ލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ގެ ސީޕްލޭން އެއާ ޓްރެފިކް މޫވްމެންޓްގެ އާ ރިކޯޑެއް ގާއިމުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ވިދާޅުވީ ސީޕްލޭންގެ 649 އެއާ ޓްރެފިކް މޫވްމަންޓް ރިކޯޑު ކުރެވިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަން ފެށުމާއެކު މިއީ އެއްދުވަހެއްގެ ތެރޭ އެންމެ ގިނަ ސީޕްލޭން މޫވްމަންޓު ހެދި ފަހަރެވެ.

މީގެ ކުރިން އެއް ދުވަހުގެ ތެރޭގައި ސީޕްލޭން އެންމެ ގިނަ އެއާ ޓްރެފިކް މޫވްމެންޓް ހަދާފައިވަނީ މިދިޔަ އަހަރެވެ. އެއީ 635 މޫވްމެންޓެވެ.

ވެލާނާ އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފަށާފައި ވަނީ 2022 ވަނަ އަހަރެވެ. ރާއްޖޭގައި ސީޕްލޭން އޮޕަރޭޝަން ކުރިއަށް ގެންދަނީ ތިން ކުންފުންޏަކުންނެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮަޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މޯލްޑިވިއަން އާއި މަންޓާ އެއާއިންނެވެ.

ވެލާނާ އެއާޕޯޓުގެ ސީޕްލޭންގެ އެއާ ޓްރެފިކް މޫވްމެންޓުގެ އާ ރިކޯޑެއް ހެދުމާ ގުޅިގެން އެމްއޭސީއެލް އިން ވަނީ މި ތިން ކުންފުންޏަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު