ސައުދީ އަރަބިއްޔާގައި މި ފެށޭ ރަމަޟާން މަހު ބޮޑު ޖަމާއަތުގައި މިސްކިތްތަކުގެ އެތެރޭގައި ރޯދަ ވީއްލުމުގެ ޖާފަތްތައް ހެދުން މަނާ ކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ މި އަހަރުގެ ރަމަޟާން މަހު، މިސްކިތްތަކުގެ ތެރޭގައި ބޮޑު ޖަމާއަތް ހަދައިގެން ރޯދަ ވީއްލުމުގެ ޖާފަތްތައް ބޭއްވުން މަނާ ކުރުމަށް އެ ގައުމުގެ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް އަމުރު ކުރައްވާފައެވެ.

ސައުދީ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ މިސްކިތްތަކުގެ ސާފުތާހިރުކަމަށް އިސްކަން ދޭން ވެގެންނެވެ.

ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ވަނީ ވަލީއަހުދުގެ މި އަމުރަށް ތަބާވުމުގެ ގޮތުން ރޯދަ މަހަށް ހާއްސަ އުސޫލެއް ހަދައި، މިސްކިތްތަކުގެ އިމާމުންނަށް ފޮނުވާފައި ކަމަށް ސައުދީގެ ނޫސްތަކުން މައުލޫމާތު ދެއެވެ. އެގޮތުން ފެބުރުއަރީ 20 ވަނަ ދުވަހު މިނިސްޓްރީން ވަނީ މިސްކިތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ރަމަޟާން މަހުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ތަކެއް ހިމެނޭ ސާކިއުލަރ އެއްވެސް ނެރެފައެވެ.

އޭގެ އިތުރުން ރަމަޟާން މަހު މިސްކިތުގައި އެއްވެސް ރޯދަ ވީއްލުމެއް ބޭއްވުމަށް އެއްވެސް އިމާމަކު ފައިސާ ނުހޯދުމަށާއި، އެކަމަށް މީހުން ދޭ އެއްވެސް ކަހަލަ މާލީ އެހީތެރިކަމެއް ވެސް ގަބޫލު ނުކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ނަމަވެސް މިސްކިތުގެ ބޭރު ގޯތި ތެރޭގައި ރޯދަވީއްލުން ތައް ބޭއްވިދާނެ ކަމަށާއި، ނަމަވެސް އެކަމުގައި ވެސް ސާފުތާހިރުކަމަށް އިސްކަންދޭން ޖެހޭނެ ކަމަށާއި، ރޯދަވީއްލުމުގެ ޖާފަތް ކުރިއަށް ދާންވާނީ އިމާމު މީހާގެ ބެލުމުގެ ދަށުން ކަމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ރޯދަވީއްލުން ނިމުމުން މިސްކިތުގެ ބޭރު ގޯތިތެރެ ސާފުކުރުމަކީ އިމާމުންގެ ޒިންމާއެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މި އަހަރުގެ ރަމަޟާން މަސް ސައުދީ އަށް ފެށޭނީ މާރިޗް މަހުގެ 11 ގައި ކަމަށް ސައުދީގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަހުމަދުވަގާރު

    ﷲއަކުބަރު ވައްހާބީންގެ ބާރު ދަނީ ދަނީ ދަނީ

    6
    31
    • ޢަލީ

      ''ވައްހާބީން'' ގެބާރު އޮތްހާހިނދަކު އިސްލާމްދީންވެސް އޮންނާނެ! މުސްލިމުންނަށް ނަފުރަތުކުރާމީހުންގެ ބޮޑުދުޝްމިނުން ވައްހާބީންނަކީ!

  2. Anonymous

    ދުނިޔޭގެ ކަންކޮޅުތަކަށް ހަރުކަށިކަމާއި މުސްލިމުން ކާފިރުކުރުމާއި މިސްކިތް ހަޑިކުރުމުގެ ސަގާފަތު ފެތުރީ ސައޫދީ އަރަބިއްޔާއިންނެވެ. ސައޫދީ މީހުން އެއުޅެނީ މިހާރު އެކަމުން ސަލާމަތްނުވެވިގެންނެވެ.

    16
    16
    • މަހްމޫދު ރިޔާޟް

      މުހައްމަދު ބިން އަބްދު الله އާއި ސަހާބީން

  3. ފަޔާޒު

    ކުރަންޖެހޭ ކަމެއް. މިވައްްހާާބީން ނުސާފޭ ބުންޏަސް ނުސާފޭ ދޯ. ސައޫދީން ކިޔަވައިގެންނޭ ކިޔާފަ އައިސް މިތިބަ ދިވެހި ކަޓުމުއްލާމެންނަށް އެއްޗެއް އެބަ ގެޓްވޭތަ.

    • އަހުމަދު

      ފެންވަރައިހިނަގަތުމަކީ ވައްހާބީން ބުނާގޮތުގައި ސަވާބުލިބޭކަމެއް! ފެންނުވަރައި ސެންޓުޖަހައިގެން ނުތިބޭނެއެމީހުން!