ރީޖަނަލް އެއަރޕޯޓްސް ކޮމްޕްނީ ލިމިޓެޑް (އާރްއޭސީއެލް)އަށް ތިން އަހަރު ފުރުން ފާހަގަކޮށްފިއެވެ.

މި ކުންފުންޏަކީ 2021 ވަނަ އަހަރު އުފެދުނު ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ކުންފުނި އުފައްދުމުގެ އެންމެ މައިގަނޑު އެއް މަޤްސަދަކީ ސަރުކާރުން ހިންގާ އެއަރޕޯޓުތަކުން ރައްޔިތުންނަށް ދެވޭ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމާއި، އެއަރޕޯޓުތަށް ހިންގުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ދަށްކުރުން ހިމެނެއެވެ. އަދި އޭގެ އިތުރުން، ސަރުކާރުން ތަރައްޤީކުރާ އެންމެހައި އެއަރޕޯޓްތައް ހިންގައި ބެލެހެއްޓުމާއި، އިތުރަށް ތަރައްގީކުރުމަށް އުފެއްދި ކުންފުންޏެއްކަން ފާހަގަކުރެވެއެވެ.

މި ކުންފުންޏަށް 3 އަހަރު ފުރިގެން ދިޔައިރު ގިނަ ކާމިޔާބީތައް ހާސިލްކުރެވިފައިވާ ކަމަށް އެކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އެގޮތުން އެކުންފުންޏަކީ މިއަދު ރާއްޖޭގައި ޑޮމެސްޓިކް 6 އެއާޕޯޓް (ހޯރަފުށީ އެއާޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، ފޮނަދޫ އެއަރޕޯޓް، މާވަރުލު އެއަރޕޯޓް، ފަރެސްމާތޮޑާ އެއަރޕޯޓް އަދި ފުވައްމުލަކު އެއާޕޯޓް)ގެ އިތުރުން އިންޓަނޭޝަނަލް އެއަރޕޯޓް (ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް،) އޮޕަރޭޓްކުރަމުން އަންނަ ކުންފުންޏެކެވެ.

އާރުއޭސީއެލްއަށް 3 އަހަރު ފުރުން ފާހަގަކުރުން

މިކުންފުނީގައި މަސައްކަތްކުރަނީ ދިވެހި މުވައްޒަފުން އެކަނި ކަން ފާހަގަކޮށްލެވެއެވެ.

އާރުއޭސީއެލްއަށް ފާއިތުވީ 3 އަހަރު ހާސިލް ކުރެވުނު ކާމިޔާބީތަކަކީ:

  • ސިވިލްއޭވިއޭޝަންގެ މިންގަނޑުތަކަށް ހުރިހާ އެއަރޕޯޓުތަކެއް ފައްތާ ސެޓްފިކެޓްތައް އާ ކުރުން.
  • އެއަރޕޯޓުތަކުގަ ބޭނުންކުރާ އެކްސްރޭ މެޝިންތަކުގެ މެއިންޓަނަންސް ރަގަޅުކޮށް ޑައުންޓައިމް ދަށްކުރުމަށްޓަކައި ރެޕިސްކޭން ބްރޭންޑް އޮތޮރައިޒޭޝަން ޕާޓްނަރ ކަންހޯދާ އެއަރޕޯޓުތަކުގަ މައްސަލަޖެހިފައިވާ މެޝިންތައް ބަދަލުކުރުން.
  • ސެކިއުރިޓީ މެޝިންތައް ބެލެހެއްޓުމަށްޓަކައި މުވައްޒަފުން ބޭރަށްފޮނުވައިގެން ތަމްރީނުކުރުން. ސިވިލްއޭވިއޭޝަންއިން ޤަބޫލުކުރާ ފެންވަރުގެ 14 ޓްރެއިނަރުން ތައްޔާރުކުރުން.
  • ކުންފުނީގެ ބެލެހެއްޓުމުގެ ދަޝުން ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުން.
  • ހަނިމާދޫ އިންޓްނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ބިއަ މަޝްރޫޢު ފަށާ ބަލަހައްޓަމުން ގެންދިއުން.
  • ރާއްޖޭގެ ފުރަތަމަ ފަޔަރ ސިމިއުލޭޓަރ ހޯރަފުށީ އެއަރޕޯޓުގައި ގާއިމްކުރުން.
  • ކުޅުދުއްފުށި އެއަރޕޯޓުގެ ރަންވޭ ލައިޓްސް ގާއިމްކޮށް ރޭގަނޑު ފްލައިޓް އޮޕަރޭޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި 24 ގަނޑިއިރު ޙިދުމަތްދެވޭ އެއަރޕޯޓަކަށް ވުން.
  • ހޯރަފުށި އެއަރޕޯޓުގައި ރަންވޭ ލައިޓްސް ގާއިމްކޮށް ޓެސްޓިންގް ފޭސްއާއި ހަމައަށް ދިޔުން.
  • ކުޅުދުއްފުށި އެއަރޕޯޓްގެ ޕަސެންޖަރ ޓަރމިނަލްގެ ޙިދުމަޓްތައް ފުޅާކުރުމަށްޓަކައި ރައީސްގެ "ހަފްތާ 14 މަގުޗާޓާއި" އެއްގޮތަށް މަސައްކަތްތައްފެށުމަށްޓަކައި ބަޔަކު ހޯދުމަށްޓަކައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އަށް ހުޅުވާލުން.
  • އާރްއޭސީއެލް އާއި ކުޅުދުއްފުށި ކައުންސިލާއެކު ކުޅުދުއްފުށި އެއަރޕޯޓް އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުން.
އާރުއޭސީއެލްއަށް 3 އަހަރު ފުރުން ފާހަގަކުރުން

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުންފުނީގެ ހެޑްއޮފީހުގައި އާއި ރީޖަނަލް އެއަރޕޯޓްސްތަކުގައި ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އެގޮތުން، ހެޑް އޮފީސްގެ ފްލޯތަކާއި އެކުންފުނިން ހިންގާ އެންމެހައި އެއަރޕޯޓްތަކެއް ވަނީ ވަރަށްވެސް ފުރިހަމައަށް ޒީނަތްތެރިކޮށް ހަދާފައެވެ. އަދި ހެޑް އޮފީސް ފްލޯތަކުން ދައްކުވައި ދެނީ އެކުންފުނީގެ މުވައްޒަފުން އެކުންފުންޏަށް އޮތް ލޯޓްބާއި ކުންފުނި އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރަމުންދާ ހީވާގި މަސައްކަތްތަކެވެ.

އެކުންފުނިން ފާހަގަކުރެއްވި ގޮތުގައި، އެކުންފުނިން ހިންގާ އެއަރޕޯޓްތަކަށް ދަތުރުކުރި ފަރާތްތަކަށް ވަނީ ކުރުނބާ ވެދުމަކަށް އަރުވާފައެވެ.

އާރުއޭސީއެލްއަށް 3 އަހަރު ފުރުން ފާހަގަކުރުން

މި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ފާހަގަ ކުރެއްވި ގޮތުގައި، މިކުންފުނި އުފައްދައި ކުންފުންޏާއި އެއަރޕޯޓްތައް ހަވާލުކުރެވުނު އިރު އޮތީ ވަރަށްވެސް ދަށް ހާލަތެއްގައެވެ. އެހެންނަމަވެސް، މިއަދު ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ކުރި ހީވާގި މަސައްކަތްތަކުން ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް މުބީން ފާހަގަކުރެއްވިއެވެ.

އެގޮތުން ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް އެއަރޕޯޓްތައް ފައްތައި، ސެކިއުރިޓީގެ ކަންކަން އިތުރަށް ތަރައްޤީކޮށް، އިންހައުސް ޓްރެއިން ދެވޭ ފެންވަރަށް މީހުން ބިނާކުރެވި އަދި ދަތުރު ކުރާ ފަރާތްތަކަށް ދެވޭ ޙިދުމަތްތައް ވަނީ ފުޅާކުރެވިފައެވެ.

"މިފުރުޞަތުގައި ކުންފުނީގެ ސްޓާފުން ރެޔާ ދުވާލު އަވަދި ކަމެއްނެތި ކުރަމުންދާ މަސައްކަތްތަކަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ސުކުރު އަދާ ކުރަން. އަދި ހަމަ އެއާއެކު، މިކުންފުނި މިއަދާހަމަށް އައުމަށް އަޅުގަނޑުމެންގެ ސްޓޭކް ހޯލްޑާސް ދެއްވާ އެއްބާރުލުމާ އެހީތެރިކަން މިފުރުޞަތުގައި ފާހަގަކޮށް ސުކުރު އަދާކުރަން. މީގެ އިތުރުން، އަޅުގަނޑުމެންގެ ދޮރާސިތަކުން ދަތުރުކުރާ އެންމެހައި ފަރާތްތަކަކީ ހަމަ ގައިމުވެސް މިކުންފުނި ދެމި އޮތުމަށް އެންމެ ބޮޑު އެހީއެއްދޭ އެއްފަރާތް ކަމުން، އަޅުގަނޑުމެންނަށް ކުރާ އިތުބާރާއި ޔަގީންކަމަށް ސުކުރު އަދާކުރަން، އަދި އިރާދަކުރެއްވީޔާ އެއަޕޯޓްތަކުގެ ޙިދުމަތްތައް މިހާރަށް ވުރެއް ފުޅާކޮށް، ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ އެންމެހައި ޙިދުމަތްތަކެއް އަޅުގަނޑުމެންގެ އެއަރޕޯޓްތަކުގައި ޤާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އެންމެހައި ފަރާތްތަކަށް އަރުވަން." މުބީން ވިދާޅުވިއެވެ.

އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝާހިދު ވެސް ވަނީ ކުންފުނީގެ މުވައްޒަފުން ކުރާ ހީވާގި މަސައްކަތުގެ އަގުވަޒަންކޮށް މުވައްޒަފުންނަށް ހިތްވަރު ދެއްވާފައެވެ. އަދި ހުރިހާ މުވައްޒަފުން އެކުގައި ކުންފުނި އެހެން ހަރުފަރަތަކަށް ގެންދިއުމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ވަނީ މުވައްޒަފުންގެ އަރިހުން އެދިލައްވާފައެވެ.

އަހްމަދު މުބީން ކުންފުންޏާއި ހަވާލުވެވަޑައިގެން ފަހުން އިތުރު ކޮމާޝަލީ ވައިބަލް ވާ މަޝްރޫއުތަކަށް އިންވެސްޓްކޮށް 3 އަހަރު ތެރޭ ނިމުމަކަށް ގެނެސް ފައިދާ ނެރޭނެ ކުންފުންޏަކަށް ހެދުމަށް ދަނީ ވަރަށްވެސް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު