މާދަމާ ފަށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާގެ މެޗުތައް ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ބަލާލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ، މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް ކަސްޓަމަރުންނަށް "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫސަރ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން މެޗްތައް ބަލާލެވޭނެ ކަމަށެވެ.

އެގޮތުން ދިރާގު ޓީވީ ކަސްޓަމަރުން ތެރެއިން ބޭސިކް ޕްކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެ ވެސް މެޗްތައް ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީ. އެސް. ޓީ ނުލާ މަހަކު އެންމެ 65 ރުފިޔާއަށް މެޗްތަކުގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެ ވެސް ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ، ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ބަލާލެވޭނެ ކަމަށެވެ.

މީގެ އިތުރުން، ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުންމި ވަނީ ގިނަ އޮފަރ ތަކެއް ތައާރަފުކޮށްފައިއެވެ. އެގޮތުން، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެންވެސް ދިރާގު ޓީވީ ބަލާލެވޭނެއެވެ. އަދި ހަމަ އެހެންމެ، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50% ޑޭޓާ ޖޫން 2021 ގެ ނިޔަލަށް ލިބިގެންދާނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހި ފިލުވުމުގެ ކޮންޓެންޓް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަން ކަމަށެވެ.