ދުރާލާ ޓިކެޓް ނަގައިގެން މޯލްޑިވިއަން އިން ޅ. އަތޮޅު މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވާ ޕްރޮމޯޝަނަލް ފެއާއެއް ފަށައިފިއެވެ.

މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް 2022 ވަނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ ޕްރޮމޯޝަނަލް ފެއާގެ ދަށުން މަޑިވަރާއި މާލެ އާއި ދެމެދު އަދި މާލެ އާއި މަޑިވަރާއި ދެމެދު ކުރާ އެއްކޮޅު ދަތުރުގެ އަގަކީ 949ރ. ކަމަށެވެ.

މިފެއާ ލިބިގެން ދާނީ މޯލްޑިވިއަންގެ އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް މި މަހުގެ 20 ގެ ފަހުން ޓިކެޓް ނަގާ ފަރާތްތަކަށް ކަން ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ހިންގަމުންދާ މި އެއާޕޯޓަށް ކުރާ އެއްކޮޅު ދަތުރެއްގެ އަސްލު އަގު އުޅެނީ 1377ރ. ގައެވެ.

މަޑިވަރު އެއާޕޯޓަކީ ޖުމުލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ.

މި އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ. މަޑިވަރުގައި ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، ފްލައިޓް ޕާކު ކުރާނެ ސަރަހައްދެއް ވެސް ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު