަވެސް ރަސްމީކޮށް ފަށާފައިވަނީ މިއަދުއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ މަހުގެ 15 އާ ހަމައަށެވެ.

މީގެ ތިން ހަފްތާ ކުރިން އެސްޓީއޯ ވެއަރ ހައުސްގެ ސޭލެއްވެސް ވަނީ ކުރިޔަށްގެންގޮސްފައެވެ.

މީގެ ކުރިންވެސް މި އަހަރު ތެރޭގައި އެސްޓީއޯ ވެއާހައުސް ސޭލް ކުރިއަށް ގެންގޮސްފައިވެއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިސާގެ ގޮތުގައި 271 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު