ކޮވިޑް-19ގެ ޙާލަތުގައި އައިކެއަރގެ ހުރިހާ ޚިދުމަތެއް ވެސް ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ދަތިނުވާނޭ ގޮތަކަށް ފޮރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަން އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެގޮތުން ހޮސްޕިޓަލަށް ގޮސް ފަރުވާހޯދުމަށް ދަތިވާ ފަރާތްތަކަށާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މި ހޮސްޕިޓަލުގެ ފަރުވާ ބޭނުންފުޅުވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު އައިކެއަރ ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ފަރުވާ އޮންލައިންކޮށް ލިބިގަތުމަށް އައިކެއަރގެ އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ޚިޔާރު ކުރެވޭނެ ކަމަށް އައިކެއަރ އިން ވަނީ ބުނެފައެވެ.

"ވޭތުވެދިޔަ އަހަރުން ފެށިގެން އައިކެއަރ ހޮސްޕިޓަލުގެ އެހެނިހެން ޚިދުމަތްތަކާއިއެކު އަޅުގަނޑުމެން މިދަނީ އޮންލައިން ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އައިކެއަރގެ އަމާޒަކީ ކޯވިޑް19 ގެ މި ދަނޑިވަޅުގައިވެސް ކަސްޓަމަރުންނަށް ލޮލުގެ އެކި ފަރުވާ ހޯދުމުގައި ދަތިނުވެ ޑޮކްޓަރަށް ދެއްކުމުގެ ފަސޭހަ މަގު ހަމަޖައްސައިދިނުމެވެ." އައިކެއަރ އިން ބުންޏެވެ.

އައިކެއަރ ހޮސްޕިޓަލް މެދުވެރިކޮށް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށް ހަދަން ޖެހޭގޮތް:

  • އެޕޮއިންޓްމަންޓް ބުކް ކުރެއްވުމަށް 3321026 އަށް ގުޅައިގެން ނުވަތަ 7201026 އަށް ވައިބަރ ކުރުން
  • އޮންލައިންކޮށް ފައިސާ ދެއްކުން
  • ފައިސާ ދެއްކުމުން ކޮންސަލްޓޭޝަން މެމޯއެއް ލިބިވަޑައިގަންނަވާނެ
  • އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ޑޮކްޓަރަށް ދެއްކުން

އައިކެއަރ ހޮސްޕިޓަލުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުން ކުރިއަށްދާނީ ހެނދުނު 9 ން ރޭގަނޑު 9 އަށް ކަމަށް އައިކެއަރ އިން ބުނެފައި ވެއެވެ.

2003 ވަނަ އަހަރު ލޮލުގެ ބަލިތަކާއި ބެހޭ އެކިއެކި ފަރުވާދިނުމަށް އުފެދުނު އައިކެއަރ އަކީ މިއަދު ލޮލުގެ އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ޔަޤީންކަންބޮޑު އެއް ކުންފުންޏެވެ. އަދި މިއީ ލޮލާއިގުޅޭ އެންމެ ފުރިހަމަ ގިނަ ޚިދުމަތް ތައް ރާއްޖޭގައި ފޯރުކޮށްދޭންފެށި ފުރަތަމަ ކުންފުނިވެސް މެއެވެ. އޭގެތެރޭގައި ނަންބަރު އައިނާއި، އެކި ބްރޭންޑްތަކުގެ ކޮލެޓީ އަވިއައިނާއި،
ކޮންޓެކްޓް ލެންސްއާއި، ލޮލާއި ގުޅުންހުރި އެހެނިހެން ޚިދުމަތްތައް އައިކެއަރ އިން ދެމުންގެންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު