ބްރޫނާއިއަށް ވެސް ރަމަޟާން މަހުގެ ހަނދު ނުފެނުމާއި ގުޅިގެން ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށްވާނީ އަންގާރަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި ބްރޫނާއިއަށް ރަމަޟާން މަހުގެ ހަނދު މިއަދު ފެނިފައި ނުވާތީ، އެގައުމުން ވަނީ މާދަމާއަކީ މި މަހުގެ ފަހު ދުވަސް ކަމަށް ކަނޑައަޅައި، މިމަހުގެ 12 ވާ އަންގާރަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާފައެވެ.

ބްރޫނާއިއަށް ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވާއިރު، މެލޭޝިއާ، އޮސްޓްރޭލިއާ އަދި އިންޑޮނޭޝިއާއިން ވެސް ވަނީ އެގައުމުތަކަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް ކަމަށް ކަނޑައަޅާފައެވެ.