ބޮޑެތި ޑިސްކައުންޓްތަކާއިއެކު މޫމޫގެ އިޔާ އެންޑް ސޭލް ފަށައިފިއެވެ.

ކުޑަކުދިންގެ ހާއްސަ ސާމާނު ވިއްކާ މޫމޫ ފިހާރައިން އެ މީހުންގެ އަހަރީ ސޭލް ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުގައެވެ. ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެ ފިހާރައިގެ މެނޭޖާ ނޫޙް އިބްރާހިމް އަޝްވާގު “ވަގުތަށް” ވިދާޅުވިއެވެ.

މޫމޫގެ އިޔާ އެންޑް ސޭލް

އަޝްވާގު ވިދާޅުވީ އިޔާ އެންޑް ސޭލް ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ފިހާރައަށް ޒިޔާރަތް ކޮށް، ވިޔަފާރިކޮށްގެން ކަމަށެވެ.

މި ސޭލްގެ ތެރެއިން އެ ފިހާރަައިގެ ހުރިހާ ތަކެއްޗަކުން 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަޝްވާގު ވިދާޅުވީ އެ ފިހާރައިން ވިޔަފާރި ކުރުމަށް ފަހު ކޫޕަނެއް ލިބޭނެ ކަމަށާއި އެ ކޫޕަން ފުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގާނެ ކަމަށެވެ. އަދި އެއް ނަސީބުވެރިޔަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށެވެ.

“ވަދެލާފަ ބަލާލަބަ, ހުންނާނެ ވަރަށް ޓޯއީސް، ޢުމްރާއެއްގެ ނަސީބުވެސް ލިބިދާނެ.” އަޝްވާގު ވިދާޅުވިއެވެ.

މޫމޫގެ އިޔާ އެންޑް ސޭލް

ކުޑަކުދިންނަށް ބޭނުންވާ ތަފާތު އުފެއްދުންތަކެއް އެއްތަނަކުން ލިބޭނެ މަގު ފަހިކުރުމުގެ މަގުސަދުގައި ހިންގަމުން އަންނަ “މޫމޫ”ހުންނަނީ ޗާންދަނީ މަގު ރެޑްބީ ކުރިމަތީ އޮންނަ ގުމްރީ ގޯޅިީގައެވެ.

މީގެ ކުރިން އޮންލައިން ފިހާރައެއްގެ ގޮތުގައި ހިންގަމުން އައި “މޫމޫ” ގެ ފިހާރަ ހުޅުވާފައިވަނީ މިދިޔަ އަހަރުގައެވެ. އެ ފިހާރައިން ކުޑަ ކުދިންނަށް ބޭނުންވާ ގިނަ ސާމާނުތައް ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އޮންލައިން ޕޭޖަކުން ފެށި ވިޔަފާރި ފުޅާވެ ފައްކާވެފައި ، ދިވެހި ޒުވާނުންނަށް ރަނގަޅު މެސެޖެއް.