ސްޓާޓްއަޕް ގްރިންޑް އެކްސް އިން މިއަހަރުގެ ފުރަތަމަ އިވެންޓް ބާއްވައިފިއެވެ.

ވާޗުއަލް ކޮށް މި އިވެންޓް ބާާއްވާފައިވަނީ ދިރާގާއި ސްޕާކްހަބާއި ގުޅިގެންްނެވެ.

މި އިވެންޓް ހޯސްޓް ކޮށްދެއްވީ ލޮޓީފައިލްސްގެ ޗީފް ޓެކްނިކަލް އޮފިސަރ (ސީޓީއޯ) އަދި ކޯ-ފައުންޑާ، ނަސްރުﷲ އަދުނާން (ނައްޓު) އެވެ. ސެޝަން މޮޑެރޭޓް ކޮށްދެއްވާފައިވަނީ މައިބަމްޕް މީޑިއާގެ ސީއޯއޯ އަދި ކޯ-ފައުންޑާ ދާނިޝް އާތިފް އެވެ.

ލޮޓީފައިލްސް އަކީ ސެން ފްރަންސިސްކޯ އަދި ކުއަލަ ލަމްޕޫރްގެ ޕްލެޓްފޯމްއެކެވެ. މިއީ 2018 ވަނަ އަހަރުން ފެށިގެން އެނިމޭޝަން ޓެސްޓު ކުރުމަށާއި އެކި ކަންކަމުގައި ޑިޒައިނަރުންނާއި، ޑިވެލޮޕަރުން އަދި އިންޖިނިއަރުން ބޭނުން ކުރަމުން އަންނަ ޕްލެޓްފޯމްއެކެވެ. ދާދި ފަހުން ލޮޓީ އެނިމޭޝަން ޕްލެޓްފޯމުން ވަނީ ނުވަ މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައެެވެ.

އެ އިވެންޓްގައި ނައްޓު ވަނީ ވިޔަފާރީގެ ދާއިރާއިން ކުރިޔަށް ދާން ފެށި ގޮތަށް އަލިއަޅުވާލައިފައިވެއެވެ. ވިޔަފާރިއެއްގެ އިސް މީހެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގިރާކުރެއްވި ކޮންމެ ހަރުފަތަކީ އާ ކަންތައްތަކެއް ދަސްވި ކަމެއްގެ ގޮތުގައި ނައްޓު ފާހަގަ ކުރެއްވިއެވެެ. ދިމާވި ކޮންމެ ދަތި ކަމަކާއި، ތަޖުރިބާ ކުރެވުނު ކޮންމެ ކަމަކީ އިތުރު ކަންތައްތަކެއް ދަސްކުރަން ލިބުނު ފުރުސަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެެ. ނައްޓު ވިދާޅުވީ ވިޔަފާރިއަކާއި ހަވާލުވެ، ވިޔަފާރިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާނަަމަ، އަބަދުވެސް މީހާގެ ވިސްނުން ހުންނަން ވާނީ ގޭމަށް ވުރެ ކުރިއަށް ކަމަށެވެ.

"ވިޔަފާރިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، އަތުގައި ހިފާފަ ކާމިޔާބީގެ މަގު ދައްކާކަށް ނާންނާނެ. ބޭނުންވާ އެއްޗެއް ދޭކަށް މީހަކު ނާންނާނެ. ވިޔަފާރީގެ ދާއިރާއަށް ރަނގަޅަށް ނުކުމެ، ކުރަންވީ ކޮން ކަމެއް ކަމާާއި ނުކުރަންވީ ކޮން ކަމެއްކަން ދެނެގަތުމަކީ އެއީ އަމިއްލަ ކަމެއް. ކަމެއް ހާސިލް ކުރުމަށް ވުރެ، އެކަމެއް ހާސިލް ނުވުމުން އެހެން މީހުންނަށް ތުހުމަތު ކުރުމަކީ ފަސޭހަ ކަމެއް. އަމިއްލައަށް ވިސްނާ ބަލަން ޖެހޭނީ ތިމާއަށް ހުރި ރަނގަޅު ކަންތަކާއި ކާމިޔާބީ" ނައްޓު ވިދާޅުވިއެވެ.

ވިޔަފާރި ފެށިއިރު ދިމާވި ކަންތައް ތަކުގެ ސަބަބުން މި ދާއިރާގައި ކުރިޔަށް ދިޔުމަށް މީހާއަށް ގެނެވުނު ބަދަލުތަކުގެ ވާހަކަ ނައްޓު ހިއްސާ ކުރެއްވިއެވެ.

ސްޓާޓްއަޕް ގްރިންޑް އަކީ އެންމެ ބޮޑު އަމިއްލަ ސްޓާޓްއަޕް ކުންފުންޏެވެ. އަދި ވިޔަފާރިވެރިންނަށް ނަމޫނާ ދައްކާ، އުނގައްނައިދޭ، އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިންނާއި ގުޅުވާލަދީ ގުޅުން ބަދަހިކޮށްދޭ ނެޓްވޯކްއެކެވެ.

ޓެކްސްޓާސް ސްޓާޓްއަޕް ވީކެންޑް މޯލްޑިވްސް ފަދަ ޕްރޮގްރާމް ތަކުގައި ދިރާގާއި ސްޕާކްހަބްގެ އެހީތެރިކަން ލިބިގެންދެެއެވެ. ރާއްޖޭގެ ލޯކަލް ސްޓާޓްއަޕް ކަލްޗާ ކުރިއެރުވުމުގެ މަސައްކަތް ދިރާގާއި ސްޕާކްހަބުން ކުރާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު