21:49

ލުބްނާންގެ ކްފަރު ރައުމާނޭގެ އެޕާޓްމަންޓް އިމާރާތަކަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ލުބުނާނުގެ މީޑިއާތަކުން ބުނެފި.

އަދި ޝަހީދުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނޭ.

21:48

ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހުގައި އިސްރާއީލުން މިއަދު ދިން ހަމަލާއެއްގައި އަލްއަގްސާ ހޮސްޕިޓަލުގެ ޑޮކްޓަރަކު ޝަހީދުވެއްޖެ

21:30

އިސްރާއީލުގެ އަސްކަރިއްޔާއާއި އެ ވުޒާރާގެ ސިއްރު ހިދުމަތްތަކުން "ޝައްކުކުރެވޭ މީހުން" ބެތުލެހެމް ކައިރީގައި އޮންނަ ޒަތާރާ އަވަށުގައި ސުވާލުކޮށް ހައްޔަރު ކުރަމުން އަންނަ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނެފި.

21:29

ޣައްޒާ ބޯޑަރާއި 4 ކިލޯމީޓަރާއި 0-2.5 މޭލާ ދެމެދުގެ ރޭންޖުގެ 18 އާބާދީގެ ތެރޭގައި އިސްރާއީލުގެ އާބާދީތަކުގައި ދިރިއުޅޭ މީހުންނަށް ސަލާމަތީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

 

21:28

ޔަމަނުގެ އީރާނަށް ތާއީދުކުރާ ހޫތީން ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ދޭ ހަމަލާތަކުގައި "ސަބްމެރިން ހަތިޔާރު" ތައާރަފްކޮށްފައިވާކަމަށާއި، އެއީ ޣައްޒާ ހަނގުރާމައިގައި ފަލަސްތީނާއި އެއްބައިވަންތަކަމުގެ ގޮތުން ހިންގަމުންދާ ހަމަލާތަކެއްކަމަށް އެގައުމުގެ ލީޑަރު ވިދާޅުވެއްޖެ.

21:25

އިސްރާއީލުގެ އަސްކަރިއްޔާގެ އަމާޒަކީ ޣައްޒާގެ ރައްޔިތުން އަނބުރާ އުތުރުގެ ސަރަހައްދުތަކަށް ފޮނުވާލުން ކަމަށް ނަތަންޔާހޫ ބުނެފި.

21:24

އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގައި އޮންނަ މަރޫން އަލް ރަސް، ކްފަރު ކިލާ އަދި އަލް ޚަޔާމް ސަރަހައްދަށް ދިން ވައިގެ ހަމަލާތަކުގެ މަންޒަރުތައް އާންމުކޮށްފައިވާއިރު، އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ހިޒްބުاللهއަށް ނިސްބަތްވާ އަސްކަރީ އަމާޒުތަކަށާއި އިންފްރާސްޓްރަކްޗާތަކަށް ކަމަށް ބުނެފައިވޭ.

21:23

ޣައްޒާއަށް ދޭ އެހީއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ކަރެމް އަބޫ ސަލީމް ކްރޮސިންގައި ހަމަނުޖެހުންތަކެއް ހިނގައިފި

އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ކަރެމް އަބޫ ސަލީމް ބޯޑަރު ކްރޮސިންގައި ހަމަނުޖެހުންތައް ހިނގަން ފަށާފައި މިވަނީ ޣައްޒާއަށް ވަނުމަށް ހުރަސްކުރަމުން ދިޔަ މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި.

21:22

ޔަމަނުގެ ހޫތީން އިސްރާއީލުގެ ވަކި ވަކި ފަރުދުންނާއި ޖަމާއަތްތަކާއި އިސްރާއީލުގެ ދިދަ ޖަހާފައިވާ އުޅަނދުފަހަރާއި އުޅަނދުތަކަށް ރަތް ކަނޑު، ގަލްފް އޮފް އެޑަން އަދި އަރަބި ކަނޑުން ދަތުރު ކުރުން "މަނާ" ކޮށްފައިވާ ކަމަށް ބުނެފި.

18:18

އިސްރާއީލުން ދީރް އަލް ބަލާއަށް ދިން ހަމަލާތަކާ ގުޅިގެން ޝަހީދުވި މީހުންގެ ހަށިތައް ހޯދަނީ

ފޮޓޯ: އީޕީއޭ
ފޮޓޯ: އީޕީއޭ
ފޮޓޯ: އީޕީއޭ

 

18:16

ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޔޫއެންއާރްޑަބްލިއުއޭ އިމާރާތަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފޖ.

އިސްރާއީލުން އޭރު ހަމަލާ ދެމުން ދިޔައީ ކޭމްޕުގެ އިރުމަތީގައި އޮތް ފަލަސްތީނުގެ ވެހިކަލަކަށް.

18:15

ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ތައިރް ހަރްފާ އާއި ޖިއްބާއިންގެ އިތުރުން ކްފަރު ކިލާ، މަރޫން އަލް ރަސް އަދި ކިޔާމް އަވަށުތަކަށް ހަމަލާ ދީފި.

އިސްރާއީލުން އުމް އަލް ޓުޓާއި ޝެހީނަށް ވެސް އަމާޒުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނޭ.

18:14

އިސްރާއީލުގެ މުނިސިޕަލް ވޯޓު ބޮއިކޮޓް ކުރަން ފަލަސްތީނުގެ ގިނަ ބަޔަކު ނިންމައިފި

18:12

އަޔަލޭންޑުން ނިންމާފައި ވަނީ "ފަލަސްތީނުގެ ބިންތައް ދިގު މުއްދަތަކަށް ހިފަހައްޓައި، ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން އެސަރަހައްދުގައި އެގައުމުން ކުރިއަށް ގެންދާ އާބާދީގެ ހަރަކާތްތަކުގެ ސަބަބުން، އިސްރާއީލުން ވަނީ އާންމު ބައިނަލްއަގްވާމީ ގާނޫނުތަކުގެ ގިނަ މިންގަނޑުތަކާ ބޮޑެތި ހިލާފުތަކެއް ހިންގާފައި" ކަމަށް.

18:11

އިސްރާއީލުގެ މިނިސްޓަރު އާންމުންނަށް އިތުރު ހަތިޔާރު ބަހަން ނިންމައިފި

18:09

އިސްރާއިލާއި މުސްތަގުބަލުގައި މިނިވަން ފަލަސްތީނުގެ ދައުލަތް ސުލްހަވެރިކަމާއި ކަރާމާތުގައި އެކުގައި ދިރިއުޅެމުންދާ ދެ ދައުލަތުގެ ހައްލަކީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް އެންމެ އެކަށީގެންވާ މަގެއް ކަމަށް އެ ގައުމުން ގަބޫލުކުރާ ކަމަށް ޖަޕާނުގެ ޚާރިޖީ ވުޒާރާގެ ލީގަލް އެޑްވައިޒަރެއް ކަމަށްވާ ޓޮމޯހީރޯ މިކާނާގީ އައިސީޖޭން ވިދާޅުވެއްޖެ.

18:08

ފަލަސްތީނުގެ މިލިއަނަކަށްވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދަމުން އަންނަ ރަފާއަށް ހަމަލާދޭން އިސްރާއީލުން އަޒުމް ކަނޑައެޅިނަމަވެސް، އޮފިޝަލުން ސިއްރުން އެކަމަށް ވަކި ސްޓްރެޓެޖީއެއް ނެތްކަން ޤަބޫލުކުރި ނަމަވެސް، އެކަމަށް ނަގާނީ ކިހާ ދުވަހެއް ކަމެއް އަދި އެ ސިޓީގެ ރައްޔިތުން ބަދަލު ކުރާނީ ކޮން ތަނަކަށް ކަމެއް ނޭނގޭކަމަށް ބްލޫމްބާގް ނިއުސްއިން ބުނެ

16:14

ދެކުނު އެފްރިކާއިން ހުށަހެޅި ގަތުލު އާންމުގެ ކޭސްއަށް ފަހު ނެރުނު މާއްދާތައް ފަދަ އިސްރާއީލާ ދެކޮޅަށް މީގެ ކުރިން ނެރުނު ކޯޓު އަމުރުތަކަށް އިހުތިރާމް ކުރުމަށް ދުނިޔޭގެ ކޯޓަށް އިރާގުގެ މަންދޫބު ހެޑާ ޝިޔާ އަލް ބަރަކް ގޮވާލައިފި

16:12

އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ވަނީ ހުޅަނގު އައްސޭރީގެ ހިފާފައިވާ މާލޭ އަދުމިމް އާއި ކައިރި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް އެތައް ހާސް އާ ބަޔަކު އާބާދު ކުރުމުގެ ޕްލޭނަށް ރުހުން ދިނުމަށް އެދިއްޖެ.

16:09

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ބެތުލެހެމްގެ އުތުރު ދޮރާދިމާލަށް އިސްރާއީލް ސިފައިން ކަރުނަގޭސް ޖަހާފައިވާ ކަމަށް އަލްޖަޒީރާއިން ކަށަވަރުކޮށްދީފައިވާ ފުޓޭޖްތަކުން ދައްކައިފި.

15:52

ނިރުބަވެރި އިސްރާއީލުން ދިން ވައިގެ ހަމަލާގައި ސުންނާފަތިވެފައިވާ އިމާރާތެއްގެ ދަށުގައި މީހުން ތިބިތޯ ބެލުމަށް އެތައް ސަތޭކަ ބަޔަކު އެސަރަހައްދު ހޯދަނީ

 

15:16

ފާއިތުވި 24 ގަަޑިއިރު އިސްރާއީލުން ހުޅަނގު އައްސޭރީން 18 މީހަކު ހައްޔަރު ކޮށްފި. ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ.

14:24

ރަފާހުގައި ރޭ ޝަހީދުކޮށްލި މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަނީ

14:23

ފާއިތުވި 24 ގަޑިއިރު ވެސް ނިރުބަވެރި އިސްރާއީލުން ޣައްޒާއިން 97 މީހަކު ޝަހީދު ކޮށްލައި 132 މީހަކަށް އެކިވަރުގެ ޒަހަމްތައް ދީފި.

14:05

އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމުގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 29،410 އަށް އަރައިފި. ޣައްޒާގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު ވެސް ވަނީ 69،465 އަށް އަރާފަ.

13:29

އިސްރާއީލުން ރަފާހަށް ދިން ހަމަލާގައި ލިބުނު ގެއްލުން

13:11

ނިރުބަވެރި އިސްރާއީލުން ރަފާހުގެ އަލް ޝަބޫރާ ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކަށް ވައިގެ ހަމަލާތަކެއް ދީފި.

 

12:17

ރަމަޟާން މަހު އިސްރާއީލުން އަޤްސާ މިސްކިތުގައި އަރަބީންނާއި ދެކޮޅަށް އަޅާ ކޮންމެ ހުރަހެއްގެ ސަބަބުން އިތުރަށް ނުތަނަވަސްކަން އުފެދިގެންދާނެ ކަމަށް އުރުދުންގެ އޮފިޝަލަކު ވިދާޅުވެއްޖެ.

12:12

ހިފާފައިވާ އިރުމަތީ ގުދުސް ކައިރީގައި ދިން ބަޑީގެ ހަމަލާއެއްގައި އިސްރާއީލުގެ ތިން މީހަކު މަރާލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

އިސްރާއީލް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުން ބުނި ގޮތުގައި މަރާލާފައިވާ މީހުންގެ ތެރޭގައި ފުލުހުންގެ އޮފިސަރަކު ވެސް ހިމެނޭ.

12:09

ހުޅަނގު އައްސޭރީގައި ނިރުބަވެރި އިސްރާއީލުން ކުރިއަށް ގެންދިޔަ ރެއިޑުގައި 12 މީހަކު ހައްޔަރުކޮށް، ދެ މީހަކަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފި.

12:08

އަލް-ޝިފާ ހޮސްޕިޓަލުން އިސްރާއީލް ސިފައިން ނިކުތް ނަމަވެސް އެތަނުގެ ހާލަތު އޮތީ އަދިވެސް ގޮސްކޮށް ކަމަށް އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުން ބުނެފި.

12:07

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް

360،000 އަށްވުރެ ގިނަ ގެތައް ވަނީ ސުންނާފަތިވެފަ.

ތައުލީމު އުނގައްނައިދޭ 392 ތަނެއް ވަނީ ސުންނާފަތިވެފަ.

އަޅުކަން ކުރާ 267 ތަނެއް ވަނީ ސުންނާފަތިވެފަ.

35 ހޮސްޕިޓަލުގެ ތެރެއިން 11 ހޮސްޕިޓަލެއްގެ ހިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ.

123 އެމްބިއުލާންސް ވަނީ ސުންނާފަތިކޮށްލާފަ.

11 ބޭކަރީއެއް ވަނީ ސުންނާފަތި ކޮށްލާފަ.

11:59

އެތައް އަހަރެއްސުރެ ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ މުގައްދަސް ބިން ހިފާ އަޅުވެތި ކޮށްގެން އުޅޭ މައްސަލައިގައި ދުނިޔޭގެ ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި ފިޖީގެ ސަރުކާރުން އިސްރާއީލަށް ތާއީދު ކުރާތީ އެގައުމުގައި މުޒާހަރާ ކުރަމުން އެބަގެންދޭ

 

11:57

އެތައް އަހަރެއްސުރެ ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ މުގައްދަސް ބިން ހިފާ އަޅުވެތި ކޮށްގެން އުޅޭ މައްސަލައިގައި ދުނިޔޭގެ ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގައި ފިޖީގެ ސަރުކާރުން އިސްރާއީލަށް ތާއީދު ކުރާތީ އެގައުމުގައި މުޒާހަރާ ކުރަމުން އެބަގެންދެ.

11:25

އިސްރާއީލަށް މެދުކަނޑާލާފައިވާ ދަތުރުތައް އަލުން ފެށުމަށް އެމެރިކާގެ ޔުނައިޓެޑް އެއާލައިނުން ތައްޔާރު ވެއްޖެ.

10:46

ޣައްޒާގައި ހަމާސްގެ ހަނގުރާމަވެރިން ބަލި ކުރެވިފައި ނުވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެއްބަސްވެއްޖެ. އިސްރާއީލުގެ އަސްކަރިއްޔާއިން މީގެ ކުރިން ވަނީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކަށި ކޮށްފައިވަ ކަމަށް ބުނެ، ހަމާސް ބަލިކޮށް ވާހަކަ ދައްކާފަ. އެހެން ނަމަވެސް އެފަރާތްތަކުން ވަނީ އެކަން އެގޮތަށް ނުހިނގާ ކަމަށް އެއްބަސްވެފަ.

09:30

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ރޭ ޣައްޒާގެ ދެކުނުން އޮންނަ ރަފާހުގައި ހުންނަ މިސްކިތެއް ސުންނާފަތިކޮށްލައި، އެސަރަހައްދުން ތިން މީހަކު ޝަހީދު ކޮށްލައިފި

 

09:13

އެމްއެސްއެފްގެ ހިޔާއަށް ނިރުބަވެރިން ދިން ހަމަލާގެ ފޮޓޯތަކެއް. މި ހަމަލާގައި އެމްއެސްއެފްގެ މުވައްޒަފަކު ވަނީ ޝަހީދު ކޮށްލާފަ.

09:11

ނިރުބަވެރި އިސްރާއީލުގެ ސިފައިން ހުޅަނގުއައްސޭރީގައި ރެއިޑްތަކެއް ކުރިއަށް ގެންދިޔަ ވަގުތު އިސްރާއީލުގެ އާންމު ރައްޔިތުން ފަލަސްތީނުގެ ބައެއް އަވަށްތަކަށް ހަމަލާތަކެއް ދީފި.

އިސްރާއީލް ސިފައިން ރެއިޑްތައް ކުރިއަށް ގެންދިޔައީ:

  • ހިބްރޫންގެ ދެކުނުން އޮންނަ ޔައްޓާ
  • ޓުލްކަރީމް
  • ޖެރިކޯ
  • ޤަލްޤިލްޔާގެ އިރުމަތީ އޮންނަ އައްޒުން
  • ޖެނިންގެ އިރުއުތުރު އޮންނަ އަލް-ޖަލަމާ އާއި ފަގުއާ

 

09:08

ރަފާހުގެ ބޯޑަރ ކައިރީގައި އެތައް ހާސް އެހީގެ ޓްރަކްތައް މަޑުކޮށްގެން ތިބޭ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯތަކެއް މީސްމީޑިއާގައި އާންމުކޮށްފި.

09:06

ފަލަސްތީނަށް އޮތް ލޯބި ދައްކާލައި، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖު-- ފޮޓޯ: އޭއެފްޕީ

09:05

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ނުސެއިރަތް ރެފިއުޖީ ކޭމްޕަށާއި ޒައިތޫނަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 19 އަށް އަރައިފި.

ނިރުބަވެރިން މި ހަމަލާދީފައިވަނީ އިއްޔެގެ ވަގުތެއްގައި. ވައިގެ މަގުން ދިން މި ހަމަލާތައި އެތައް ހާސް ބަޔަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ވެސް ވެފަ.

09:04

އިއްޔެ އެކަނި އިސްރާއީލާއި ދެކޮޅަަށް 13 ހަމަލާއެއް ދީފައިވާ ކަމަށް ހިޒްބުﷲއިން ބުނެފި.

09:03

މިދިޔަ ހަފްތާ އިރާނުގެ ގޭސް ހޮޅިތަކަށް ދިން ދެ ހަމަލާގެ ފަހަތުގައި އޮތީ އިސްރާއީލު ކަމަށް އިރާނުން ތުހުމަތު ކޮށްފި

 

09:02

ފަހުގެ މައުލޫމާތު:

  • ޣައްޒާގައި މެޑިސިންސް ސެންސް ފްރޮންޓިއާސް (އެމްއެސްއެފް) އިން ގާއިމު ކޮށްފައިވާ ހިޔާ ހުރިތަން އިސްރާއީލަށް އެނގޭ ހާލުގައި ވެސް އެތަނަށް ހަމަލާދީ، އެމީހުންގެ ދެ މީހަކު ޝަހީދުކޮށްލުން، އެމްއެސްއެފްއިން ކުށްވެރިކޮށްފި.
  • ނުސެއިރަތް ކޭމްޕް ސަރަހައްދުގައި ހުރި ގެއަކަށް ނިރުބަވެރި ދިން ހަމަލާއެއްގައި 10 މީހަކު ޝަހީދުވެއްޖެ.
  • ޣައްޒާގެ އުތުރުގައި އެތައް ހާސް ތުއްތު ކުދިންނެއް ކާ އެއްޗެއް ނުލިބި، ކާއެއްޗެއް ހޯދުމަށް ހުސް ތަށި ހިފައިގެން ދިގު ކިޔޫއެއް ހަދާލައިގެން ތިބި ކަމަށް ފަލަސްތީނުގެ މިނިސްޓްރީތަކުން ބުނެފި.

 

08:56

ސަލާމަތީ ގެރެންޓީއެއް ނެތި އެއްވެސް ޝަރުތަަކާއި ނުލައި ފަލަސްތީނުގެ ސަރަހައްދުތަކުން ފައިބަން އިސްރާއީލަށް އަމުރު ކޮށްގެން ނުވާނެ ކަމަށް އެމެރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނުވަތަ ދުނިޔޭގެ ކޯޓުގައި ބުނެފި

 

08:55

ސަލާމަތީ ގެރެންޓީއެއް ނެތި އެއްވެސް ޝަރުތަަކާއި ނުލައި ފަލަސްތީނުގެ ސަރަހައްދުތަކުން ފައިބަން އިސްރާއީލަށް އަމުރު ކޮށްގެން ނުވާނެ ކަމަށް އެމެރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނުވަތަ ދުނިޔޭގެ ކޯޓުގައި ބުނެފި.

08:51

އިސްރާއީލުން އަސްކަރީ ގޮތުން ޣައްޒާ ހިސޯރު ކޮށްފައި އޮތް އޮތުން މިހާރުން މިހާރަށް ނިންމަން ޖެހޭ ކަމަށް އެކުވެރި އަރަބި އިމާރާތް ( ޔޫއޭއީ ) އިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ ދުނިޔޭގެ ކޯޓުގައި ބުނެފި

 

08:51

އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ގަތުލު އާންމެއް ކަމަށް ބުނެ އިސްރާއީލުގެ އަމަލުތައް ދެވަނަ ބޮޑު ހަނގުރާމައިގައި އެޑޮލްފް ހިޓްލަރު ޔަހޫދީންނާއި ދެކޮޅަށް ހިންގި ގަތުލު އާންމު(ހޮލޮކޯސްޓް) އާއި އެއްގޮތް ކުރައްވާ ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ދެއްކެވި ވާހަކަފުޅަށް ބޮލީވިއާ އަދި ކޮލަމްބިއާ އިން ތާއީދު ކޮށްފި

 

ނިރުބަވެރި އިސްރާއީލާއި ޣައްޒާގެ ހަނގުރާމަވެރިންނާއި މިހާރު ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ނިރުބަވެރިން ވަނީ އެމީހުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަރަށް ވަރުގަދަކޮށްފައެވެ. ޣައްޒާގެ ބައެއް ސިޓީތަކަށް ވަދެ، ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު، އަދިވެސް މަސައްކަތް ކުރަމުން އަންނަނީ އިތުރު ސިޓީތަކަށް ވަނުމަށެވެ.

ހަނގުރާމައަށް މިއަދާއި ހަމައަށް 139 ދުވަސް ވެގެން ގޮސްފައިވާއިރު، ޣައްޒާގެ ހާލަތު އޮތީ އެއްވެސް މީހަކު ހީވެސް ނުކުރާހާ ހާލަތެއްގައެވެ. މިލިއަނަކަށްވުރެ ގިނަ މަގުތައް ހަލާކުވެފައިވާއިރު، އެތައް ހާސް ރައްޔިތުން ދިރިއުޅެމުން ދިޔަ އެމީހުންގެ ގެތައް ވަނީ ސުންނާފަތި ކޮށްލާފައެވެ. އިމާރާތްތައް ދަށުގައި އަދިވެސް މީހުން ތާށިވެފައިވާއިރު، ރައްޔިތުން ދިރިއުޅެމުން އަންނަނީ ބިރެއްގެ މަތީގައެވެ. ހަމަލާއެއް އައިސްދާނެ ވަގުތެއް ނޭނގޭތީއެވެ.

އަމިއްލަ ގެދޮރު ގެއްލި، ބޯހިޔާވަހިކަން ރެފިއުޖީ ކޭމްޕްތަކުގައި ގިނަ ބަޔަކު ހޯދަމުން އަންނައިރު، އިސްރާއީލުގެ ސިފައިން އަންނަނީ އެފަދަ ކޭމްޕްތަކަށް ވެސް އަމާޒުކޮށް ހަމަލާދެމުންނެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތަކަށް ވެސް އަންނަނީ ހަމަލާތައް ދެމުންނެވެ. ނިރުބަވެރިން ބުނާ ގޮތުގައި އެ ހަމަލާތައް އެތަންތަނަށް ދެނީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެތަންތަނުގައި ތިބޭތީއެވެ. އެހެން ނަމަވެސް މިހާތަނަށް އެކަމުގެ ހެއްކެއް، އަދި އެފަދަ ހަމަލާއެއްގައި ހަމާސްގެ ހަނގުރާމަވެރިއަކު މަރުވެފައިވާ ކަމެއް ނޭނގެއެވެ.

މިހަނގުރާމައިގައި މިހާތަނަށް ޣައްޒާއިން 29،313 އަށްވުރެ ގިނަ މީހަކު ޝަހީދު ކޮށްލާފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު 69،333 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު