ދިރާގުން އެކުންފުނީގެ ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް މިމަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ތައާރަފުކޮށްފިއެވެ.

މި ބަދަލުތަކާއެކު މިހާރު ބިޒް ފައިބަރ ޚިދުމަތުން ކުރިއަށްވުރެ ގިނަ ކަންތައްތައް ކަސްޓަމަރުންނަށް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެގޮތުން މި ގެނެވުނު ބަދަލާއިއެކު އިތުރު ހަރަދަކާ ނުލާ 40 އިންސައްތަ އާއި 150 އިންސައްތައާއި ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އަދި ބައެއް ކަސްޓަމަރުންނަށް 100 އިންސައްތައާއި ހަމައަށް އިތުރު ސްޕީޑް ވެސް ލިބިގެންދާނެއެވެ.

ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުން ޕެކޭޖަށް އައިސްފައިވާ ބަދަލުތައް ދިރާގު ވެބްސައިޓުގައިވާ "ޕެކޭޖް ޗެކަރ" އިން ބައްލަވާލެވޭނެއެވެ.

ދިރާގު ބިޒް ފައިބަރ ޚިދުމަތަކީ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެންމެ ރަނގަޅު ސްޕީޑް، އެންމެ ގިނަ އެލަވަންސް އަދި އެ އެލަވަންސަށް ލިބޭ އެންމެ ހެޔޮ އަގުގައި ފޯރުކޮށްދޭ އިންޓަނެޓް ޚިދުމަތެވެ. އެގޮތުން ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ އެންމެ ކުދި ވިޔަފާރި ތަކުން ފެށިގެން އެންމެ ބޮޑު ވިޔަފާރިތަކުގެ އިންޓަނެޓް ބޭނުންތަކަށްވެސް އެށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެތަކެކެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 އިންސައްތަ މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޕެކޭޖްތައް ފުރިހަމަކުރަމުން ގެންދިޔުމެވެ.

ކިޔުންތެރިންގެ ހިޔާލު