އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތު ރައްޔިތެކެވެ. އޭނާއަށް މަރުހަބާ ކިޔުމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް އަހްމަދު އާއި އެމްއެމްޕީއާރްސީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިގޮތުން އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަކ ބަންޖަމިން ޑަންކަން މޫރޭ އެވެ.

އޭނާއަށް މަރުހަބާ ކިޔުމަށްފަހު ވަޒީރު ފައިސަލް ކުރި އެކްސްއެއްގައި ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް އަނެއްކާވެސް ކާމިޔާބު އަހަރަކަށް ވާނެ ކަމަށް ވައުދުވެފައިވާ ރަނގަޅު ފެށުމެއް ކަމަށެވެ.

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން - ފޮޓޯ:ފަތުރުވެރިކަމާއި ބެހޭ ވުޒާރާ

"މި އަހަރަށް އަމާޒުހިފާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި އިތުރު މާކެޓްތައް ޑައިވާސިފައިކޮށް ބަލާނެ،". އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ރާއްޖެ އަންނާނެ ކަމަށް ޓާގެޓް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ހާސިލްކޮށްފައެވެ. އެެގޮތުން މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.8 މިލިއަން ހުރަސް ކުރިއެވެ.

އަދި އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ވަޒީރު ފައިސަލް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަންޑިކުޑަ

    ބޯ ހަލާކު! ދައްކަވަން ހުރި ތަނެއް ދެއްކެވުމަށް ފަހުގައި ނޫނީ ނުގެންދަވާނެ.

  2. ދޮންފާތުން

    ތީ ދޮގު ފުރަތަމަ ފަތުރުވެރިއަކަށް ވެސް އަދި މިލިއަން ފަތުރު ވެރިއަކަށްވެސް ވަނީ ބަންގުލާދޭޝް މީހުން އެކަމު އެމީހުންވީމަ އެކަން އިއުލާނު ނުކޮށް މަޑުކުރަނީ ޔޫރަޕްމީހަކު އަތުޖެހޭތޯ މީހަގީގަތް

    10
  3. މުންކޮ

    އާން ބައިވަރު ތަކެއް ލިބުނަސް ލިބޭނީ މިމީހުން އަތުން ވިއްޔާ ބަންގްލަދޭޝް މީހާ އަށް ވާގޮތަކީ އޭނައަންނާނީ ގެދޮރު ވިއްކާލާފަ ނުވިތާކަށް ގެންގުޅޭ ގެރިގަނޑު ވެސް ވިއްކާލާފަ އެހެންވީމަ އޭމީހުންނަކީ އެއްވެސް ބައެއްނޫން

  4. ޙދުެޖިއ

    މިނިސްޓަރގެ ބައްދަލުކުރެއްވުމުގެ އޯޑިއީ ލިބިދާނެތޯ ؟

  5. ެމުހަަަަަައިމިން 7746709

    އާން އޭމީހުންނަކީ އެއްވެސް ބައެއްނޫން