މި އަހަރުގެ ދެވަނަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެއެވެ.

މާޔާ މޯލްޑިވްސް އިން ބުނިގޮތުގައި ކްރޫޒް ޝިޕް އެމްއެސް. ލެ ޖަކުއެސް ކާޓާ އިއްޔެ ރޭ 7:30 ހާއިރު މާލެ އަށް ބަނދަަރުކޮށްފައިވާ ކަމަށެވެ. އެއީ ސީޝެލްސްގެ ޕޯޓް ވިކްޓޯރިއާއިން ފުރައިގެން ރާއްޖެ އައި ކްރޫސް ޝިޕެކެވެ.

މާޔާއިން ބުނިގޮތުގައި މާލޭގައި މަޑު ކުރުމަށްފަހު، ދެން މި ކްރޫޒް ޝިޕް ފުރާނީ ބ. އަތޮޅަށެވެ. އޭގެ ފަހުން ގައްލޭ އާއި ސްރީލަންކާގެ ހަމްބޮންޓޯޓާ އާއި ކޮލަމްބޯއަށް ދަތުުރު ކުރާނެއެވެ.

"އަޅުގަނޑުމެންގެ 50 އަހަރަށްވުރެ ގިނަ އަހަރުގެ މި އިންޑަސްޓްރީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި، އަޅުގަނޑުމެންގެ ވަޒީރުންނާއި، ޓުއަރިޒަމް މިނިސްޓްރީއާއި އެހެނިހެން އިދާރާތަކުގެ ޓީމަށް ޝުކުރު ދަންނަވަން.،". މާޔާއިން ބުނެފައި ވެއެވެ.

މާޔާގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، މި ކްރޫޒް ލައިނާގައި ރައްޖެއަށް 1،062 ފަތުރުވެރިންނާއި 750 ކްރޫން އައިސްފައިވާ ކަމަށެވެ. އަދި ފަތުރުވެރިން މިއަދު މާލެ އަރާ ވިޔަފާރި ކުރުމުގައި އާއި ގެސްޓްހައުސްތަކަށް ޒިޔާރަތް ކުރުމުގައި ހަރަކާތްތެރިވަމުންދާ ކަަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ދިވެހި ފުލުހުން ވިދާޅުވިގޮތުގައި މިއަދާއި މަދަމާ އެ ޕެސެންޖާ ލައިންގެ ފަތުރުވެރިން މާލެއަށް އަރާ ފައިބާނެއެވެ. އެހެންކަމުން ރަސްމީ ފާލަން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އަމްޝޭ ކައިރިން ހުއްދަ ހޯދައިގެންތަ އައީ.