އިންޑިއާގެ 3،500 ފަތުރުވެރިންނާއެކު ކްރޫޒް ލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ.

މާޔާ މޯލްޑިވްސް އިން ބުނިގޮތުގައި އެމްއެސް ކޯސްޓަރ ސެރެނާ ވަނީ މިއަދު ރާއްޖެ އައިސްފައެވެ. މިއީ ރާއްޖެއަށް މި އަހަރު އައި ފުރަތަމަ ކްރޫޒް ލައިނާއެވެ.

"އަޅުގަނޑުމެންނާއެކު ގާތް ގުޅުމެއް ބާއްވައިގެން މަސައްކަތް ކުރާ ސަރުކާރާއި އެޖެންސީތަކުގެ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑުމެން ބަލައިގަންނަން.". މާޔާ އިން އިން ބުންޏެވެ.

މާޔާގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ ކްރޫޒް ލައިނާ މިއަދު އައިސްފައި ވަނީ އިންޑިއާގެ ކޮޗިންއިން 3،500 އެއްހާ އިންޑިއާ ފަތުރުވެރިންނާއި އެކުގައި ކަަމަށެވެ.

އެއީ އިންޑިއާއިން ޗާޓަރ ކުރި ކްރޫޒްލައިނާއެއްކަން ފާހަގަކުރައްވަމުން އޮފިޝަލް ވިދާޅުވީ، މިއަދު ހެނދުނު އެ ކްރޫޒް ލައިނާ އައިއިރު، މިއަދު އޭތީ ފުރާނެ ކަމަށެެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ގޮތުގައި އެ ކްރޫޒް ލައިނާއިން ރާއްޖެ އައި މީހުން މިއަދު ވަނީ މާލެއަށް އަށްވެސް ޒިޔާރަތްކޮށްފައެވެ.

އިންޑިއާގެ 3،500 އެއްހާ ފަތުރުވެރިން މިއަދު ރާއްޖެ އަށް ޒިޔާރަތް ކުރިއިރު، އިންޑިއާ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލާ މީސް މީޑިއާގައި ކެމްޕެއިނެއް ދަނީ ކުރަމުންނެވެ.

މިގޮތަށް ގޮވަމުން ދަނީ މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމާ ގުޅިގެން މޯދީއަށް ނިސްބަތްކޮށް މަލާމާތްކޮށް ބަދު ބަސް ވިދާޅުވެ ސަރުކާރުގެ ބައެއް ފަރާތްތަކުން ކުރި ޕޯސްޓްތަކާއި ގުޅިގެންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1،47،523 އިންޑިއާ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަވާލާ

    ބަލަ އަކުސޭ ކުމާރު ބުނެފިއެއްނު މަލިކަށްދާށޭ ، ދެން އަވަހަށް މަލިކަށްދޭ

    11
  2. ހަސަންކާރީ

    މި 3500 ވެސް ގުނާނެ ޓުއަރިސްޓޭ ކިޔާފަ. އެކަމަކު އެ އުޅެނީ ކުރޫޒުގަ. ރާއްޖޭގެ ތަނެއް ރެންޓެއް ނުކުރާނެ. ހަމަ އެކަނި ޝޮފިންއާއި ކުރޫޒު ލައިން ފީ ލިބޭނީ. މި ކަހަލަ ބޯ ގިނަވީމަ މި ކިޔަނީ ނަންބާރ 1 މާކެޓޭ!