އާރޓް އެންޑް ކްރާފްޓަށް ހާއްސަކޮށް މާލޭގައި ހުޅުވި ފިހާރަ "ކްރާފްޓީ ވޯލްޑް" އިން ކުޑަކުދިންނަށް ހާއްސަކޮށް ގަހަނާ ހަދަން ދަސްކޮށްދޭ "ކިޑްސް ޖްވެލަރީ މޭކިންގ" އިތުރު ކްލްާސްތަކެއް ބާއްވަން ނިންމައިފިއެވެ.

މީގެ ކުރިން މިދިޔަ ސްކޫލް ބަންދުގައިވެސް ކްރާފްޓީ ވޯލްޑްއިން މިފަދަ ކްލާސްތަކެއް ބޭއްވިއިރު، ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ފާހަގަަކޮށްލެވެެެއެވެ.

މިއާއެކު މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 10 ދުވަހަށް އިތުުރު ކްލާސްތަކެއް ބާއްވަން ވަނީ ނިންމާފައެވެ. މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ރެޖިސްޓަރ ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، 7486661 އަށް ގުޅައިގެން ރެޖިސްޓަރ ކުރެވޭނެއެވެ.

އުުމުރުން 9 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށް، 10 ދުވަސް ތެރޭގައި ގަހަނާ ހަދަން ދަަސްކޮށްދޭ މި ކޯހުގައި ކީޗެއިން ހަދަން ދަސްކޮށްދިނުމާއި، ފަށާއި ބްރޭސްލެޓާއި، ފައިގައި އަޅާ ފަށާއި އިޔަރ ރިންގް އަދި އޭގެ އިތުރުން އިސްތަށިގަނޑުގައި ބޭނުން ކުރާ ފަށާއި، މާސްކްގައި އަޅުވާ ފަށާއި، އައިނުގައި އަޅުވާ ފަށް ފަދަ ގަހަނާތައް ތައްޔާރު ކުރުން ފަދަ އެތައް ކަމެއް ދަަސްކޮށް ދޭނެއެވެ.

ލަވޭލިއާ.އެމްވީގެ ވެރިޔާއާ ގުޅިގެން ކުރިއަށްގެންދާ މި ކްލާސްތަކުގެ ފީއަކީ 1،000ރ އެވެ.

މީގެ ކުރިންވެސް ކްރާފްޓީ ވޯލްޑްގައި ތަފާތު ކްލާސްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެއްތަނަކުން އާރޓް އެންޑް ކްރާފްޓަށް ހާއްސަ، މަޝްހޫރު ބްރޭންޑްތަކުގެ ޕްރޮޑަކްޓްތައް ލިބެން ހުންނަ ކްރާފްޓީ ވޯލްޑްއަކީ ދެ ފަންގިފިލާއަށް ހުންނަ އާރޓް ސްޓޫޑިއަކާއެކު ހިންގަމުންދާ ފިހާރައެކެވެ.

މި ފިހާރައަކީ ދިވެހި އާރޓިސްޓުންނަށް ކަމުދާ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތަކާއި ސްކޫލް ކުދިންނަށާއި، އޮފީސް ތަކަށް ހާއްސަ ސްޓޭޝަނަރީސްގެ އިތުރުން ޑީއައިވައި އުފެއްދުންތަކަށް ހާއްސަ ކޮށްގެން ހުޅުވި ފިހާރައެކެވެ.

ކިޔުންތެރިންގެ ހިޔާލު